މަހާނަ ރީތިކުރުމުގެ ނަމުގައި ގަބުރު މަތީ ގާފޮޅު ރާނާ މުށިޖެހުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ އައްޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު އެހެން ވިދާޅުވީ އާސަހަރާގައި ބައެއް މަހާނަތަކުގައި ގާފޮޅު ރާނާ މުށިޖައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށް އެކަން ވިޔަފާރިއަކަށް ހަދައިގެން ބައެއް މީހުން ކުރަމުން ދާތީ އެވެ.
ޝައިހް ޒައިދު ވިދާޅުވީ އާސަހަރާގައި އެ ކުރަނީ ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
އަދި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ވަނީ ގަބުރުމަތީ ބިނާ ކުރުމާ، އެ ތަނަކީ އިށީންނަ އައްޑާ އެއްކަމުގައި ހެދުމާ އަދި ޒީނަތްތެރި ކުރުން މަނާ ކުރައްވާފައި ކަމަށެވެ.
އާސަހަރާގައި މި ކުރަނީ ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޤަބުރުމަތީ ބިނާ ކުރުމާ، އެ ތަނަކީ އިށީންނަ އައްޑާ އެއްކަމުގައި ހެދުމާ މިގޮތަށް ޒީނަތްތެރި ކުރުން މަނާ ކުރައްވާފައި! މިކަން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން! pic.twitter.com/xIDPWxEvOu
— Ali Zaid (@alizaid1000) May 25, 2022
އާސަހަރާއގި ގާފޮޅު ބިނާކޮށްފައިވާއިރު އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް، އެ މީހުންގެ އާއިލާ މީހާގެ މަހާނަ ޒީނަތްތެރިކުރަން އޮފާތަކެއްވެސް އެތަނުގައި އުޅޭ ބަޔަކު ހުށަހަޅަމުންދާ ކަމަށް އެ މީހުން ބުނެ އެވެ.
އެކަން ކޮށްދޭ މީހުން އެކަމަށް އެކި ޕެކޭޖުތައް ވެސް ވަނީ ހަދާފަ އެވެ.
އެގޮތުން އާދައިގެ ގޮތަކަށް، ރާނައިދޭ ނަމަ އެކަން ކޮށްދެނީ 1،500ރ. އަށެވެ. މޮޅު ފެންވަރަށް މުށި ޖަހައިގެން ނަމަ 3،500ރ. އަށެވެ. މަހާނަ އަށް ވެލި އަޅައިދެނީ 300ރ. އަށެވެ. އަދިވެސް ބައެއް ޕެކޭޖުތައް ހުރެ އެވެ.
ޝައިހް ޒައިދުގެ އިތުރުން އެހެން ދީނީ އިލްމުވެރިން ވެސް ގެންދަވަނީ އާސަހަރާގައި މަހާނަތައް ކައިރި ރީތި ރީތިކޮށް މުށިޖެހުން ފަދަ ކަންކަން ނުކުރަން ނަސޭހަތްތެރިވަމުންނެވެ.
ކްރިސްޓިއަން ދީނުގައި ކުރާ ބޭކާރުކަމެއް އެއީ.. އެކަމުން މަރުވިމީހާއަށްވެސް އަދި ދިރިތިބިންނަށްވެސް ކުރާނެ ފައިދާއެއް ނޯންނާނެ. މަހާނަ ޒީނަތްތެރިކުރަން ޙަރަދުވާ ފައިސާ މަރުވިމީހާގެ ނަމުގައި ސަދަޤާތް ކުރުން މާ ރަނގަޅުވާނެ
މަހާނަމަތީ ބިނާކުރުން ޙަރާމްކުރުމުގެ ފިކުރަކީ އިޔަހޫދި ވައްހާބީ ފިކުރެއް. ވައްހާބީން ތި ފިކުރު ގެނައީ ކީރިތި ރަސޫލާގެ ޒިޔާރަތްފުޅު ތަޅާލުމަށްޓަކައި. އަލްބަޤީޢުގައިވާ ޞަޙާބީ ބޭކަލުންގެ ޒިޔާރަތްތައް ވެސް އެމީހުން ވަނީ ތަޅާލާފައި. އަދި ކީރިތި ރަސޫލާގެ ޒިޔާރަތްފުޅު ތަޅާލުމަށްޓަކައި ދިރާސާތައް ވެސް ލިޔެ އާންމުކޮށްފައި އެބަހުރި. އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވަނީ މަހާނައަކަށް ކުރިމަތިލައިގެންތިބެ ނަމާދުކުރުން. މަހާނައެއް ފާހަގަކުރުމާއި، މަހާނައެއް މަތީ ބިނާކުރުމަކީ ޙަރާމް ކަމެއް ނޫން. އެއީ ޙަރާމް ކަމެއް ނަމަ، ކީރިތި ރަސޫލާގެ މަހާނަ މަތީގައި ޞަޙާބީ ބޭކަލުން ބިނާއެއް ނުހަދާނެކަން ޔަޤީން.
