މިހާރު ރާއްޖޭގެ ވެރިކަން ކުރަމުން އަންނަނީ އިސްލާމް ދީނުގެ ދިފާއުގައި އަޑު އުފުލާ ސަރުކާރެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ އާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އަމަލު ކުރިގޮތާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރިކޮށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ އެމްޑީޕީން ބޭރުކޮށްލުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކުން ދިފާއުވުމަށް މިރޭ ބަޔާނުގައި އެޕާޓީން ބުނެފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަކީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

އެޕާޓީން ބުނެފައިވަނީ މިސަރުކާރަކީ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކައި އިސްލާމް ދީފައި ދެކޮޅަށް އަޑުއުފުލާ ޕާޓީއެއް ނޫން ކަމަށެވެ.

"އަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރަކަށްވެފައި، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް މިއަދު ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާކަމުގަޔާއި އެމަސައްކަތް ކުރިއަށް ގެންދަވާކަމުގެ މައުލޫމާތު އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ މައްސަލައެއް" ބަޔާނުގައި ބުނެފައިވެއެވެ.

އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.

"އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމަކީ އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޢަމަލެކެވެ. އަދި، މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ދިފާޢުގައި އަދުގެ ސަރުކާރެކޭ އެއްފަދައިން މި ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ" ބަޔާނުގައި ބުނެފައިވެއެވެ.

މިއަދުގެ ސަރުކާރަކީ އިސްލާމް ދީނުގެ ދިފާއުގައި އަޑު އުފުލާ ސަރުކާރެއް ކަމަށް އެމްޑީޕީން ބުނި ނަމަވެސް، ބޭރުގެ ގިނަ ގައުމުތަކުންނާއި ގިނަ ދިވެހިން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ދެ ބޭފުޅަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރި ކުރި ނަމަވެސް ސަރުކާރުގެ އެއްވެސް ބޭފުޅަކު އެކަން ކުށްވެރި ކޮށްފައެއް ނުވެއެވެ. ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާން ނެރެފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ފަހުންކަން ފާހަގަ ކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މޫސަ

    ލާދީނީ ބަޔަކު އިސްލާމްދީނުގެ ދިފާއުގަ އަޑު އުފުލާނެތަ؟ އެހެންވެގެން މިއަދު ހުށައެޅި ކުއްލި މައްސަލަވެސް ބޭރުކޮށްލީދޯ؟

    49
    2
    • ލޮލް

      ރައީސުލްޖުމްހޫރިއްޔާކަމަށް ކޮލިލީދުވަހު މޯދީގައިގަ ހިފައިގަތްގޮތުންވެސް އެނގޭ އިސްލާމްދީނުގެ ދިފާއުގައި ސޯލިބޭމެންގެ ފައިތިލަ ސާބިތުވެފައި ހުރި މިންވަރު. ދެންއާދޭ ގެރިމަހު ރިހަލައިގެން ބަތްކާން.

      35
      1
  2. ސަމީ

    ލަދު ކޮބާ ބަލަ ތިޔަ މަޖިލިހުގަ އެ އިންނަ ކެނެރީ ގޭ ނަޝީފު އަދި ތޮޔަ ޕާޓީގެ ރޫހާނީ ކިތަށް ފަހަރުތޯ އިސްލާމް ދީނަށް ފުރަސާރަ ކުރީ ލަދު ކުޑަ

    47
    2
  3. ނަސީ

    އަދި އަޑުއުފުލިޔަކައް އަދިކަމަކުނުދާނެ އެމީހުންގެ އުފެއްދުން ތައް ބޮއިކޮޓްކުރަން އެބަޖެހޭ

    36
    1
  4. ސަލާމް

    ސަޅި

    3
    9
  5. ކަލޯ

    ބޮލުން ތާކިހާ ނުބޭލޭހައި ދީނީ ސަރުކާރެއް! ކަންފަތް މަތީ އަތްދަމާފަ ޖެހީމަ ހޭއަރާފަ ރަސޫލާއޭ، ފުރައްސާރައޭ އިނޑިޔާއޭ ހޮވާ، ލާދީނީ ބައިގަނޑެއް!

