އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޕީއެމް އިން ވިދާޅުވީ، އެޕާޓީގެ އިތުރުކުރި 10 ކައުންސިލަރުންނާއި ހުސްވެފައިވާ ދެ މަގާމާއެކު ޖުމްލަ 12 މަގާމަށް ކުރިމަތިލުމުގެ ފުރުސަތާއި، އަންހެނުންނަށް ހާއްސަ ފަސް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލެވޭނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިމަމުގެ 9 ވަނަ ދުވަހުގެ 15:00 އެވެ. އެ މުއްދަތުގެ ކުރިން މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ މެއިލްއަށް ނުވަތަ އޮފީހަށް ފޯމު ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

ޕީޕީއެމްގެ ކައުންސިލް މަގާމަށް ކުރިމަތިލެވެނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެޕާޓީއާ ގުޅިފައިވާ މެންބަރުންނަށް އެކަންޏެވެ. ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް މިހާރު އެޕާޓީން ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު