ނައިފަރުގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ގޮތައް ޖުމްލަ ތިން މީހުން ހައްޔަރު ކޮށްފިއެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ފެބްރުއަރީ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި އަދި 18 އަހަރުން ދަށުގެ ކުއްޖެކެވެ.

އެ ތިން މީހުން ހައްޔަރުކޮށް ބަލާފާސްކޮށްފައި ވަނީ ނައިފަރު ބަނދަރު ސަރަހައްދުގައެވެ. ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

އެ ތިން މީހުންގެ ބަންދަށް ނައިފަރު މެޖިސްޓްރޭޓު ކޯޓުން ވަނީ އަށް ދުވަސް ދީފައެވެ. މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރަފިދާދާ

    ހައްޔަރު ކުރާނެ ކުރާނެ ކާކު ބުނީ ނުކުރާނޭ