    39
    1
  6. އަހުމަދު

    އެމްޑީޕީއަކީ ހަމަ ލާދީނީ ޕާޓީއެއް. އެންމެން ފާޑުކިޔަން ފެޝީމަ ހިތާ ދެކޮޅަށް އިންޑިއާގެ އެއަމަލު ކުއްވެރިކުރީ. އެމްޑީޕީ ވުޖޫދުން ފޮހެލަންވެއްޖެ

    37
    1
    • ލޮލް

      އެމްޑީޕީއަކީ ފިތުނައެއް. ހުރިހާ ރައްޔިތުން ފިތުނައިން ސަލާމަތްވެ ތިބުމަށް ގޮވާލަން.

      26
  7. ނޫ ސަރުކާރު

    ކަލޭމެނަށް އަތުޖެހުނު ކޮންމެ މިސްކިތެއްގައި ނޫ ކުލަ ލަމުން ތި ދުވަނީ ހިތުން އެކަމުންވެސް ކަމެއް ހާސިލުކުރުމަށް. މުސްލިމުން އާއްމުކޮށް މިސްކިތްތަކުގައި ބޭނުންކޮށް އުޅޭ ކުލައެއް ލާންވެސް ދެކޮޅު ބައިވަރު ގަނޑެެއް ތީ. ސަލްމާން މިސްކިތް އެކަނިވެސް މިސާލަކަށް ފުދޭ.

    21
    2
  8. އެކުރު ބަޔާން

    ވާވާ އޑޕ އިންޓިޔާ އައުޓު ކުރަން އުޅެނިކޮއް ޕީޕީއެމުން އެމަސްއްކަތް ފެށީވެސް

    21
    2
  9. ވީވާ

    ރަސޫލާ އައްަ އިީމާން ނުވެ އިސްލާމަކަށް ނުވާނެ

    33
    1
  10. ހުސެން

    ބީ ޖޭޕީ އަށް ސަނާ ކިޔާ މިހާރު ތިދައްކަނީ ކޮންވާހަކަ އެއް. މައުސޫމް ބުނިވާހަކަ ދިމާވަނީ މިމީހުންނާ ' ދެވުޅިއެއްނުވާ ބައެއް،

    23
  11. އެމީހާ

    ކަލޯގަޑުދަަބަރައްވެއޮފުކެޑުނީމާ ދޮންކޮށްގެންދަބަރުފިލުވަން އުޅުނުވަރަކައް ވާނީ ހަލާކެވެ. މިހާރުކަލޭމެނައްއެވަނީ އެގޮތެވެ. ބޮޑު ގޯހެއްހެދުނީމާ އެއީރަގަޅުކަމަކައް ހަދަން ކިތައްމެމަސައްކަތެއްކުރިޔަސް އެވާނީހަމަގޯހަކަށެވެ. މިހާރުކަލޭމެން ކިތައްމެވަރަކައް އޮފުއަރުވަން އުޅުނަސް ދެންތިޔަކައްއޮފެންނާރާނެއެވެ. މިހާރުތީ އޮފުކެޑިފައިވާގަޑުދަބަރެވެ.

    19
  12. ޖަސްޓިސް ވޮރިއަރ

    ދިވެހިރާއްޖޭގެ ސަރުކާރެއްގެ އަދި ރައީސުލްޖުމްޙޫރިއްޔާގެ އެންމެ މަތީ ވާޖިބާ ހުވަޔަކީ އިސްލާމް ދީން ޙިމާޔަތް ކުރުން. އެކަން ކުރުމަށް ފަސްޖެހޭތަން ފެނުމަކީ ދިވެހީންގެ މައްޗަށް ކުރާ ވެރިކަމަުން ފެނިގެން ގޮސްގެންވާނެ ކަމެއް ނޫން.

    22
  13. ރަދީފްއޮފިޝިއަލް

    މީ ސަންދޮކާއު ކޭ ބާކިއެ ދީ.

