މިދިޔަ ޖޫން މަހު އެކަނި ވެސް ވައްކަމުގެ 329 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 983 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 329 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 137 މައްސަލަ
    • މުދަލެއް ގެއްލިގެން 138 މައްސަލަ
    • މަކަރާއި ހީލަތް ހެދުން 82 މައްސަލަ
    • މުދަލަށް ގެއްލުން ދިނުން 47 މައްސަލަ
    • ޖިންސީ ގޯނާގެ 26 މައްސަލަ
    • އަނިޔާ ކުރުމުގެ 34 މައްސަލަ
    • ގެވެށި އަނިޔާ 23 މައްސަލަ
    • ފޭރުމުގެ 37 މައްސަލަ
    • ފޯޖުކުރުން 12 މައްސަލަ
    • ޗެކް ބައުންސްވުން 1 މައްސަލަ
    • މަސްތުވާތަކެއްޗާ ގުޅޭ 117 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު