ކުރިއަށް އޮތް އީދު ޗުއްޓީ ނިމޭއިރު ރާއްޖޭގެ ތަކެތީގެ އަގުތަށް އިތުރަށް މައްޗަށް ދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ ތަމްސީލްކުރައްވާ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަލްޓިނޭޝަނަލް ބޭންކު ޖޭޕީ މޯގަން އިން އެގައުމުގެ އިގްތިސާދަށް ނުރައްކާވެއްޖެކަން އިއުލާންކުރި ހަބަރަށް އިޝަރާތް ކުރައްވަމުން ސައީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސިޔާސަތަކީވެސް ފައިސާ ޗާޕް ކުރުން ކަމަށެވެ.

އެހެން ނަމަވެސް މިއީ ފައިސާ ޗާޕްކޮށްގެން ހިފެހެއްޓޭނެ ވަގުތު ނޫން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ބޯހަރު ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަކީ ދެވަނަ ލަންކާއަށް ވުުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި ހިނގަމުން މިދާ އީދު ޗުއްޓީ ނިމޭއިރު ރާއްޖޭގެ ތަކެތީގެ އަގުތައް އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ އިންޒާރުދެއްވާފައެެވެ.

ރާއްޖޭގައި ތަކެތީގެ އަގުތައް އަންނަނީ މައްޗަށް ދަމުންނެވެ. ތެލާއި ކާބޯތަކެތިފަދަ އެންމެ އަސާސީ ތަކެތީގެ އަގުތައްވެސް އަންނަނީ ކުރިން ހުންނަ އަގަށްވުރެ އެތައް ގުނައެއް އުފުލެމުންނެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ ރާއްޖޭގެ ކާބޯތަކެތީގެ އަގުތައް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ. ތަކެތީގެ އަގު މަތިވަމުން އަންނަ އިރު ޖީއެސްސީ އިތުރު %2 ބޮޑުކުރަން ނިންމިކަން ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އޮނަރަބްލް

    ރައްޔިތުން ފެލުން ނޫންކަމެއް މިސަރުކާރުން ނުކުރޭ،
    ކީއްތަވާނީ ރައީސްކަން ކުރި މީހުންނަށް މަހަކަށް ދޭ 3 ލައްކަ ރުފިޔާ ކަނޑާލިިއްޔާ، ޤައުމު އިނދަޖެހިގެން ދާއިރުވެސް މިއިން އެއްޗެއް ކަނޑަނީކީނޫން، ރައްޔިތުންނަށް ޖެއްސުންކުރަމުން މިދަނީ،
    ރއްޔިތުން ބޭނުންވަނީ ރައީސްކަން ކުރާ މީހުނަށްދޭ އިނާޔަތް ކަނޑާ ، މަޖުލިސް މެމްބަރުންގެ އިނާޔަތާ އެލަވަންސް ކަނޑާ މެމްބަރުންގެ މުސާރަވެސް އާންމު މުވައްޒަފުންގެ މުސާރަޔާ އެއްވަރުގެ މުސާރައެއް ދޭނެ ވެރިޔަކު ހޮވަން،

    30
    1
  2. ގ

    މީހުން އެތަށް ބޭކާރު ޚަރަދުތައް ކުރަނީ، ތި ކަހަލަ ކަންތައްތައް ދެން ވާނީ...

    12
  3. އަބުދުﷲ

    ސައީދު އެއްފަހަރުވެސް ކިޔާބަލަ އިގުތިސާދީ ހައްލު. !!!! ފައްޓަންޖެހެނީ މެމްބަރުންގެ މުސާރަ ކުޑަކުރުމުން ........އެކަންކުރަން ވާހަކަ ދެއްކިދާނެބާ.

    10
    • ސަލީމްބޯއީ

      ހަމައެކަނި މެމްބަރުންގެ މުސާރައެއް ނޫން ކުޑަކުރަންވީ. ސަރުކާރަށް ބަލަދު އަރާފައިތިބި ސިޔާސީ ވަޒީފާތަކާއި ރައީސް މީހާ އާއި މިނިސްޓަރުންގެ ފުރަތަމަ ކުޑަ ކުރަންވީ. މިއިން ކަމަކަމަށް ރައީސް މީހާ ނުވިސްނައޭ. އޭނާގެ ބޯކާލައިގެން ބަނގުރޫޓު ނުވާނެޔޭ ކިޔައިގެން ބަޔަކު ނާޗަރަންގީ ކުޅެނީ. ރައީސް މީހާއަކަށް ވާއެއް ނުވާއެއް ނޭންގެ. ދެން ކިހިނެތް ހަދާނީ.

      • ޑޮލަރު އަޅު

        ދެން ބަޔަކު ހީކުރަނީ ނަށީދު ވެރިކަމަށް އަރައިގެން ވަކި ރަގަޅުވާނެކަމަށް. ބޮޑު ޖޯކެއް.

  4. ހުސޭނުބޭ

    ގައިމު ނައިބުރައީސް ބުނުއްވި ތަކެތީގެ އަގު ނުއުފުލޭނެ ގޮތުގެ އިންތިޒާމް ވަނީ ހަމަޖެހިފައޭ. އެހެންކިޔާފައި ނައިބުކަލޭގެ ވަދެ ވީ ކޮން ތާކަށް؟

    13
  5. ދޮނާ

    އޭނާ ދަރަވަންދޫގައި މަންޑި ކުޅޭނީ

    4
    1
  6. ޑޮލަރު އަޅު

    އަދިވެސް ސާހިބާ ދަސްކޮށްދެއްވިގޮތަށް މުޅިންހެން ޑޮލަރަށް ބަރޯސާވޭ.