ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ނިކުމެ މިއަދު ދިން ވޯޓަކި 2023 ކާމިޔާބު ކުރަން ދިން ވޯޓެއް ކަމަށް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންތިހާބު ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ، މިއަދު ފެނިގެންދާ ނަތީޖާއިން އެމްޑީޕީ މެމްބަރުން ބޭނުންވި ވާހަކަ ބުނެދީފައިވާ ކަމަށާއި މެމްބަރުންގެ ވޯޓުން އެނގިގެން ދަނީ މިހާރު މިއޮތް ސަރުކާރާއި އެއްކޮށް ޕާޓީ އޮންނަން ބޭނުންވާ ކަމަށް ކަމަށެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ނުދެކެން މީކީ އެމްޑީޕީގެ މެމްބަރުން އަޅުގަނޑަށް ދިން ވޯޓެއް ކަމަށް. އަޅުގަނޑު ހަމަ ދެކެނީ މިއީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއި އެއްކޮށް ޕާޓީ މަސައްކަތް ކުރުމަށް ކަމަށް ޕާޓީގެ ހުރިހާ ލީޑަރުންނަށް އާންމު މެމްބަރުން ދިން މެސެޖެއް ކަމަށް" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މަގާމާއި ހަވާލުވުމާއި އެކީ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރާނީ ޕާޓީގެ އެންމެ އިސް ލީޑަރާއި ގުޅިގެން ޕާޓީ އިތުރަށް ހަރުދަނާކޮށް، ޕާޓީގެ މުޅި ހަރަކާތްތައް ރާއްޖޭގައި ހިންގޭނެ ގޮތެއް ހޯދާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ވާދަވެރި ކެންޑިޑޭޓު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލިކުރައްވައި ބޮޑު ކާމިޔާބީއެއް ހޯއްދެވީ ފައްޔާޒެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރަން ރީނދޫ

    ފަޔާ ކޮށް ނުގޮވާ.މަށަކީ ޕީޕީއެމް މެމްބަރެއް. އެކަމަކު މިއަދު ފައްޔާޒަށް ވޯޓް ލީން މަވެސް. މިއީ ވަރަށް ވާހަކަ.

    16
    2
  2. ޕޮގުބާ

    2023 ކާމިޔާބު ކުރަނީ އެމްޑީޕީން އެކަނި ވޯޓް ލައިގެންތަ؟

    14
  3. އަލީ

    ވަގު ބުޅާގަނޑު އެކަނި 23 ކާމިޔާބުކުރޭ!، ބަލަ މަމީވެސް އެމްޑީޕީމީހެއް، ވޯވުލާކަށް ނުދަން، ކަލޭ ބަލިކިރަން ޕީޕީއެމް އާއި ގުޅެންޖެހުނަސް އެކަންކުރަންވެސް މިހިރީތައްޔާރަށް. 2023 އައްފަހު ސާލިހުއާއި ފައްޔާޒުވެސް ޖަލައްދާންތައްޔާރުވޭ.

    15
  4. ސަމަން

    މިމޮޅަށްފަހު ރ ނަށީދު. 2023ގަ ކުރިމަތިނުލައްވާނެ ވާހަކަތޯ ތި ވިދާޅުވީ؟

    11
  5. އިންކޮ

    ވޯޓު ވަގު 😒

    11
    1
  6. Anonymous

    ބަލަ ފައްޔާޒު ހޮވޭނެ ކޮންމެ ކޮޅަކުން ކުރިމަތި ލިޔަސް، ސަބަބަކީ އިންތި އަށް ވުރެން ހަރުދަނާ އަދި މަޑުމައިތިރި ވައްތަރު ޖަހަނީ ފައްޔާޒު !

    2
    13
    • ރައްޔިތުމީހާ

      ނުފޫޒު ފޯރުވައިގެން ހުވުނީ އެކަން އެގިހުރެ މިބުނަނީ! އާނ ފައްޔާޒު ޖަހައި މަކަރުވެރި ނުބައި ނުލަފާ ކިބުރުވެރި ބޮޑާ މީހެއްގެ ސިފަ

  7. Anonymous

    2023 މޑޕ ހަންދާން ނައްތާލާ ، މަކަރާއި ހީލަތާ ކޮރަޕް ސަނުން 2023 ލިބޭނީ.