  14. ޖާނޭ

    ތިޔައީ ހިތުގެ އަޑިން ބުނާ އެއްޗެއް ނޫނެވެ. އިންޑިއާގެ މޯދީ ސަރުކާރުނއވެސް ތިޔަހެން ބުންޏެވެ. ނަމަވެސް ޢަމަލުން ފެންނަނީ މުޅިންވެސް ދިމާ ދެކޮޅަށެވެ. އެއްޗެއް ބުނިއްޔާ ބުނަނީ މަޖުބޫރުވެންނާއި ތިމާމެންގެ ސިޔާސީ މުސްތަޤުބަލަށް މަގުފަހި ކުރުމުގެ ގޮތުން ބުނާ މުނާފިޤު ބަހެކެވެ. އެކަން މިއެގެނީ، އެހެން ހުރިހާ ޤައުމު ތަކުންވެސް އިންޑިއާގެ ޚާރިޖީ ވަޒީރު، އެޤައުމެއްގެ ފޮރިން މިނިސްޓްރީއަށް ޙާޟިރުކޮށް އިޖުތިޖާޖްގެ ލިޔުމެއް ޙަވާލު ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރަކަށް އެކަމެއް ކުރާކަށް ނުކެރުނެވެ. ދިނީ ކަމެއްގައި ވަކި މީހަކު ހުށައެޅީތީވެ، ބަލައި ނުގަނެވެ، ފަޑޫ ކިޔުންތައް އަމާޒު ވީމާ ކަމެއް ކުރުމަކީ ހިތުގެ އަޑިން ކުރެވެ ނިޔަތް ރަގަޅު ކަމެއް ކަމަށް މީހުން ނުދެކޭނެއެވެ.

    12
  15. އެހެންވީމަ

    އެމް ޑީ އެން، އެންމެ ފަހުން ކަންތަކުގައި އަޅާ ނުލައިތިބީ.
    ރައްޔިތުން އުޅެގެން އަދި ބޭރު ގަވްމުތަކުން ބަޔާންތައް ނެރުނީމަ ބަޔާނެއް ނެރެގެން އުޅެނީ.
    އިންޑިއާ ގައި އެތައް ކަމެއް ކުރާއިތު އަޅައެއް ނުލާ.
    ސިވިލް ސާރވިސް ކޮމިޝަން ގެ ވެބްސައިޓް ހުޅުވާލާއިރަށް ވެސް ފެންނަނީ މުޅިންވެސް އިންޑިއާ އަށް ގޮސްގެން އުޅޭތަން!

    "އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އިންޑިއާ އެމްބެސެޑަރ ބައްދަލުކުރައްވައިފި." 28/4

    "ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް" 7/5

    "އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި" 29/5

  16. 😠😠😠

    މިހާރު އޮތީ އިސްލާމް ދީނަށް
    ފު ރައްސާ ރަކު ރި މީހުން މަގާމުތަކަށް ލައިގެންއުޅޭ ލާދިނީ ސަ ރުކާ ރެއް

    14
    1
  17. މަބޭ

    މިފަހަރު ތިއޮތީ އަމިއްލައެއްޗައް. ރަންގަޅައްފައިންއެރިފަ

    13
    1
  18. އަލީ

    މިހާރު އޮތީ ގެރިމޯދީގެ ބައިގެ ސަރުކަރެއް. ތި ބައިގަޑަށް ދުވަހަކު ވޯޓެއްނުދޭނަން. ސަލާމް

    14
  19. ޢިޔާބު

    ލާދީނީ ޔަހޫދީ އެމްޑީޕީ ސަރުކާރެއް

    17
  20. ބުއްޅަބޭ

    ހޭބަލިވެދާނެ!

    13
  21. ޢަސްލު ންރޯ

    އިންޑިޔާ ގެ ކުންފުނިތަކަށް ދީފައިވާ ޕްރޮޖެކްޓްތައް ރައީސްގެ ގަރާރަކުން އަތުލައި ހުރިހާ އިންޑިޔާގެ ކުންފުނިތައް މިގައުމުން ބޭރު ކުރީމައި ގަބޫލު ކުރާނަން ދިވެހި ރާއްޖޭގެ ރައީސް ހިތަށް ވަރަށް އަސަރު ކޮށްފި ކަން މާތް ނަބިއްޔާ ފުރައްސާރަ ކުރީމައި.

  22. ދުއާކުރާސޭކުން

    ދެން އަތްޖަހާ.

  23. ހަގީގަތް

    ތިގޮތައް އިސްލާމްދީން ދިފާޢު ނުކުރިއްޔާ ރަނގަޅު ވާނީ ހިތާ ދެކޮޅަށް ކުރުމަށް ވުރެން

  24. ރަޝީދު.

