ބޮޑީބިލްޑިންގގެ ނަމުގައި ބިކިނީ ދައްކައިލެވޭ އިވެންޓް ބޭއްވުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިހު ޝަފީއު މިގޮތަށް ވިދާޅުވީ ޔޫތް މިނިސްޓްރީން އާންމުކޮށްފައި ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ފޯސްޓަރުގެ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ.

އެ ޕޯސްޓަރުން ފެންނަނީ ތިން ފިރިހެނުންނާއި ދެ އަންހެނުންނެވެ. ޕޯސްޓަރުގައި ދައްކާލާފައި އިން ދެ އަންހެނުން ހުރީ ބިކިނީގައެވެ.

ޝައިހު ޝަފީއު ވިދާޅުވީ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ނަމުގައި އާންމުން ދިރިއުޅޭ ރަށެއްގައި އަންހެނުން ބިކިނީގައި ދައްކައިލެވޭ އިވެންޓެއް އިންތިޒާމު ކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.

ބޮޑީބިލްޑިންގ ޗެމްޕިއަންޝިފް ރާއްޖޭގައި ބޭއްވުމާއި ދެކޮޅަށް ޝެއިހު އިޔާޒު ވެސް ވަނީ އަޑުއުފުލާފަ އެވެ.

ބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލުތައް އާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ހައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ބޮޑީބިލްޑިންގގެ ނަމުގައި މިހާތަނަށް މިކަން މިރާއްޖޭގައި ކުރިވަރަށް ވުރެއް އެތައް ގުނައެއް ގޯސްކޮށް، މީހުން ދިރިއުޅޭ ރަށެއްގައި ހިންގަން އުޅޭ ހަރަކާތް ހުއްޓާލަން އަހުމަދު މަހުލޫފަށް ގޮވާލަން. ދެންވެސް ވިދާޅުވާނީ މިޔޮށް ހުރިހާ ދުވަހު ޝައިޚުން ކޮބައިތޯއޭ؟ ނޫނީ މިކަން ކުރީ ފަސް ނަމާދު ކޮށްގެންނޭތޯ؟" މިނިސްޓަރު މަހުލޫފް ޓެގްކޮށް ކޮށްފައިވާ ޓްވީޓެއްގައި އިޔާޒްގެ އިތުރު ޓްވީޓެއްގައި ވިދާޅުވިއެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މާފުށީގައި ބޭއްވުމަށް ނިންމާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި 28 ގައުމަކުން 500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކޭ

    މިއޮއްހާ ދުވަހު ހުސްފިރިހެނުން ވީމަކާ އެއްޗެއްނުބުނޭ މިތަން ސަދޫމަށް ވެގެންދާއިރުވެސް.

    14
    15
  2. އަހުމަދު

    ޝެއިޚްގެ ވާހަކަ ރަނގަޅު. މިކަން މަނާ ކުރަންޖެހޭ. މަހުލޫފަކީ މިހާރުވެސް ހައްޔަރުކުރަން ޖެހޭ މީހެއް

    48
    7
  3. އުގުރި

    އިޔާޒޫ އަދިވެސް ރައީސްމީހާ ހުރީ އެދުވަހު ދުޢާ ދެއްވާފައިވާ މީހެއްގެ ގޮތުގަތަ......

    28
    2
  4. ޔަސްކޮ

    ބަލަ ފިރިހެނުންގެ ހަށިގަނޑު ފެންނަ އިރަށް މި ސޭކުންތަކަށް މިވަނީ ކީއް. ޔާމިނު ވެރިކަމުގަ މި ގައުމުގަ ބޭރު މީހުން އައިސް ބަރަހަނާ ފިލްމް ކުޅުން އިރު އެއީ ހުއްދަ ކަމަކަށް ހަދައިގެން ތިބީ ކީއްވެތޯ. ކިތައްމެ މަރުފަލި އެއް ޖެހެޔަސް އެންމެ ސޭކަކަށް ވެސް މިގައުމުގެ ވެރިކަމެއް ނުލިބޭނެ.

    13
    44
  5. ނަމަވެސް

    މިސްޓަރ މޯލްޑިވްސް އޭ ކިޔައިގެން އެތައް އަހަރަކު ކުދި ޖަންގިޔާ ކޮޅު ލައިގެން ފިރިހެން ވެރިން ޝޯ ބާއްވާ، ޓީވީން ދައްކައި، ނޫސްތަކުގެ ފޮޓޯ ޖަހާއިރު އޯކޭ ދޯ މި ޝެއިޙުންނަށް. “ނަތިންގ ލެފްޓް ފޮރ އިމޭޖިނޭޝަން” ހަމަ އެ ޖަންގިކޮޅު ލައިގެން ފިރިހެން ވެރިން ތިބޭއިރު. ހީކުރީ ފޫޅުން ކަކޫ ކަމަށް ފިރިހެން ވެރިންގެ އައުރަޔަކީ، އަދި މި އެނގުނީ ޖަންގިވެސް އޯކޭ ކަން.

    10
    30
  6. ޢަހޫ

    މީއަޅުގަޑުވެސް އެއްގޮތަކައްވެސް ތާއީދުކުރާކަމެއްނޫން. ޢަޅުގަޑުހިތައްއަރަނީ މީކުރިއްސުރެ އިއުލާނުކޮށް އިސްތިހާރުވެސްކޮށްގެންކުރިކަމަކަށް ވާއިރު ތިސޭހުންތަށްތިބީ ނިދާފަތޯއޭ. ފެށީމަދަޑިބުރިހިފައިގެން ދިއުންތޯ ރަގަޅީ.

    20
    7
    • އަހުމަދު

      މިގައުމުގަ އިސްލާހައް ގޮވަންޖެހިފަ ބައިވަރު ކަންތައް އެބަ ހުރި. ޝޭހުންނައްވެސް އޮބި ނޯންނާވަރުވީމަކާ ހުރިހާ ކަމަކާ އެއްފަހަރާ ނުކުޅެވޭނެ. އެއީ ވެސް އިންސާނުން

      12
      3
  7. އަބުދުﷲ

    ތިމާ އަކީ ހުރިމީހަކުކަމުގަ ދައްކަންވީމް އެއްޗެކޭ ކިޔާލަނީ . ބާރުހެދުމާ މަގުމަތީގަ ފައިވަޅުންތިރި ނެތް ކުދި ސޯޓު ލައިގެން އުޅޭމީހުން ނުފެންނަނީބާ. އާއްމުވެފަ އޮތް ރިބާއާ ރާ ވައްކަމާ ރިސްވަތުގެ ކުޑަ ޚަބަރެއްވެސް އިވިފަނެތީބާ؟؟؟؟

    12
    13
  8. ދޯސް ތީ

    ފިރިހެނާ ޖަގިޔަލުގައި ހުންނަ އިރު މި މީހުންނަށް މިހާރު ފީލްވަނީ އެހެން ގޮތެއް

    7
    5
  9. ާއިލްޔާސް ވަހީދު

    މިގައުމުގަ ގިނައީތަންދޮރު ނުދަންނަ ސޭކުން މިހާރު މިސޭކުން އިސްލާހުކުރަން ޢާޒިމާ ޗިލީސޯސް ބޭނުންކުރަން ފެނޭ ތުބުޅިބާލަން މައުމޫން ކަންތަކުރީ ރަގަޅައް

    2
    3
  10. އަލަފުތު

    މަހުލޫފު އަކީ މިނިސްޓަރު ކަމަށް ކުފޫ ހަމަވާވަރުމީހެއްނޫން.ކިރުބޯ ޓީނޭޖް ކުއްޖެއްނޫންތީ...ކޮންމެ ކަމެއްގައިވަސް އިސްކުރަނީ ވިޔާނުދާމާއި މަބޮޑޭ ހެދިގެއް އުޅެތަން..

    11
  11. ވަކްތުންވަކްތައް

    މިހާރުން މިހާރަށް މިގައުމުގަ ހުރި ހުރިހާ ކުޅިވަރުކުޅޭތަންތަނާ އަންހެންކުދިންނަށް ކިޔަވައިދޭ ސްކޫލްތައް ބަންދުކުރަންވީ އަދި ކަށިމައްޗާ ހިސާބަށް ހަރުވާޅުގެ ފައިކުރި ބުރިކުރުމަށާ ހުރިހާ އަންހެނުން މޫނުބުރުގާއެޅުމަށާ ތުނބުޅި ނުބަހައްޓާ ފިރިހެނުން އަނދަގޮނޑިޖަހާގޮތަށް ނިންމަންވީ އަދި ސަރުކާރާ މަޖިލިސް އުވާލާ ރާއްޖޭގެ ވެރިކަން ހިންގުމަށް ސަލަފްޖަމިއްޔާއާ ހަވާލިކުރަންވީ

    2
    5
    • ޢަހުމަދުވަގާރު

      މާ ބޮޑަށް ލަސް ވެސް ވެއްޖެ. ރުފިޔާ އުވާލާ ދީނާރުބބޭނުން ކޮށް ޅަ އަންހެން ކުދިންނާ އިނދެވޭ ގޮތް ހަދާ. ލަސް ނުކުރޭ. އަލީ ރަމީޒް އަކީ ފުރަތަމަ ޚަލީފާ އަމީރުލް މޫމިނީން

  12. ލޮލް

    މަހުލޫފަކީ ވަރަށް ވެސްޓާރން ތިންކިންގެ މީހެއް. އޭނާ ބޭނުން ވަނީ މި ރަލާ ބިކިނީގަ އުޅުމާ ކަންކަން އާންމު ކުރަން. ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވޭ

    9
    1
    • ވަކްތުން ވަކްތަށް ލިޔާ ރައްދު

      މިހާރުން މިހާރަށް އިސްލާމީ އުސޫލުތަކާ ޚިލާފަށް ކުޅިވަރުކުޅޭ ތަންތަން ބަންދުކުރަންވީ
      އަންހެން ކުދިންނަށް ކިޔަވައިދިނުން މަޙްރޫމްކުރާކަށް އިސްލާމްދީން ގޮވައެއް ނުލާ.
      ފިރިހެނުންގެ ހެދުން ފައިގެ ތަނބިކަށީގެ ތިރިކުރުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް.
      އަންހެނުން ޖިލްބާބުން ނިވާކުރުމީ ޤުރުއާނުގައި މުސްލިމް އުޚުތުންނަށް ﷲ އަމުރުކުރައްވާފައިވާ ކަމެއް. އަންހެނާގެ އަޢުރައަކީ ހިލޭ ފިރިހެނުންގެ ގާތުގައި މުޅި ހަށިގަނޑު.
      ފިރިހެނުން ތުނބުޅި ބެހެއްޓުމަކީ ސުންނަތެއް. ބޭލުން ޙަރާމް.އެހެނަސް ތުނބުޅި ކަހާ މީހުންވެސް އަނދަގޮނޑިޖަހާކަށް ދީނުގައި އޮތް ކަމެއް ނުދަންނަން.
      އަދުގެ ޝަރުކާރަކީ ޝިރުކާއި އެންމެހާ މުންކަރާތްތަކަށް ހިތްވަރުދޭ ސަރުކާރެއްކަމީ ސާފު އަލި ދުވަހެއްގާ މެންދުރުގެ އިރުފެންނަފަދައިން ފެންނަން އޮތް ހަގީގަތެއް.
      މަޖިލީހުގައި މަޤާމާ އެކަށީގެންވާ މެންބަރެއް ނެތޭ ދެންނެވިޔަކަސް ދޮގެއް ނުވާނެ.
      ސަލަފް ޖަމިއްޔާއަކީ މި އިސްލާމީ ދިވެހި ޤައުމުގައި ވެރިކަން ހިންގިދާނެ ޤާބިލް ބައެއް.
      ވަކްތުން ވަކްތަށް ބުނެލަން ބޭނުންވަނީ ދީނުގެ އަސްލެއް ދީނުގެ ޙުކުމެއް، ނޭނގޭ ޙާލު ދީނީ ވާހަކަދެއްކުމަކީ ތިމާ އެކަމުގެ ފާފަ ބޮލުގާ އަޅަންޖެހޭނެ ކަމެކޭ. ޙުކުމްގެ ވެރިޔަކީ ﷲތަޢާލާ. އެޔަކީ ކަލޯ އަމިއްލަ އަމިއްލަޔަށް އެގޮތްމިގޮތް ހެދޭނެ އެއްޗެއް ނޫން.
      އެހެންވީމާ ދީން ނޭނގެންޏާ އެނގޭ މީހުން ކައިރިޔަށް ގޮސް އަހާ އޮޅުން ފިލުވުމަކީ އެންމެ ތާހިރު ގޮތް.

  13. ހުންގާނު

    އެހެން ގޮތެއް ފީލް ވަނީ. އެ ގޮތަކީ ލަދު ގަންނަނީ. ހެދުން ލައިގެން އުޅެވެން އޮތްވާ ކުޑަ ޖަނގިޔާކޮޅެއް ލައިގެން އެންމެން ކުރިމައްޗަށް އެރީމާ. ލަދުން ބޯ ހަލާކު

    6
    1
  14. ކިމް

    ޢަންހެނުންގެ ބިކިނީ އެކަނިތަ ފެނުނީ؟ ފޫޅާ ކަކުލާ ދެމެދު ދެއްކުން އޯކޭ؟ ޢެއީ ފިރިހެނުންގެ އައުރައެއްނޫންތަ؟

  15. އަހަންމަދު

    މިނިސްޓަރަކަށް ޤާނޫނެއް ނޭގޭ! އެކަމު ހަމަރަގަޅު!

  16. Anonymous

    ޝައިޚްގެ ވާހަކަފުޅަށް ފުރިހަމައަށް ތާއީދުކުރަން

  17. ހެސް

    ފިރިހެނުންނަކަށްވެސް އަންހެނުން ކުރިމަތީ ހުސްގަޔާ ނޫޅެވޭނެ

  18. ބީތާވެދާނެ

    މިމީހުންވެސް ވަރަށް ބަލައޭދޯ މިކަހަލަ އެއްޗެހި.. އެހެންވެދޯ ފެންނަނީ.. ގޯހެއްނޫން ގޭގައި ހުންނާނީވެސް ހިންދީ ޑްރާމާތައް އަޅުވާފަ..

  19. ވީޥާ

    ބަހުލޫލު މަސައްކަތް ކުރަނީ އިބޫގެ އަގުވައްޓާލަން ވަރައް ހިތްނުބައި މީހެއް