ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރިވާ އާއްމު ރައްޔިތުންނަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާވެރި ވަމުންދާ ކަމަށާއި އެފުލުހުންނާއި ގާނޫނު އަރައި ހަމަކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަމުންދާ އެއްވުމެއްގައި މިރޭ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ޤާނޫނާއި ހިލާފަށް މަސައްކަތްކޮށް އަނިޔާވެރިވާ ފުލުހުންނާއި ގާނޫނު އަރައި ހަމަކުރާނެ ކަމަށެވެ. "އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލާ ދިވެހި ރައްޔިތުންގެ އަޑު ކަނޑުވާލަން ކުރަމުންދާ މަސައްކަތުގައި ވަކިވަކި ދިވެހި ރައްޔިތުންނަށް ވަކިވަކި ފުލުހުންގެ ފަރާތުން ވަރަށް ބޮޑަށް އަނިޔާވަމުން އެބަދޭ. އަޅުގަނޑުމެންނަށް ރޭ ވެސް ފެނިގެން ދިޔައީ ބައެއް ފުލުހުން ނޫސްވެރިންނާއި ދިމާއަށް ވެސް އިންޒާރު ދެމުން ދިޔަ މަންޒަރު." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ފުލުހުންނާއި ގާނޫނު އަރައި ހަމަކުރާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ފުލުހުން ވެސް އިންޑިއާ އައުޓް ހަރަކާތައް ފުރުސަތު ދެއްވުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި މާލޭގައި އިންޑިއާ އައުޓް ދިޔަ ހިފައިގެން ތިބެވެންޏާއި ހއ.ތުރާކުރުނުގައި ވެސް އައްޑޫ ސިޓީގައި ވެސް އިންޑިއާ އައުޓް ދިދަ ނެގޭނެ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް އުޅޭ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް މިއަދު ބަންދުން ދޫކޮށްލިކަން ފާހަގަކޮށް އޭނާ އާއިއެކު ދެން ހައްޔަރު ކުރި އަލީ ނަސީމް (ތަކަނޭ) ގެ ބަންދުން ދަމަހައްޓަން ކޯޓުން އަމުރު ކުރުމުން ޝިޔާމް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝިޔާމް ވަނީ ތަކަނޭ ވެސް މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލާފައެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން އަރައިގަންނަމުން ދާއިރު ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާތީ ޝިޔާމް ވަނީ މިރޭ އެކޮމިޝަނަށް ވެސް ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ހިއުމަން ރައިޓްސް ކޮމިޝަނާއި ބައްދަލުކޮށް ކޮމިޝަނަށް އޮތް ޒިންމާތައް ހަނދާން ކޮށްދިނިން ކަމަށެވެ. "އެބޭފުޅުން މިއަދު އެތިބީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން. އަޅުގަނޑު ދެންނެވިން ތިބޭފުޅުން ބައްލަވައިފިންތޯ އޭ ރައީސް ސޯލިހް ހައްދަވައިގެން މިއުޅުއްވާ އެގްރީމެންޓްތަކުން ދިވެހި ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި ވަނީ ކިހައި ވަރަކަށްތޯ؟ ކޮމިޝަންގައި އެކަހަލަ އެއްވެސް ހިޔާލެއް ފިކުރެއް ނެތުމަކީ ހިތާމަ ހުރިކަމެއް. ހިއުމަން ރައިޓްސް ކޮމިޝަންގައި ތިބީ ދިމާވާ ކަންކަމުގެ ރިޕޯޓް ތައްޔާރުކުރަން ތިބިބައެއް. އެހެންކަމެއް އެބޭފުޅުން ނުކުރައްވާ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެތައް ހައްގެއް ގެއްލިގެން ދިޔައިރު ހިއުމަން ރައިޓްސް ކޮމިޝަން އޮތީ ނިދާފައެވެ. ކޮމިޝަންގައި ތިބީ ރައީސް ސޯލިހް އަންގާ ގޮތައް އަމަލު ކުރަން ތިބި ބައެއް ނޫން ކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެންމެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް އެގައުމުތަކަށް ނުފޫޒު ފޯރުވާ ގައުމުތަކާއި ދެކޮޅަށް އަޑުއުފަން ފުރުސަތުދޭ ކަމަށެވެ. އެހެންކަމުން އެއީ ރާއްޖޭގައި މަނާ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިގޮވާލަނީ އިންޑިއާ ސިފައިން މިގައުމުން ބާލާށޭ. މިމަސައްކަތް ހުއްޓާލާނީ އިންޑިއާ ސިފައިން މިގައުމުން ބާލާފައި." ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޮނާ ކުވާ

