މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްގެ މެންބަރު ނަހުލާ އަލީ ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ފަށާފައެވެ. އެ މައްސަލަ ބަލަން ފެށި ފަހުން ފޭސްބުކްގައި އޭނާ ޕޯސްޓްތަކެއް ކޮށްފައި ވެއެވެ. އަދި އިތުރު ކައުންސިލް މެންބަރުންނަށް ތުހުމަތުތަކެއް ކޮށްފައި ވެއެވެ.

ނަހުލާގެ މި ވާހަކަތަކާއި ގުޅިގެން އިއްޔެ ޕީޕީއެމް އިން ބަޔާނެއްވެސް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ނަހުލާ އެ ޕާޓިއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މިޕާޓީގެ ޓިކެޓްގައި ވާދަ ކުރާ މިޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.

ނަހުލާ މިއަދު ވިދާޅުވީ، ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން ވިލިމާލެއަށް މިއަދު ހަވީރު ދޮރުން ދޮރަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއެކު ހިންގުމަށް ހަމަޖެހިފައިވަނިކޮށް، ވިލިމާލެ އަށް އޭނާ އަރައިގެން ނުވާނެ ކަމަށް މިއަދު އަންގާފައިވާ ކަމަށެވެ.

"ދާއިރާގެ ރައްޔިތުންގެ މައުލޫމާތަށްޓަކައި މި ވާހަކަ ދަންނަވަން"،

ނަހުލާ ވިދާޅުވީ، އޭނާއާ ދޭތެރޭ ކަންތައް ކުރާ ގޮތުން ވަރަށް ދެރަވާ ކަމަށެވެ.

"އިންޒާރުދީ ކޮންމެ ކަމެއް ކުރިޔަސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަހަތަށް ނުޖެހޭނަން، އަޅުގަނޑު ހޮވީ ރައްޔިތުން". އޭނާ ވިދާޅުވިއެވެ.

އޭނާއަށް މިގޮތަށް އަންގާފައިވަނީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    މި ނަހުލާ މީޑިއާގަ މައްޝޫރު ވެލަން ކުޅޭޑްރާމާތީ. ކޮންމެ ފަހަރަކު މިކަހަލަ ސްޓަންޓް އެއް މި ޖައްސަނީ މިކަހަލަ މީހުނަށް ސިޔާސީ ރަންޑިން މި ކިޔަނީ.

    46
    2
  2. ސލ

    ޕޕމ ބޭނުންކޮށްގެން އަމިއްލަ މަސްލަހަތު ފުޅާކު ރާމީހުން
    ޕާޓީން ވަކިކު ރުމަށް ގޮވާލަމެވެ.

    41
    3
  3. މުއްލާ

    100ރ އަށް އެޓެންޝަނެއްގެ މަގުން އެބަ ވިއްކަމެވެ.

    22
    1
  4. މއކ

    އިންޒާރުދީ ބިރުދެއްކުން ގޯސް. މަށަށްވެސް ރަގަޅީ ވިލިމާލެއަށް ނޭރިއްޔާ.

    40
    2
  5. Anonymous

    އަރަނީއޭތަ؟ މީހުން ރަށްރަށަށް ދާތީ އޭ ކިޔާކަން އެނގޭ. އެކަމަކު ރަށްރަށަށް އެރުމެއް ނޭނގޭ. ތީ ފުރޭތައެއްބާ ރަށަކަށް އަރަން؟

    2
    1
    • އަހަންމަދު

      beyri

  6. ބަބޫ

    މޭކަޕުގެ ކުޅަދާނަކަން ދެން ނުދެއްކޭނެ. މިހާރު ޕީޕީއެމް ކުދިންނަށް ސިއްރު ފަޅާއަރައިފި

    1
    1
  7. އަހަންމަދު

    ސުރުޚީ ރަގަޅުކޮއްލަންޖެހޭ!އިންޒާރުދިންކަމަށް އޭނާ ބުނަނީތާ! ވަގުތަށް އެކަން ކަށަވަރު ކުރެވުނުބާ؟ ކީއްވެބާ ފުލުހަށް ހުށަނުއެޅީ؟

  8. ޑައެލޯގް

    ފިސްތޯލަޕާޓީން ވަރަށް ގިނަމީހުން އެމީހުނަށްނޭގި ވައްދާފައެބަހުއްޓެވެ. ތިޔަވާނީ ފިސްތޯލަޕާޓީގެކަމަކަށެވެ. ފިސްތޯލަޕާޓީ ހިންގަނީ އިބޫބުނެގެން ބާގީނާޒިމެވެ.