ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރުކަން ނުލިބުމުން އެޕާޓީގެ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ކުރީގެ ރައީސް މައުމޫންގެ ފެކްޝަނާއި ގުޅި، ރައީސް މައުމޫންގެ ފެކްޝަން ފަރާތުން އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕޭނަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރަށްރަށަށް ވަޑައިގަންނަވާނީ ކަމާލުއްދީން ކަމަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެއެވެ.

ކަމާލުއްދީން ވަނީ އޭނާ ރައީސް މައުމޫންގެ ފެކްޝަނާއި ގުޅިވަޑައިގެންފައިވާކަން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އޭނާ ރައީސް މައުމޫންގެ ފެކްޝަނާއި ގުޅުނީ ޖޭޕީ އާއި މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ.

ކަމާލުއްދީން އެހެން ވިދާޅުވި ނަމަވެސް މިދިޔަ މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ކަމާލުއްދީން ޖޭޕީގެ ނައިބު ލީޑަރުކަމަށް ނުހޮވުމާއި ގުޅިގެން އޭނާ ވަނީ ކޮންގްރެސް ނުނިމެނީސް ކޮންގްރެސް ދޫކުރައްވާ ވަޑައިގެންފައެވެ. ކަމާލުއްދީނާއި ޖޭޕީ އާއި ދެމެދު މައްސަލަ ޖެހުނީ ގާސިމް އިބްރާހިމް އިއުލާން ކުރެއްވެވި ހިޔަނި ކެބިނެޓްގެ ވަޒީރެއްގެ މަގާމު ބޭނުން ނުވާކަމަށް އޭނާ ވިދާޅުވުމުންނެވެ. ކަމާލުއްދީން ވިދާޅުވެފައި ވަނީ އެއީ އޭނާ އާއި މަޝްވަރާ ކުރެއްވުމެއްނެތި ދެއްވެވި މަގާމެއް ކަމަށެވެ.

ކަމާލުއްދީން ޖޭޕީ އާއި ގުޅުނީ 2012 ވަނަ އަހަރުއެވެ. މިދިޔަ މަހު ބޭއްވި ކޮންގްރެސް އާއި ހަމައަށް އޭނާ ހުންނެވީ ޖޭޕީގެ ނައިބު ލީޑަރަކަށެވެ. ނަމަވެސް ޕާޓީގައި މަސް ދުވަހު މަސައްކަތް ކުރައްވާފައި ނުވާ ބޭފުޅުންނާއި ވާދަކުރައްވާ ވެސް ކަމާލުއްދީނަށް ނައިބު ލީޑަރުކަން ދިފާޢެއް ނުކުރެވުނެވެ.

ކަމާލުއްދީން ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 15 އަހަރު ދުވަސް ވަންދެން މިނިސްޓަރުކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފާގަ

    ފިހާރަ ފިހާރައިގަވެސް އެކްސްޕައިރީ ޑޭޓް ހަމަވެފައި ހުންނަ ހުރިހާ އެއްޗެއްވެސް ލަނީ ޑަސްބިންނަށް. ސިޔާސީ ގޮތުންވެސް އެކްސްޕައިރީ ޑޭޓް ހަމަވެފައިވާ މީހުން ވަންނާނީ ޑަސްބިން ފެކްޝަނަށް

  2. ފާއިޒް

    ސާބަހޭ އަނެއްކާ އަނެއް ފެއިލިއަރ ބަލަ މަޢުމޫނަކީ މިހާރު މިރާއްޖޭގެ އެއްވެސް މީހަކު ޢިޚްތިރާމް ކުރާ މީހެއް ނޫން.. ދެން ކޮން ފަރާތް ޕުޅަކުން...

  3. ޖޫސްމޭން

    އައި ފީލް ސޮރީ ފޯ ދިސް ލޫޒަރ

  4. އަސްލަމް

    ދަންނަވާލަންއޮތީ ފޫނެއްފަޔަކައްފެންނުފުރާށެވެ ރައީސްޔާމިންއަރިހައްވަޑާގަންނަވާށެވެއުޖާލާދުވަސްތަކެއްއޮތީމިކޮޅުގައެވެ

    • އަލީ

      ތިބުނީ ޖަލުގެ ވާހަކަތަ

      • ޏަން

        ޢެބުނީ ކަލޭގެ ގޭގެ ކޮޓަރި ވާހަކަ

  5. ޚަމާލް ހަސަން

    ކުރިންވެސް މަބުނެފަ އޮންނާނީ ކަމާލުއްދީން ހަމަ ރަނގަޅުވާނީ އުމަރު ޒާހިރު ގޮތައް ސަރުދާރަކަށޭ . ޚަމާލުއްދީން ދެން ރަނގަޅުވާނީ މިސްކިތުވަކަރުގެ ގޮތުގައި ދާރުލްއާސާރަށްލީމަ
    ބޮޑާކަމާއި ކިބުރުވެރިކަމުގެ ލާމަސީލު މިސާލެއް .

  6. ޖޮއްބެ

    މާބޮޑުތަފާތެއްނެތް ތިޔަކަމަކު. ޖޭޕީވެސް އެމްޑީޕީން ކަފާލި ޕާންފޮތީގެ ކައިރިފަށް ވެސް ދޭތޯ ކެންޕޭނު އެކުރަނީ އެމްޑީޕީ ވެރިކަމަށް ގެންނަން. މައުމޫނުވެސް އަމިއްލަ އެދުމަށްޓަކައި އޭނާގެ އަމިއްލަ ލެޔާ ދުޝްމަންވެ، މިހުރިހާ ދުވަހު އެބެއަށް ފުރައްސާރަ ކޮށް މަލާމާތްކޮށް ބިރުދައްކާ ހެދި ކެރަފާ ނަޝީދުގެ ފަހަތަށްގޮސް އޭނާއަށް ވެރިކަން ހޯދައިދޭން އުޅެނިކޮށް ކުރެވުނު ކުށަކުން ޖަލަށްލުމުން އޭނާ އަށް ކެންޕޭނުގައި ބައިވެރިވެވޭގޮތް ނުވުމުން އޭކޭ ލައްވާވެސް ކެންޕޭނު އެ ކުރަނީ ހަމަ އެމްޑީޕީ ވެރިކަމަށް ގެންނަން. އެހެންވީމާ އޭކޭ އެކޭ އިބޫ އެކޭ ފައިސަލްނަސީމެކޭ މައުމޫނެކޭ ވަކި ތަފާތެއްނެތް ހަމަ ތިޔައެންމެން ވެސް ކެންޕޭނު އެކުރަނީ ހަމަ އެއް ބަޔަކު ވެރިކަމަށް ގެންނަން.

  7. ސަނީލިޔޯން

    ތިޔާވީ ހަމަރަނގަޅަށް ..ގާސިމް ދެއްވި މަގާމަށް ތިމާޔާ މަޝްވަރާނުކުރެޔޭކިޔާ ބޮލާލާ ޖެހީމާވާނެ ހައެތި ތިޔަވީ

  8. އަބްސީ

    އަދިވެސް ގޭގައި މަޑުކޮށްލާކަށް ނުވޭތަ؟