    ކަލޭމެންގެ ވެރިކަމުގައި އެމީހުން ބޭނުންކޮށްގެން ހިންގި ޖަރީމާ އަދި ވެސް ޤާނޫނު އަރާ ހަމަ ނުވޭ؟ އެހެންވީމާ ތިކަމެއް ނުވާނެ

    10
    16
  2. ލިލީ

    ސޯލިހު ކޯބާ؟

    6
    2
  3. ޞައްދާމު

    ތި އަރާ ހަމަކުރާތަނެއް މީގެ ކުރިއަނުން ފެނިފައެއް ނެތް.

    7
    6
  4. ހަމަހަމަ މީހާ

    ކޮބާ ކަލޯ!!! ކަލޯގެ ވެރިކަމުގެ އާރާ ބާރު އޮތްއިރު ސިފައިންނާ ފުލުހުން އާއްމު ރައްޔިތުންނަށް އަނިޔާކުރި އިރު ގޯސްވީ މުޒާހަރާ ކުރި ރައްޔިތުމީހާ.. ރައީސް އޮފީސް ކައިރިއަށް އެއްވި އަންހެނުން ތަކެއް ގަޔަށް ލޮނުފެން ޖެހިއިރަކު ފުލުހުންނާ ސިފައިންނެއް ގޯހެއްނޫން.... ހާދަ އވަހަކަށް އެހަނދަން ނެތުނީ.. މާގިނައިން ފޮހޭރަބަރު ކެވިފަ ހުރީދެއްތޯ....... މިހާރު ފުލުހުންނަ ސިފައިން ގޯސްވާންވީ ކީއްވެބާ.....

    9
    12
  5. ސިލްވާ

    ރެއިންބޯއިން ދެފުލެޓްގަތީ ކޮންތާކުން ހޯދި ލާރިއަކުންތޯ ބަަލަން ގާނޫނުގެ ދިގުއަތް އަދި ޝިޔާމާއި އަރާ ހަމަކުރާނެ. ސޯލިހާ ގުޅިގެން ރައީސް ޔާމީނުގެ ރިޔާސީ ޓިކެޓަށް އެތެރެއިން ނުފޫޒް ފޮރުވަން ކުރާމަސައްކަތާ ޕާޓީގެ ލޮބުވެތި މެމްބަރުންވެސް އަދި އަރާ ހަމަކުރާނެ. ޕީއެންސީގެ މެމްބަރުން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ފުޅޫދާއިރާއެއްގައި ކުރުވާ މީހުންނާ ޤާނޫނު އަރާ ހަމަ ކުރާއިރު ޝިޔާމް ނައްޓާނުދާނެ.

  6. އަސާސް

    ރަށުތެރޭގައި ކިޔާއުޅޭ ތިއީ ނައިފަރު އެސްކޮބާއޯ.. ޗަކޮޔާ އެއީ ތެދެއްތަ؟ ތެދަކަށްވިއްޔާ ޤާނޫނު އަރާ ހަމަކުރާނެ. ވިސްނަވާގެން އުޅުއްވާތި.

  7. Happy 1234

    ލޮލް ވަޓް އަ ޖޯކް😅😂

  8. ނުނން

    ބޮޑު ވަގު ކޮބާ ؟

  9. އިސްމާޢީލް

    އަޅުގނޑުވެސް ބުނެލަން އޮތީ މި ޤަޢުމުގެ މިިނިވަންކަން ގެއްލޭ ހިސާބުން އެ މިނިވަންކަން އަނބުރާ ހޯދުމަށް އެއްމެ ބުރަ މަސަައްކަތެއް ކުރަންޖެހޭ ބަޔަކަށްވާނީ ދިވެހި ސިފައިންނާއި ފުލުހުންނޭ. އެހެންވީމާ ލިބިފައިވާ މިނިވަންކަން ދިފާޢު ކުރުމަށް މިއަދު ނުކުމެ ތިބި ދިވެހިރައްޔިތުންނަށް ތިބޭފުޅުން އަނިޔާ ކުުުރުމަކީ ވަރަށް ދެރަކަމެއް. ތިކަން ހުއްޓާލާފައި މި ސަފުތަކާއި އަވަހަށް ގުޅުމަށް ތިބޭފުޅުންނަށް ނަސޭހަތްތެރިވަން.