ށ. އަތޮޅު މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރު ނުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި މީސް މީޑިއާގައި އާއްމުވި އެ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް އެ ކުއްޖާ ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަން ފެނެއެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އެކަކު އެ ކުއްޖާއަށް އަނިޔާ ކުރާ ތަނެވެ. އެހެން ނަމަވެސް ކައިރީގައި އިތުރު ކުދިންތަކެއް ތިބޭ ތަން ފެނިގެން ދެއެވެ. އަދި އެ ކުއްޖާއާ ވާހަކަދައްކަން އުޅޭތަން ވެސް ފެނިގެން ދެއެވެ.

އެކަންތައް ހިނގާފައި ވަނީ އެރަށު ފުޓްބޯޅަ ކުޅޭ ސަރަހައްދުގައެވެ. އަދި އެ ދަނޑުގައި ވެސް ތިބި ބައެއް މީހުން ވެސް އެ މަންޒަރު ބަލަން ތިއްބެވެ. އަދި ވާހަކަދައްކާ އަޑުވެސް އިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެ ވީޑިއޯ އާއްމުވުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެކަމުގެ މައުލޫމާތު ލިބިގެން ޖެންޑާ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން މެމްބަރުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށެވެ،

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

"ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރަމެވް". ޖެންޑާ މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އާއިޝަތު މުހައްދު ދީދީ ކިހިނެތްތޯ ތިހައްދަވަނީ؟ ވީޑިއޯ އާންމުކުރުން މަނާކުރެއްވުމުގެ ހިކުމަތަކީ ފަހެ ކޮބައިތޯ؟؟

  2. Anonymous

    ޢޭރުންތާ ތި އަނިޔާކުރުމުގަ ބައިވެރިވި ގާތުންކިރުބޯ ކުޑަކުދިން ހިމާޔަތް ކުރެވޭނީ.

    ޥީޑިއޯ ފަތުރަންޔާ އަނިޔާކުރި ބަބާގެ ގަދަރާ ކަރާމާތް ގެއްލޭނެވިއްޔާ.

  3. ފަރުދާ

    ސުވާލަކީ މިގޮތަށް ވީޑިއޯ އެއް ދައުރުވެގެން ނޫން ގޮތަކަށް އެކުއްޖާ ފަކީރަށް އިންސާފެއް ލިބިދާނެ ތޯ؟

  4. Anonymous

    ޖެންޑާ ގުންޑާ ހާދަ އެއްގޮތޭ ދޯ.

  5. ރީމާ

    ކަލޭމެންގެ ސަބަބުން މިކަހަލަ ކަންތައް ތަކުރާރު މިވަނީ.އިންސާފެއްނުލިބޭ.ކަމެއްވާއިރަށް ތެޅިގަންނާނެ.

  6. ހިޔަލަ

    ވީޑިއޯ ނެގުމުން ކުއްޖާއަށް ކުރި އަސަރު ވަކި ކުޑަ ވެގެން ނުދާނެ!!! ކަން ހިނގިގޮތް ބަލައި ކުއްޖާގެ ހައްގު ދެންވެސް ލަސްނުކޮށް ހޯދައިދީ!! ވަކި ބައެއްގެ މަސްލަހަތަށް ބަލައި މައްސަލަ އޮއްބާލަން އުޅޭހެން ވަރަށް އެބަ ހީވޭ އިވޭ އަޑުތަކުން!