މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން އެނގިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު ކަމަށް އެ އިންތިހާބު ކާމިޔާބު ކުރެއްވެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ދަނޑިކޮށި ޖަގަހަ" ގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ފައްޔާޒު ވިދާޅުވީ، މިއަދުގެ ނަތީޖާއިން ފެނިގެން ދަނީ އެމްޑީޕީގެ މެމްބަރުން ސަރުކާރާއި ދޭތެރޭ ހިތް ހަމަ ޖެހުން ކަމަށާއި ރައީސް ސޯލިހަށް އިތުބާރު އޮތް ކަމަށެވެ.

"އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު ފެނިގެން ގޮސްފި" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ މެމްބަރުން ދިން ވޯޓަކީ އެއީ ސަރުކާރާއި ޕާޓީ އެކުގައި ގޮސް 2023 ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށާއި އެވޯޓަކީ ޕާޓީ އިތުރަށް ވަރުގަދަ ކުރަން ދިން ވޯޓެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވާދަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތާއިދު އޮތް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި ކަމުން ފައްޔާޒާއި ދެކޮޅަށް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. އެކަމާއި ގުޅިގެން ފައްޔާޒު އާއި ނޫސްވެރިއަކު ސުވާލު ކޮށްލުމުން ވިދާޅުވީ، އެކަމަކީ އެއީ ސިޔާސީ ކަމެއް ކަމަށާއި އެއީ ސިޔާސީ ކަންކަމުގައި ހުންނަ ކަމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީ ހިންގާލާނީ ރައީސް ނަޝީދާއި އިންތިގެ ޓީމާއި ގުޅިގެން ކަމަށާއި ބައިބައިވެފައިވާ ކަމަށް ބުނާ އެމްޑީޕީ އެކަތިގަނޑަކަށް ވެސް ހެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖަވާދު

    ވޯޓުން ބުނެދިނީ ނުފޫޒު އޮތް މިންވަރު، ސަރުކާރުގެ ފައިސާއާއި ތަކެތި ބޭނުންކޮށް މުޅި ސަރުކާރު އެއްކޮޅުގައި އެކަނި މެމްބަރަކާއި ވާދަކޮށް ލިބުނު ނަތީޖާއަށް ބަލާއިރު ސަރުކާރުވެސް ފައްޔާޒުވެސް ލަދު ގަންނަންޖެހޭ! މިއީ ސަރުކާރަށް ތާއީދު އޮތުމެއްނޫން! އަދި އިތުބާރެއް އޮތުމެއްވެސް ނޫން

    17
    2
    • ރައްޔިތުމީހާ

      ހަމަ ތެދު ވާހަކައެއް މިހާރުވެސް ފެނަކައިގާ ވަޒީފާ ދޭނަމޭ ކިޔައިގެންވެސް ގިންރަށްތަކުގައި މަސައްކަތު ނެރޭ މީހުންގެ އަދަދު ވަރަށްމަތި މިހާރުވެސް އާބާދީގަ 1000 މީހުން ހަމަނުވާ ރަށް ތަކުގައިވެސް ފެނަކަ ވަޒީފާގައި 60 މުވައްޒަފުން ނަށް ވުރެ މަތީ ޢަދަދަށް އެބަތިބި މުވައްޒަފުން އަދި އޭގެ އިތުރަށް ވަޒީފާ ދޭނަމޭ ކިޔައިގެން އިންތިޚާބާ ދިމާކޮށް ވަޒީފާ ނުދީ މަސައްކަތުގައި އެބަގެންގުޅޭ ތިރީހަކަށް މީހުން

  2. ހަސަނާ

    ނޫން އެއްގޮތަކައްވެސް ތިހެނެއްނޫން ސަރުކާރުގެ ބާރާނުފޫޒާ ރައްޔިތުންގެ މާލިއްޔާއިން ކުންފުނިތަކުގެ ބަޖެޓުން ހަރަދުކޮއްގެން ތިހޯދި ނަތީޖާ ވަރައްސާފު 2023 ގަ މޑޕ ގަ ޕުރައިމަރީ އެއްބާއްވާ ލައިފިނަމަ ނަސީދު އިބޫގެ ގެ މައްޗައްކުރި ހޯދާނެކަން ބަރުލަމާނީއެއްގެ ވާހަކަ ދައްކާތީ އުޅޭފަޅުކަމެއްނޫނީ ނުފެނޭ އަދިވެސް މޑޕ ގަ ނަސީދު އާއި އެމަނިކުފާނުގެ އާއިލާ އައް އޮތްލޯބި ބޮޑުތަނުން އބއޯތްކަން ވަރައްސާފު ޕޕމ އިން މޑޕ އައް ވައްދެތިބި އެންމެން ވޯޓުދިނީ ފައްޔާޒު އައް ވަރައް ސަލާމް..

    8
    1
  3. ހަނި

    ވޯޓުން ބުނެދިނީ
    އެމްޑީޕީކޮރަޕްސަނައޮތްތާއީދުއަދިބޭރުންއައިމީހުންޕާޓީއަށްއަތްގަދަކުރިތަން

    8
    1
  4. ޔާމިން

    ނޫނޭކަލޯ ހަމަފައިސާއްވިކުނީ ނަޝީދުވަރެއްނެއް

    7
    3
  5. ވިލޭ

    އަޅެމިހެބޮޑުމޮޔައެއްދޯ

  6. ޔާމިންޓޭ

    އަހަރެންހީހީހަލާކްވެއްޖެ މިހެރަބޯގޯސްދައްކަވާހަކައިން

  7. ނަޝީދު

    ތިއޮތީހިންގިފާ ދެނަލަލަލަލާ

    8
    1
  8. މުފައްކިރު.

    ކުރި ޚަރަދާއި ދިން ސިޔާސީ މަގާމު ތަކަށް ބަލާއިރު ނަތީޖާ ސުމެއް.

  9. 2023ޔާން

    ތީ ތި ޕާޓީ އެތެރޭގެ ކަމެއް..2023ހާ ގުޅިފައިވާ ކަމެއް ނޫން ެެ..2023 ޔާމީން އިންޝާﷲ..އާމީން. އަހަރުމެން ގޭގެ 10 އާއިލާގެ 157 މެމްބަރުން ޕީޕީ.އެމް އަށް...
    .

  10. ށލގސެދ

    ފަޔާ ހޮވުނީ ފަޔާ ވީމަކާއެއް ނޫން. އަދި އިބޫ ތާއީދުކުރާތީއެއްވެސް ނޫން. އަންނި ތާއީދުކުރާ ފަޅިއަށް ވޯޓު ނުދޭންވެގެންފަޔާއަށް ވޯޓު ދިން މީހުން ވަރަށް ގިނަ

  11. ޑައެލޯގް

    ވޯޓުން ބުނެދިނީ ސޯލިހު ދައުލަތުގެ ވައްކަންކޮށްގެން ނާޖައިޒް ގޮތުގައި ކާމިޔާބުކުރިކަމެވެ.

  12. ސަާސީ

    ޕާޓީގެ މިހުން މިހާރުވެސް ފޫހިވެއްޖެ ތިވަރަށް ބޮޑާވީމަ