ދުނިޔޭގައި މިވަގުތު ތިބި ދަރިން ވެސް އަޅާ ނުލާ ކަމަށް ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ ބައްދަ އަބްދުﷲ މޫސާ ބުނެފިއެވެ.

"ޗެނަލް13" އަށް ދިން އިންޓަވިއުއެއްގައި މޫސާ ބުނީ، ރިޟްވާނުގެ މަރާއި ގުޅިގެން އިންސާފު ހޯދައި ދިނުމަށް މިސަރުކާރުގެ އިސްވެރިންގެ އަރިހުގައި ވަރަށް އާދޭސް ކުރެވުނު ކަމަށާއި ނަމަވެސް މިހާރު ގިނަ އަހަރުތަކެއް ވަންދެން ތާއިދު ކުރަމުން އައި ވެރިކަން ކުރާ އެމްޑީޕީން ވެސް ބާކީ ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ބާކީ ކުރިނަމަވެސް ރިޟްވާންގެ މަރާއި އެކީ އޭނާއަށް އަޅާލާނެ މީހަކު ވެސް އާއިލާގައި ނެތް ކަމަށާއި ދުނިޔޭގައި ތިބި ދަރިން ވެސް އަޅާ ނުލާ ކަމަށް މޫސާ ބުންޏެވެ.

"އަޅުގަނޑު ވަންނާނެ އެއްވެސް ތަނެއް ނެތް. ކުރާނެ ކަމެއް ވެސް ނެތީ. އަޅުގަނޑު މިހުރީ ހިތް ހުއްޓޭވަރު ވެފަ. އަޅުގަނޑުގެ އާއިލާގެ މީހެއް ނެތް. އެއްބަނޑު އެއްބަފާ މީހެއް ނެތް. ހުރިހާ އެންމެން ވެސް މަރުވެއްޖެ. ދަރިން ތިއްބަސް އެދަރިން ވެސް އަޅައެއް ނުލާ އަޅުގަނޑަކަށް" މޫސާ ބުންޏެވެ.

މޫސާ ބުނީ، ދަރިން އަޅާ ނުލުމުގެ ސަބަބުން އޭނާ މިހާރު އުޅެނީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި އެހީއަށް ދާނެ ފަރާތެއް ވެސް މިހާރު ނެތް ކަމަށެވެ.

އިތުރަށް މޫސާ ބުނީ، ރިޟްވާނަށް 7 ދުވަހުގެ ތެރޭގައި އިންސާފު ހޯދައި ދޭނެ ކަމަށް މިސަރުކާރުން ބުނި ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް ވެސް ސަރުކާރުގެ އެއްވެސް މީހަކު އޭނާއާއި ބައްދަލު ކޮށްފައި ނުވާ ކަމަށެވެ. އަދި ކަށު ނަމާދުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް އަހާލަން އިސްލާމިކް މިނިސްޓަރާއި ބައްދަލު ކުރުމުން ވެސް ދީފައިވަނީ ހީނުކުރާ ކަހަލަ ޖަވާބެއް ކަމަށެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ރިޟްވާންގެ މައްސަލަ ވެސް ހިމެނޭހެން މަރުގެ އިތުރު މައްސަލަތައް ބަލަން ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. ނަމަވެސް އެކޮމިޝަނަށް އަދި މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮއްޔާ

    ވެރިކަމަށް އަންނަން ކޮއްލި ސަމާސާ އެއްތާ // ކީކޭ. ދެންނާނީ //

    55
    2
  2. ބޮއްޅަ

    އެއޮތީ ވެރިކަން ހޯދާފަ ސުޓަންޓު ޖަށްސައިގެން އަދިއެވަރުން މަޑުންތިބީކީވެސްނޫން އިންޑިއާގެ ތަށްޕަހަށްވަދެ ބަޔަކަށް ލާރިދީގެން ވެރިކަންވެސް ހޯދީ އެމީހާޔަކަށް އިންޑިއާއަކީ ކިހާވަރެއްގެ ބައެއްކަމެއް ނޭނގޭ ވެރިކަމާހެދި ބޫތުކާމީހާ ރަށްޔަތުންނަށް ވާނެގޮތްވެސް ބަލައެއްނުލާ އިންޑިއާގެ ހިމާޔަތުގަ ވެރިކަންކިތަށް ދުވަހު ކުރެވޭނެބާ ހަމަޔަގީނުންވެސް މިރާއްޖެއިން އިންޑިއާ އައުޓުކުރާމީހަކަށް މިގައުމުގެ ވެރިކަންލިބޭނެ ގޮތެއް ރަށްޔަތުން ރާވަންވެއްޖެ އަދި މިއީ ގައުމީ ވާޖިބެއް ކަމުގަ ދެކެންޖެހޭ.

