ރާއްޖޭގެ ރުއްގަސް ހިމާޔަތްކޮށް ރަށްރަށް ފެހިކުރުމަށް ބާރުއަޅާ އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު"އަށް އަމަލުކުރަން ފަށައިފިއެވެ.

މިހާރު ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ މި ގަވައިދުގައި ވަނީ ކެނޑުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުހުން ހުއްދަ އަދި ހުއްދަ ނޫން ގިންތިތައް ބަޔާންކޮށްފައެވެ. އެ ގަވައިދުގައިވާާ ގޮތުން އެއްވެސް ރަށަަކުން 50 ނުވަތަ އެއަށްވުރެ މަދު ރުއް ގެންދަން ވާނީ ލިއުމުން ހުއްދަ ހޯދައިގެންނެވެ. އަަދި ރުއްގަސް ގެންދާނަމަ ގެންދަން ވާނީ އެތަކެތި ނަގާއިރު މޫގަނޑުގައި ހަރުލާފައިވާާ ކަޅުފަސް ނޫނީ ނުހިމެނޭ ގޮތަށެވެ.

އެއްވެސް ރަށަކުން ހުއްދައާއި ނުލައި ރުއްގަސް ގެންދާނަމަ ޖޫރިމަނާާ ކުރެވޭނެއއެވެ. އަދި މިގޮޮތަށް ގެންދާ ރުއްގަސް ބަލަައިގަންނަ ފަރާތްވެސް ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ގަވައިދާ ހިލާފަށް ރުއްގަސް ނަގާނަމަ:

  • - ފުރަތަމަ ފަހަރު، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
  • - ދެވަނަ ފަހަރު، 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ
  • - ތިން ވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 150،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.

ރުއްގަސް ގެންދާއިރު ހުއްދަވާ މިންވަރަށް ވުރެ އިތުރަށް ކަޅުވެލި ގެންގޮޮސްފި ނަމަ ނުވަތަަ ރުއްގަސް ނަގާ ވަޅުގަނޑަށް ކުނި ނުވަތަ ލޮނު ވެލި އަޅައިފި ނަމަ:

  • - ފުރަތަމަ ފަހަރު، 15،000ރ. އިން ޖޫރިމަނާ ކުރެވޭނެ
  • - ދެވަނަ ފަހަރު، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
  • - ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ
ރުއްގަސް ނެގުމާ ބެހޭ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވުމާއި ރިޕޯޓު ނުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ:

  • - ފުރަތަމަ ފަހަރު، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ
  • - ދެވަނަ ފަހަރު، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ
  • - ތިން ވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ 15،000ރ. އިން ޖޫރިމަނާ ކުރެވޭނެ

މީގެ ކުރިން ވެސް ރުއްގަސް ނަގައިގެން ބައެއް ކައުންސިލްތައް ޖޫރިމަނާކޮށްފައި ވެއެވެ.