    7
    1
  8. ކކ

    ހުއްޓުމެއްނެތި ޔާމިނުގެ އެހީއަށް އެދެމުން ދިޔަ ބަޔަކު އެމްޱީޕީ ތެރެއިން ހުސްވެދާކެ ކަމުގެ ބިރުހީވެ

  9. ބަލަންހުރި މީހާ

    ފައްޔާޒާއި ރޮޒޭނާ ތިހޯއްދެވި ކާމިޔާބަށް މަރުޙަބާ ދަންނަވަމެވެ. އެއާއިއެކު ބުނެލަން އޮތީ ފައްޔާޒު އަކީ ރާއްޖޭގެ ސިޔާސީ ވަރުގަދަ ޝަޚުޞިއްޔަތެއްކަން ހާމަވެއްޖެ އެވެ. ތިހޯއްދެވި ކާމިޔާބީއާއިއެކު ރިވެތި އަޚްލާޤް ދަމަހައްޓަވައްޗެވެ! އޭރުން އިން ޝާ ﷲ، މޑޕ ނޫނަސް 2023 ގައި އަޅުގަނޑުމެންގެ ވޯޓުވެސް އޮންނާނީ ރައީސް ޞާލިޙަށެވެ.

  10. ދަރި

    ފަޔާޒްއަށް ކާމިޔާބުވީކަމުގައިވިއަސް އެއީ ފަޔާޒްގެމޮޅުކަމެއްނޫން އަދި ރައީސް ސޯލިކުގެ މޮޅުކަމެއްވެސްނޫން ކޮންމެކަމެއްވެސްމިންވަރުކުރަށްވަނީވަކިފަރާތަކުންވީމާ، 2023 ކާމިޔާބު
    ކުރުމަށް ފަޔާޒަކަށް،އަދި މެމްބަރުންނަށްވެސްކުރެވޭނެކަމެއްނެތް ރަގަޅުކުރަންޖެހޭ ކަންތަށް
    ތަކެއްއެބަހުރި އެއީ ވެންޓިލޭޓަރަތަކަށްވީގޮތްބެލުމާ ހުރިހާފަރާތްތަކަށްވެސް ހަމަހަމަ ގޮތެއްގައި
    އަދުލުއިންސާފް ލިބުން މިހެންމިބުނީ ރާއްޖޭގައިހިންގާފައިވާ ބޮޑުޚިޔާނާތުގެ މައްސަލާގައި ބައިވެރިވެ ނުވަތަތުހުމަތުކުރެވޭ އެހެންފަރާތްތަކެއްވާއިރުވެސް ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ
    އަދި ތާރީޚުވެސްނުދެކޭ ގައުމަށް ކުރިއެރުމާ، ތަރައްޤީ ގެނެސްދީފައިވާ ރ.ޔާމީންބޭފުޅާ ޖަލަށް
    ލައްވާ އެމަނިކުފާނަށް ނުހައްގު އަދަބުތަކެއް ލިބިލަޢްވާފައިވުން މިއީފުރިހަމަ އަދުލުއިންސާފުން
    ހިންގާފައިވާ ކަމެއްކަމުގައިނުދެކެން ފަޔާޒްގެ ތެދުވެރިކަމާ އިޚުލާސްތެރިކަންހުރި އެންމެމަތީ
    ފެންވަރުގައި މިފަދަކަންކަން އިސްލާހުކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށްފަހު އެހެންކަމަކާއުޅުއްވާ ( 2023 ) 2023 ގައި ރޔާމީން ކުރިމަތިލައްވާނަމަ އެހެންފަރާތަކަށް ކާމިޔާބުވެދާނޭ ވަރަށްހީނުވޭ އެއީ އެމަނިކުފާނުގެ ވެރިކަމުގެ ކުޑަދުވަސްކޮޅުގައި ގައުމުން
    މިއިންދުވަހަކު ނުފެންނަ ކުރިއެރުމާ ތަރައްޤީގެންނަވާ ގައުމުގެދަރިންވަނީ ހެއްވާލާފައި
    ގައުމުގެ ވަރަށްގިނަދަރިން މިކަންގަބޫލްކުރައްވާ ވީމާ،މިކަންކަމަކީޚިޔާލަކަށްނުވެމިހާރުވެސް ފެންނަންހުރިކަންކަމަށް ވާއިރު 2023 ގައި ރަށްޔިތުން ނިންމަވާނެގޮތް ފައްޔާޒް ވިސްނާ
    ލައްވާ ރޔާމީން މިގައުމަށްކޮށްދެއްވާފަވާ ( ތަރައްޤީއާ،ކުރިއެރުން ) އެއީ ފައްޔާޒަށްވެސް
    ރ.ސޯލިހަށްވެސް އަދި ކުރެވިފައިވާ ޚިދުމަތްތަކެއްނޫން 2023 ގައި ވޯޓްލުމަށްތިއްބަވާނީ
    އެމް.ޑީ.ޕީ މެމްބަރުން އެކަންޏެއްނޫން

  11. ތަރިކަ

    މަކަރާހީލަތު ޕާޓީ މީހުނަ އޮޅިވާލާއިގެ ވޯޓްލާންނެރުނީ ދެން ތިވަރުވެސް ނުވަނެއިންސާﷲ

  12. ގިފިލި

    ތިވަރަ ބަޔަކަށް އޮޅުވާލާނީ އިދިކޮޅު ޕާޓީއަކާއެނޫން ނިކުތީކީ ސަޅި ބައިސާކަޑަން