އަލީ ޒައިދުމެންނަށް ފެނިގެން ތިއުޅެނީ ބައެއް ހަދީސާއި ދީނުގެ އެއްބައި. ޒަކަރިއްޔާމެން ވެސް މަދީނާއިން ކިޔަވައިގެން އައިތާ ކުރީކޮޅުގައި ތިހެން އުޅުނު. އިތުރަށް ދީން ކިޔެވީމާ ޒަކަރިއްޔާމެން ވެސް މިހާރު އެތިބީ އިސްލާހުވެފަ. އަލީ ޒައިދުމެން ވެސް އިތުރަށް ކިޔަވައިގެން ފުރިހަމަ އިސްލާމްދީން ދަސްކުރަންވީ. ތިއުޅެނީ ދީނުގެ އެއްބައި އެނގިގެން. އަނެއް ބައި އެނގުނީމާ ތިކަހަލަ ކަޑަ ވާހަކަތައް ނުދައްކާނެ.
އުއްމަތުގައި ޢަޤީދާގެ ކަންކަން ނޫން ކަންކަމުގައި އިޚްތިލާފު ވުން ހިމެނިގެންވަނީ މާތް ﷲ މުހައްމަދު ނަބީކަލޭގެ ފާނުގެ އުއްމަތައް ލެއްވި ރަޙްމަތެއް ކަމުގައެވެ. ވީމަ، މަހާނަ މަތީ އުސްކޮށް ރޭނުންފަދަ ކަންކަމަކީ އެފަދަ އިޚްތިލާފީ މައްސަލައެކެވެ. އެކަމާކީ ސީދާ ހަރާމް ކަމެކޭ ބުނެ މީސްތަކުން ބައިބައި ކުރުމަކީ ތިމާއަކީ އަދި އުންގެނެމުންދާ ދަރިވަރެއް ކަމުގައި އަންގާދޭ ދަލީލެކެވެ. އުއްމަތުގެ ޙިބްރުންގެ ގޮތަކީ މިފަދަ ކަންކަމާއި ބަހުސް ނުކުރެމެވެ. އަދި މީސްތަކުންނަށް ޝިރުކަކީ ކޯއްޗެއްކަން އަންގާދީ ޢަޤީދާގެ މަތީ ސާބިތުވެ ތިބުމަށް ބާރުއެޅުމެވެ.
މަރުވުމަށްފަހު އާއިލާގެ މެމްބަރުންނަށް ކުރެވިދާނެ ކަންތައްތައް އެބަހުރި އެކަންކަން ކުރުން މުހިންމީ. މުށިޖެހިޔަސް ރަނުން ހެދިޔަސް މައްޔިތާއަށް ވާނެ ފައިދާއެއް އޮތްކަމަކަށް އެއްވެސް އިލްމުވެރިޔަކު ބުނެފައިނުވޭ
އެއީކީ ޝެއިޚް ޒައިދު ވިދާޅުވި ވާހަކައެއް ނޫން... އެއީ ދީނުގަ އެކަން އޮތްގޮތް.