ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ ވެބްސައިޓްތަކުގެ ރޭންކިންގައި އެއްވަނަ ދަމަހައްޓަމުން އަންނަ "ވަގުތު" އިން އަނެއްކާވެސް އިތުރު ކުރިއެރުމެއް ހޯދައިފިއެވެ. "ވަގުތު" އިން މިފަހަރު ހޯދި ކުރިއެރުމަކީ ބޭރުގެ ވެބްސައިޓްތައް ވެސް ހިމަނައިގެން ދިވެހިން އެންމެ ގިނައިން ވަންނަ ހަތަރު ވަނަ ވެބްސައިޓްގެ މަގާމު "ވަގުތު" އިން ހޯދުމެވެ.

ބޭރުގެ ވެބްސައިޓްތައް ނުހިމަނާ ރޭންކިންގެ އެއްވަނައިގައި އަދިވެސް އޮތީ "ވަގުތު" އެވެ. "ވަގުތު" އިން އެމަގާމު ދަމަހައްޓަމުން އަންނަތާ މިހާރު ދެއަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރާއްޖޭގެ އެހެން ވެބްސައިޓްތަކުގެ ރޭންކިން އަށް ބަލާއިރު ރޭންކިންގެ ހަވަނައިގައި އޮތީ "މިހާރު" ނޫހެވެ. "ސަން" އިން ވަނީ ރޭންކިންގައި ކުރިއެރުންތަކެއް ހޯދައި އަށް ވަނަ އަށް އަރާފައެވެ. "އަވަސް" ރޭންކިންގެ 12 ވަނައިގައި އޮތްއިރު "ސީއެންއެމް" އޮތީ 27 ވަނައިގައެވެ. "ދިޔަރެސް" އޮތީ 34 ވަނައިގައެވެ. "ވަން އޮންލައިން" އޮތީ 43 ވަނައިގައެވެ.

"އަދަދު" އަށް ލިބެނީ ރޭންކިންގެ 51 ވަނައެވެ. އެއީ 11 ދަރަޖައިގެ ވެއްޓުމެކެވެ. "ދެން" އޮތީ 54 ވަނައިގައެވެ. "ދައުރު" އަށް ލިބެނީ ރޭންކިންގެ 59 ވަނަ އެވެ. "ރާއްޖެ އެމްވީ" ރޭންކިންގެ 73 ވަނައިގައި އޮތްއިރު "މިއަދު" ނޫސް ރޭންކް ކުރެވިފައި ވަނީ 74 ވަނައިގައެވެ. "އައްޑޫ ލައިވް" އޮތީ 86 ވަނައިގައެވެ. "ދަޕްރެސް" 93 ވަނައިގައި އޮތްއިރު "ގާފު" އޮތީ 122 ވަނައިގައެވެ. "ދުވަސް" އޮތީ 239 ގައެވެ. "ތިލަދުން" އޮތީ 294 ވަނައިގައެވެ. "ވޮއިސް" އޮތީ 350 ވަނައިގައެވެ. "ޚަބަރު އޮންލައިން" އޮތީ 483 ވަނައިގައެވެ.

"ޖަޒީރާ" އޮތީ ރޭންކިންގެ 757 ވަނައިގައެވެ. "ވީނިއުސް" އަށް ލިބެނީ 925 ވަނައެވެ. "ޒީޓައިމްސް" 1054 ވަނައިގައި އޮތްއިރު "ރަސް އޮންލައިން" ރޭން ކޮށްފައި ވަނީ 1460 ގައެވެ. "ހުވަދޫ ނިއުސް" އޮތީ 1599 ވަނައިގައެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގަމުން އަންނަ ޕީއެސްއެމްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓް އޮތީ ރޭންކިންގެ 1,225,628 ވަނައިގައެވެ. އެވެބްސައިޓަށް މަސް ދުވަސް ތެރޭގައި ވަންނަ މީހުންގެ އަދަދު ހަހާހަށް ނާރައެވެ.

ރާއްޖޭގެ ގިނަ ވެބްސައިޓްތަކަށް ވަންނަ މީހުންގެ އަދަދު މަދުވި ނަމަވެސް ސަރުކާރުގެ އެކި ކުންފުނިތަކުން ކޮންމެ މަހަކު ވެސް ގިނަ އަދަދެއްގެ ފައިސާ އެފަދަ ވެބްސައިޓްތަކަށް ވެސް ސްޕޮންސާގެ ގޮތުގައި ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޯބިވާ

    އެހެންވީމާ، ރައްޔިތުން ބޮޑަށް ބަރޯސާވަނީ ވަގުތު ނޫހަށްތާ؟ ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާ މިންވަރު ހާމަ ވެއްޖެ! މަރުހަބާ ވަގުތު ކުދިންނަށް!

    20
    3
  2. ސ

    މަރުހަބާ.. ވަގުތު ނޫސް ވުޖޫދު ވުމުގައި ބައިވެރިވެވުނު މީހެއްގެ ގޮތުން މިއަދު ވަރަށް ބޮޑު އުފަލެއް އިހްސާސް ކުރެވޭ ....އެދުވަހު ބޮޑެތި ނޫސް ތަކުން ފިއްތި ފިއްތުން...އެކިކަންކަމުގައި ފުލުހަށް ރިޕޯޓް ކުރުން...އަދު ވެސް ހަނދާނަށް އާދޭ...

    10
    4
  3. ޙަސަން

    "ވަގުތު" ޓީމަށް މަރުހަބާ. ކުރިޔަށް އޮތްތަނުގަ ވެސް ތިގޮތުގަ "ވަގުތ" އޮންނާނެ މަކަށް އުންމީދު ކުރަން.

    15
    3
  4. ޑެނީ

    ވަގުތު ހަބަރުތައް އަވަސް އެއީ ވާގޮތަކީ

    17
    4
  5. މީ

    މާޝާﷲ އޯވސަމް

  6. މިތުރު

    މަށަށް ވަގުތު ކަމުދަނީ:-
    1. ޚަބަރުތައް ގެނެސްދިނުން އަވަސްވުމުން
    2. ވެބްސައިޓް ފަރުމާ ކޮށްފައިވާގޮތް ފަސޭހަވުން
    3. ކޮމެންޓް ކުރަން ފަސޭހަވުން
    4. ކޮމެންޓްތަކުން ކިޔާ މީހުންގެ ވިސްނުން ހުންނަގޮތް ސާފުވާތީ.
    4. ތަފާތު ޚަބަރުތައް އެއްތަނަކުން ކިޔާލަން ލިބުން.

  7. ކަންނާޑި

    ވަގުތު ނޫހަށް ޝުކުރިއްޔާ ވަގުތު ނޫސްވެރިންނަކީ ކުޅަދާނަ ލަޔާގަތާ ގާބިލިއްޔަތު ހުރި ބައެއް ވަގުތުން ވަގުތަށް ވަގުތުނޫސް ވަރަށްކިޔާހިތްވޭ ވަގުތުނޫހުން އެންމެކިޔާހިތްވަނީ ސުރުހީގެ ދަށުގަ ހުންނަ ކޮމެންޓުތަށް ކޮމެންޓުތަށް ކިޔާލީމަ ވަރަށް ހިތްހަމަޖެހޭ ޝުކުރިއްޔާ ވަގުތު ނޫސްވެރިންނަށް.