އިންތިޚާބުވި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާ ގުޅިގެން ގޮނޑި ގެއްލިއްޖެކަމަށް ކުރިން ކަނޑައަޅާފައިވާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުމާ މެދު ގޮތެއް ނިންމުމަށް މިއަދު ސުޕްރީމްކޯޓުގައި ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ މައްސަލަ ތާވަލްކޮށްފައިވަނީ ޕާޓީ ބަދަލު ކުރުމުން ގޮޑި ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މިމަހުގެ އެއް ވަނަ ދުވަހު ހަމަ އެ ކޯޓުން ބާތިލުކޮށް، އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގެ މިއަދުގެ ބައްދަލުވުމުން ކެންސަލް ކުރިއިރު، އެ މައްސަލައިގެ އެހެން އަޑުއެހުމެއް މާދަމާ 11:00 އަށް ވަނީ ތާވަލްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު