މިއަހަރުގެ މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 900،808 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 328،685ގެ އިތުރުވުމެކެވެ. އަދި މިއީ ފާއިތުވި 2020 އަދި 2019 އަށްވުރެ އިތުރު އަދަދެއްކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 572،123 ފަތުރުވެރިންނެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިއަހަރު މިހާތަނަށް 132،151 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 104،667 ފަތުރުވެރިން އައިސްފައިވާއިރު، 94،151 ފަތުރުވެރިންނާއި އެކީ ތިން ވަނައަށް އޮތީ ރަޝިއާއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 900،808 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 1،321،932 ފަތުރުވެރިންނެވެ. މި އަދަދަށް ބަލާއިރު، މިއަހަރު ނިމޭއިރު، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަމުންނެވެ. ތުރުވެރ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަންޑަހެލުުު

    ކިތަންމެ ފަތުރުވެރިންނެއް ރާއްޖެ އަޔަސް، ސަރުކާރުން އެބަޖެހޭ ކޮންމެހެން މިވަގުތައް މުހިންމު ނޫން ކަންކަން ކުރުމުގެ ނަމުގައި ލޯނު ނަގަން. މިސާލަކަށް ތިލަފަޅު ބުރިޖު. އެޔަކީ ޒަރޫރީ ގޮތުން މިވަގުތަށް އެއްވެސް ބޭނުމެއް ނެތް އެޔަކުން މާކަ ބޮޑު އިގުތިސޯދީ މަންފާއެއް ލިބޭނެ ކަމެއްނޫން. ދެން ލޯނު ނަގައިން އެނުދެއްކިގެނޭ ކިޔާފައި އަނެއްކާ ޓެކްސް ބޮޑުކޮއްގެން ރައްޔިތުންނާ އާއްމު ވިޔަފާރިތައް ފެލަން ދިމާކޮއްފައި އެތިބީ. ކީއްތޯ ކުރާނީ. ޓެކްސްގެ ބޮޑު ޕަސެންޓެއް އެހަރަދުކުރަނީ އެތައް ސިޔާސީ މަގާމެއްގެ މުސާރައާ އިނާޔަތައް.... ދަރަނި ބޮޑުވެ ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހުނީމާވެސް ބައި ރުފިޔާއެއްވެސް ސޯލިހެއް ނުވަތަ މިނިސްޓަރެއް ނުވަތަ މަޖްލިސް މެންބަރެއް ނޫނި އެހެން ބޮޑު މުސާރަ ދޭ އެތައް ސަތޭކަ ސިޔާސީ މީހެއްގެ މުސާރައަކުން ކުޑައެއް ނުކުރޭ. އެބައި ހަމަ ޖައްސަން ސޯލިހު ދިމާކޮއްފައި އެހެރީ އަނެއްކާވެސް ޓެކްސް ބޮޑުކޮއްގެން ރައްޔިތުން ހަނާ ކުރަން. މުސީބާތެއް ކަހަލަ ވެރިކަމެއް މީ ކަލޭނޭ

    3
    1
    • zero tolerance

      100 ގެ ވާހަކައެއް ތީ