    އިސްލާދީނަކީ ކޯއްޗެއްކަން ނޭގޭބަޔަކަށް އިސްލާމްދީނެއް ޙިމާޔަތެއް ނުކުރެވޭނެއެވެ.ދިވެހިންނެއް ތިދޮގެއް މިއަދަކު ޤަބޫލެއް ނުކުރާނެއެވެ.އިސްލާމްދީނުގެ ޢަދުއްވުންގެ ބަސް މުސްލިމުން ޤަބޫލުކރާނީ ކިހިނެެް ހެއްޔެވެ؟

  25. ރާއްޖެ

    ވަކިބަޔަކައް ބޮޑިކޮށްދޭ

  26. ހުސެން

    މަނިކުފާނުމެންގެ ކަރުބުޑުން ހަންވެސް ގޮސްފާނެ ، އެހާ ބާރަށް އަޑުނުަުފުލާތި.

  27. ކައިދާ

    ޙަޔާތްކުޑަ ވާނީ ދެން ތިޔަކަންހާ ވަރަށް.
    މަމެންް ދުށީމު އިއްޔެ މަޖްލިސްގަ ކަން ހިނގި ގޮތްވެސް. ތިޔަބައިގަނޑު ގިނައީ ހަމައެކަނި ޕާރޓީން ކުށްވެރި ކުރުމުގެ ބަދަލުގަ އިސްލާމް ދީނަށް ލޯބި ހުރިނަމަ އިސްލާމް ދީނުގެ ދިފާޢުގަ އަޑުއުފުލާނަމަ މަޖްލިސްގެ ފަރާތުން އެކަން ކުރީސް .ރަށުތެރޭގަ ރައްޔިތުން ހަޅޭއް ފަޅޭއް ލަވަން ފެށީމަކާ ނޫން ޕާރޓީގެ ނަމުގަ ބަޔާން ނެރޭނީކީ.މުނާފިގު ލާދީނީ އެމްޑީޕީ .

  28. ޣ morning

    ދެން މަތި އޮމާންކުރަން އުޅެނެ ކަމއްނެތް

  29. އިސްލާޙު

    ހިނގާފައިވާ ކަންތަކުންނާ ފެންނަމަންޒަރުތަކުން ތިކަންގަބޫލްކުރަންދަތި އެއީ އެމްޑީއޭ
    ރިޕޯރޓްނެރުނުފަރާތްތަކަށް ފިޔަވަޅު ނޭޅުމާ އެލިޔުމުގައި ބައިވެރިވާކަމަށް ދެކެވޭފަރާތްތައް
    ޕްރޮމޯޓްކުރުމާ ރަސޫލާއަށް ފުރަސާރަކުރިމައްސަލާ މަޖިލީހަށް ހުށަހެޅުމުން ފުރައްސާރަ
    ކުރުން ކުށްވެރިކުރުމުގެ ބަދަލުގައި ( ސްޕަރމެޖޯރިޓީ ލިބިފައިއޮށް) މަޖިލީހުން ބޭރުކޮށްލުމާ
    ވައްކަމާ، މާރާމާރި،މަސްތުވާތަކެތީގެ މައްސަލައަށް ކުޑަވެސް ހުއްޓުމެއްނައިސް ކުރިއަށްދިއުން
    އަދި މުސްލިމުނާ އަދާވާތްތެރިވާދެކޮޅުވެރި ﷲ އަށްޝަރީކުކުރާ މީހުންތިބޭ އިންޑިއާ އާ ގުޅުން
    ބަދަހިކޮށް ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭހިސާބުގައިއޮތުން

  30. ނަންރީތި

    އެއީތެދެއްކަން އިއްޔެގެ މަގްލިހުންބޭރުކޮއްލިގަރަރުންވެސް މާތްވެގެންވާ އިސްލަމްދީނައް މިސަރުކާ ރުން އިސްލާމް ދީންހިމާޔައް ކޮއް ދަމަހައްޓަކަމުގެ ލާމަސީލު ނަމޫނާއެއްްްްްްްްްްްްްްްްްްްްްްް މުޅިމިގައުމުގެ ރައްޔިތުން ނަށާއި މުޅިދުނިޔެއައް ކިތައްމެ ވަރެއްދައްކާލިޔަސް މާތްﷲ އައް ހެއްދެވިފަރާތަކައް އޮޅުވައެއް ނުލެވޭނެ އިންޑިއާގެ ބާރުގައި ދެމިތިބެވޭނެކަމައް މިހީކުރަނީ ބާރްވެރިފަރާތަކީ ހަމަ އެކަނި މާތްﷲ