    13
    2
  3. Anonymous

    މީ ކޮންތާކުން ނިކުމެގެން އުޅޭ މީހެއް؟ ދުވަހަކުވެސް ނުދެކޭ މީހެއް!

    5
    15
  4. ހެހެ

    މިއަދު މިބޭބެ ދަރިން ތިބިނަމަ މިކަމުގައި ވިސްނަވާ ، މައިބަފައިންގެ ދުލުން މިފަދަ ބަހެއް " މިއަދު ތިބިބދަރިންވެސް އަޅައެއްނުލާ " ބުނީމަ ، އެއީ ދަރިންބޮލުގައި އެޅޭނެ ބޮޑު ފާފައެއް ، ކިތަން ހެޔޮއަމަލެއް ކުރިއަސް ، ތަނަވަސްކަމެއްގައި އުޅުނަސް އެކަމުގައި ހިތްހަމަޖެހުމެއް ނެތް ، އެހެނީ ﷲ ގެ ރުހުމެއް ނުލިބޭނެ ، އަވަަހަށް ވިސްނަވާ ބައްޕަގެ މުހުތާދތ ހޯއްދަވާ އެހީތެރިވެލައްވާ

    24
    2
  5. ބަ

    ބައްޕަގެ އަޑު އަހާނެ މިހީހެއެ ނެތީދޯ.

    16
    1
  6. ހެ

    މިހާރު ކިޔާނެ ތިހެން އެކަމަކު ވޯޓު ލާންވީމަ ތިޔައިން އެއްވެސް ކަމެއް ހަދާނަކު ނުހުންނާނެ.

    10
    3
  7. Anonymous

    ވަންނާނެ ތަނެއް ނެތިއްޔާ ރައީސް ޔާމީނުގެ ގެއިން ކޮޓަރިއެއް ދެއްވަފާނެ ހެން ހީވަނީ. އެއީ އެހާވަރަށް ރައީސް ޔާމީނަށް ތާއީދުކޮށް ސަނާ ކިޔާފައިވާތީ! ކަލޭމެންނަކީ އެމްޑީޕީ މީހުން ގުނބޯ ހެއްދިވަރަކަށް ގުނބޯ ހެއްދޭ މީހުން.

    11
    3
  8. ހފދސ

    އެ ބޭބެއާ އަޅަލާބަ ދަތިންނޭ. އަޅާލާނަމަ، އެބޭބެ އެހެން ނުބުނާނެ، ސިޔަސިއޭކިޔައިގެން މުސްކުޅި ބައްޕަ ހަލުގަ ޖައްސަކަށް ނުވަނެ

  9. އަލީ

    އަބުދުﷲ ގެއިން ނެރެފަ ލާން ގެންގުޅޭގަމީކޮޅާ އެއްޗެހި ނަގާ މަގުމެދައް ފެންގަނޑު ތެރެއައް އެއްލާލިވާހަކަ އަބުދުﷲ ބުނެލިނަމަ ވަރައް ފުރިހަމަ ވާނެ..

    1
    1
  10. ހަސަން

    ހިތާމާޔާ އެކު ބުނާނީ ތިޔަކަމުގަ ބޭބެގެ އިހުމާލުވެސް އެބަ އޮތޭ. ރަނގަޅު ގޮތުގަ އެއްނޫން ތަޔުބިއްޔަތު ކުރެވިފަ ތިހުރީ. ދުނިޔޭގަ އޭނަ ހުރި އިރުވެސް ދިޔައީ އިސްލާމް ދީނައް ފުރައްސާރަ ކުރަމުން ނިމިގެން ދިޔައީވެސް އެފަދަ ގޮތަކައް.ދިރި ތިބީން ވިސްނަވާ