ދިވެހިންނަށް މަސްދަޅު އަގުބޮޑުކޮށް ވިއްކުން ސަރުކާރުން ހުއްޓާލަންޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްދަޅު ވިއްކާ އަގު އާދަޔާ ހިލާފަށް ބޮޑުކޮށްފައިވަނިކޮށް ހޮރައިޒަން ފިޝަރީޒް އިން ވިއްކާ މާންދޫ މަސް ދަޅު ވެސް އަގު ބޮޑު ކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ދިވެހިންނަށް މަސްދަޅު އަގުބޮޑުކޮށް ވިއްކުން ސަރުކާރުން ހުއްޓާލަންޖެހޭ ކަމަށެވެ.

"މިޙާލަތުގައި، އިމްޕޯޓުކޮށްވިއްކާ ބާވަތްތަކާއި އެއްހަމައެއްގައި ސަރުކާރުން ސަބުސިޑައިޒްކުރާ ބާވަތްތައް ހިމެނުން ދެކޮޅުޖެހޭބާ؟ ސަބްސިޑައިޒްކުރަނީ ރައްޔިތުންގެ ޓެކްސްފައިސާއިން ހިތުހުރިވަރަކަށް." ސައީދު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތި އަގުތައް އުފުލެމުން ދިއުމާ ގުޅިގެން ރާއްޖޭގައި ވިއްކާ ބައެއް ތަކެތީގެ އަގު ބޮޑުކުރަމުން އަންނާތީ ބައެއް ދިވެހިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ދިވެހިންނަށް ލުއިވާނެ ގޮތަށް އަގެއް ބަދަލަށް ގެނައުމަށް ސަރުކާރުން އަދި ވިސްނާފައެއް ނުވެއެވެ.

މިފްކޯގެ އަގަށް ގެނައި ބަދަލާއެކީ ތެޔޮ މަސް ކޭހެއްގެ އަގު މިހާރު ވަނީ 590 ރުފިޔާއިން 740 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ކުރިން 565 ރުފިޔާއަށް ވިއްކި ފެން މަސް ކޭހެއް ވަނީ 715 ރުފިޔާއަށް ބޮޑު ކޮށްފައެވެ.

މާންދޫން ގެނައި ބަދަލަށް ބަލާއިރު، ތެޔޮ މަސް ދަޅު ކޭހެއް މީގެ ކުރިން 320 ރުފިޔާއަށް ލިބޭއިރު، މިހާރު ލިބޭނީ 400 ރުފިޔާއަށެވެ. އަދި ފެން މަސްދަޅު ކޭހެއް ކުރިން 300 ރުފިޔާއަށް ލިބޭއިރު، މިހާރު މި ވައްތަރު ކޭހެއް ލިބޭނީ 380 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ކާބަފައިންގެ ޒަމާނުގައިވެސް ދިވެހިންގެ ކެއުމަކީ ކާއްޓާއި މަހޭ ކިޔާނެ
    އެއްޗެހި އަގުބޮޑު ކޮށްފައި އަދި އެބަކިޔައޭ ޚަރަދު ކުޑަ ކުރާށޭ.
    ކިހިނެއް މަގޭ ދަރިންކޮޅަށް ކާންނުދީ ބައިތިއްބަންތަވީ
    ހުރިހާ އިރަކު އެކުދިން ކާނީ މަސްދަޅު ލައިގެން.
    ކޮންމެސް އެހެން އެއްޗެއް ބޮޑުކުރިނަމަދޯ. މިހާރު ދެން ފުދިއްޖެ ފުދިވއިތުރުވެސް ވެއްޖެ
    އަހަނަށް އެންމެ ރަނގަޅީ މެކުނު ފުމުނަކަސް ގާހަތްކަކަށް ނުފުނުމުވޭނެކަން ޤަބޫލުކޮށް ދުރަށް ދިޔައްޔާ

    16
    3
  2. ކޫޑި

    ސަރުކާރު އިސްތިއުފާ އިންޑިއާވަގުތުން އައުޓު ސީރިއަސްލީ.

    16
    1
  3. މޯޑް

    ދިވެހިންނަށް ކަލޭމެން 7ރ އަށް ހަނޑޫ ވިއްކިންތަ.. ދެން ލަލަލާ

  4. މުހައްމދު

    ތަކެތި އަގުބޮޑުކުރަން ޖެހޭ ހާލަތަށް އައި ބޮޑުކުރަން ޖެހޭނެ އެހެން ނޫނީ ގައުމު ފުޑިގެންދާނެ ސައީދު ވާހައެދަކަނީ ވެރިކަމާއިހެދި

  5. ދަރަނި ދަންތުރަ

    ކަލޭނޭ ގައުމެއްނެތް ، ލަންކާ އޭ ކިޔާނެ ކަމެއްނެތް އިބޫ ސޯލި އައުޓް އިންޑިޔާ އައުޓް

  6. Vaka

    ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހެޑްލައިން ޖަހާތި...

    1
    3
  7. މަހުކަށި

    ރިސޯޓުތަކުގެ ކުލިތަށް ބޮޑުކޮށްފަ މަސްދަޅު އަގުހެޔޮ ކޮށްދީފިނަމަ ސޯލިހު ހޮވާނަން ދެންވެސް

  8. ހޮޮޅިބެ

    ހަނޑޫ ހަކުރު ފުށް ކަލޭ _/500ރ އަށް ދިން ހަނދާން ވޭބާ

    1
    3
  9. ޔަގީން

    މިކަމާ މުޒާހަރާ ކުރަން ވީ

  10. ސައްފަތު

    މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ދޭން މަސްވެރިން އެދޭ. އަދި ބާނާ ހުރިހާ މަހެއް ސަރުކާރު ކުންފުނިތަކަށް ގަތުމަށްވެސް މަސްވެރިން އެދޭ. މިކަން ސަރުކާރުން ކޮށްދޭން ބޭނުންވާނަމަ މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭ. އެހެންވީމާ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ އެކަށޭނަ އަގެއް ދޭނަމަ މިފްކޯއިން ބޮޑު ހޭދައެއް ކުރަން ޖެހޭއިރު އެޚަރަދު ފޫބެއްދުމަށް މިފްކޯއިން މަސް ވިއްކާ އަގުވެސް ބޮޑު ނުކޮށެއް ދެކޮޅެއް ނުޖެއްސޭނެ. ސަރުކާރުން ހިންގާ ކޮންމެ ވިޔަފާރިއެއް ގެއްލުމުގައި ހިންގުން ހުއްޓާލަންޖެހޭ. ކެރިގެން މިވާހަކަ ދައްކަންޖެހޭ. އެހެންނޫނީ ގައުމު ބަނގުރޫޓުވެދާނެ.

  11. ބަޒުރާ

    ޕީޕީއެމް ސަރުކާރުން ކާޑު އަގުބޮޑުކުރި. މިއަދު ކޮން އަނގައެއް ތަޅަނީ. އަހަރުމެން ހަނދާނެއް ނުނެތޭ.