ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އަބްދުލްގައްޔޫމުގެ ދައުރެއް ނެތްކަން ގަބޫލު ކުރާ ކަމަށް ރިޟްވާންގެ ބައްޕަ ޢަބްދުﷲ މޫސާ ބުނެފިއެވެ.
ރިޟްވާންގެ ބައްޕަ މޫސާ އެގޮތަށް ބުނެފައިވަނީ "ޗެނަލް13" އަށް ދިން އިންޓަވިއުއެއްގައެވެ.
އެގޮތުން އިންޓަވިއުގައި މޫސާ ބުނީ، ރިޟްވާން ރަހީނުކޮށް ގެއްލުވައި އަދި މަރާލުމުގައި ރައީސް ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވުމާއެކު އެކަމުގައި ރައީސް ޔާމީނުގެ އަތެއް ނުވާކަން ގަބޫލު ކުރެވުނު ކަމަށެވެ.
"ސުއޫދު ބުނިފަހުން އަޅުގަނޑު ގަބޫލު ކޮށްފިން އޭނާގެ އަތެއް ނުވާކަމަށް. ސުއޫދު ބުނީ ޔާމީނުގެ އަތެއް ނުވެއޭ. އަދި ވިޔަސް ނުވިޔަސް އޭނާ ބުނީ ޔާމީނުގެ އަތެއް ނުވޭ. އެހެން ވީމަ އެހިސާބުން އަޅުގަނޑު ހުއްޓާލައިފިން،" މޫސާ ބުންޏެވެ.
އޭނާ ބުނީ، ރިޟްވާން މަރާލުމުގައި ރައީސް ޔާމީނުގެ ދައުރެއް ވާކަމަށް ބުނެ ބަހުގެ ހަމަލާތައް ރައީސް ޔާމީނަށް އަމާޒުކޮށްފައިވަނީ އޭރު ހުރި އޮޅުންތަކެއް ސަބަބުން ކަމަށާއި ސުއޫދު އެގޮތަށް ވިދާޅުނުވިނަމަ މިއަދު ވެސް ރައީސް ޔާމީނަށް ހިތުގައި ކިލަނބުކަމެއް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، މިސަރުކާރަށް ރިޟްވާނަށް އިންސާފު ހޯދައި ދެވިފައި ނުވާ ކަމަށާއި ރިޟްވާނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކޮށްދެވޭނީ ރައީސް ޔާމީނަށް ކަމަށެވެ.
"އޭނާގެ މައްޗަށް ކަށުނަމާދު ކުރެވޭނެ ގޮތް ހެއްދެވޭނީ ޔާމީނަށް. ޔާމީނާ އެކީގަ މަސައްކަތް ކުރާނީ. އޭނައަށް މިކަން ކުރެވޭނީ. އަޅުގަނޑު ބޭނުން އޭނައަށް ވެރިކަން ލިބޭތޯ މަސައްކަތް ކުރަންވެސް،" ޢަބްދުﷲ ބުންޏެވެ.
ރިޟްވާންގެ ބައްޕަ އެގޮތަށް ބުނެފައިވާއިރު، ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.
ޙުރިހާ ސްޓަންޓު ޖައްސައިގެން ވެރިކަން ލިބިއްޖެއެއްނު..އޯކޭ އެއނު
Meehegge boluga meeheh maraalikamuge ilzaam evves hekkaka nulaa elhuvun e ee varah bodu faafaeh. Raees Yameen varah kehgadha
އަހަރުމެން ނައްވެސް ތިވަރު އެގޭ .... ަ
ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. މިއީ ކިހާ ތާކުން ތާކު ނުޖެހޭ ކަމެއް ކަން މީހުންނަށް ނުވިސްނުނު ކަން ދޯ. ރިޔާސީ އިންތިހާބުގައި މި ކަހަލަ ވައުދު ވުމަކީ ހަމަޖެހޭ ކަމެއް ނޫން. އެއީ ޕޮލިހުންގެ ޒިންމާއެއް ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް. މީހުން ޖަޒުބާތުގައި ޖެއްސުން ނޫން ކަމެއް ނުކުރޭ ރިޔާސީ އިންތިހާބުގައި. މަ މިހާރު ނުވެސް ބަލަން މި ސިޔާސީ މީހުން ކިޔާ ނުކިޔާ އެއްޗެއް ވަރަށް ފޫހިވާ ބޭކާރު ބަޔެއް
ބޭފުޅާ ދެކަންފަތުގެ ދެފަޅީގަ ބަޑި ޖައަސަވާފަ ހުއަޓާތޯ ތިހެންތި ވިދާޅުވީ ދެފަޅިއަށް ރަގަޅަށް ބަލާލާފަތަ؟ ތިހެން ތިބުނީ
ރިލުވާނު ގެއްލުނު ދުވަހު ޔާމީނުހުރީ ޔާމީނުގެ ގޭގަ. އެހެންވީމަ ޔާމީނުގެ ދައުރެއް ނޯންނާނެކަން މަށަށްވެސް އެނގޭ.
ވިޔަސް ނުވިޔަސް އަތެއްނެތޭ ބަރަބޯ ގާޒީ ވިދާޅުވިޔޯ. ލަދުން ބޯހަލާކު.
"ސުއޫދު އެގޮތަށް ވިދާޅުނުވިނަމަ މިއަދު ވެސް ރައީސް ޔާމީނަށް ހިތުގައި ކިލަނބުކަމެއް އޮންނާނެ ކަމަށެވެ."
ހަމަ މިހެންތޯ ވިދާޅުވީ؟ ކިލަނބުކަން އަދިވެސް ދެމިއޮތީތޯ؟ ނޫނީ ލިޔުންތެރިޔާއަށް ލިޔުއްވިފައިވާ ކުށެއްތޯ؟
އާ ޔަގީންތާ. ރިލްވާނު މަރާލިމީހަކު ގެ ދައުރު އޮންނާނީ މަރާލުމުގަ. ޔާމީނެއް އެހެން މީނެއް ކިޔާނެ ކަމެއްނެތް، އެނގޭ ކަމަކީ ރިލްވާން މަރާލިކަން. ދެން އޭރު ވެރިޔަކަށް ހުރި މީހާގެ ޖަވާބުން ރަނގަޅަށް އެނގޭނެ އޭނަ އެކަމާނުބެހޭކަން.
ރިޟުވާނަށް ހެދިއެއްޗެއް ހެދިބަޔަކު ހެދީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ގެއްލުނީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭރު ނުހޯއްދަވައި ދެއްވުނު އިންސާފެއް، އަލުން ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައި ގަތަސް، އެތައް އަހަރެއް ފަހުން ހޯއްދަވައި ދެއްވޭނީ ކިހިނެއް ހެއްޔެވެ؟ ދުޢާ އަކީ (ﷲ ރިޟްވާން އަދި ޔާމީން ރަޝީދުގެ ފާފަތައް ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވެވުމެވެ! އާމީން)
މިހާރު ވަރަށް ބޮޑަށް އެބަ ހީވޭ ޔާމީނު ވެރިކަމުން ދުރުކުރަން އޭނަގެ އަގު ވައްޓާލައި ތާއީދު ގެއްލުވާލަން ތިޔަ ދައްތަގެ ބައިވެރިވުމާ އެކު ކޮށްފަ ވާ ކަމެއްހެން