ސްކޫލު ބަންދާއި ދިމާކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހިތާނީ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އޭއީއެޗުން ބުނީ، ހޮސްޕިޓަލުން ބާއްވަން ނިންމާފައިވާ ހިތާނީ ކޭމްޕް ކުރިއަށް ދާނީ ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހަށް ކަމަށެވެ.

ހިތާނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ރަޖިސްޓްރީ ކުރަން 1632 އަށް ގުޅަން ނުވަތަ 7379951 އަށް ވައިބާ ކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އޭއީއެޗުން ބުނީ، ހިތާނީ ކޭމްޕާއި ބެހޭ އިތުރު މައުލޫމާތު ވެސް 1632 އަށް ގުޅުއްވައިގެން ލިބޭނެ ކަމަށެވެ.