އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުގެ ދިފާއުގައި އެމަނިކުފާނު ނުކުންނަވަން ވާނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދު ކޯފާ އިސްވެ ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކޮށްފައިވަނީ ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރަށް ތަބާވާ މީހުން ރުއްސަން ކަމަށެވެ.

އަދި ނަޝީދު ވަނީ ނާޒިމް އަށް އެފަދަ ތުހުމަތުތަކެއް ތަކުރާރުކޮށް ކުރުމަށްފަހު އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނާ ވެސް މުޅި ހިލާފަށް ކަމަށް ވިދާޅުފައެވެ.

ނަޝީދުގެ އެ ޓުވިޓާއި ގުޅިގެން އިހުސާން ވިދާޅުވީ، ނަޝީދުގެ ކޮއްކޮ، ނާޒިމް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އެތައް ދިވެހިންނަށް ފެނިފައިވާ ކަމަށާއި މަޖިލީހުގެ ރައީސްގެ މަގާމު އަދާ ކުރައްވަމުން ކޮއްކޮގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ބޭބެގެ ދިފާއުގައި ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން. އެކަމަކު އެކަން ކުރަން ޖެހޭނީ މަގާމުން އިސްތިއުފާ ދިނުމަށްފަހު. ހުވައެއްކޮށް ހަވާލުވެ ހުރި މަގާމަށް ވެސް ކޮންމެ ވެސް މިންވަރަކަށް އިހުތިރާމް ކުރަން ޖެހޭ" އިހުސާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.

ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވިޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނަޝީދަށް ފާޑު ކިޔަމުންނެވެ. އެގޮތުން ގިނަ ބަޔަކު ހެކި ހުރުމުން ވެސް ނަޝީދު އެމަނިކުފާނުގެ ކޮއްކޮގެ ދިފާއުގައި ވާހަކަ ދައްކާ ކަމަށް ބުނެ ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރިޒާ

    ކޮއްކޮ އަށްވީމާ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ ހިތްވަރެއް ނެތް އައްނި އަކީ ޖާހަތާ މަގާމުގެ ދަހިވެތިކަމުގައި އުޅޭ ފިޑިއެއް

    103
    3
  2. ކޮރަލް

    ކޯޓް ގެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ މައްސަލަ ބަލަން ޖެހެ އެވެ.

    80
    3
  3. Anonymous

    ކޮއްކޯފުޅު ވިޔަސް ކުށްކުރީމަ އަދަބު ދޭންޖެހޭ

    43
    2
    • ޙުސެން

      ވަގުތު ނޫހުން ނަޝީދު ހާދަ މާތް ކޮށްގެންނޭ ތި އުޅެނީ.....

  4. އަހުމަދު

    އެއްޖިންސުން ގުޅުން ހިންގިއްޔާ ކޮއްކޮވިޔަސް ދިފާއުކޮއްގެން ނުވާނެ. އަދި މަޖިލިސް ރައީސް ކަމުން އެހެން ނޫނަސް ވަކި ކުރަން ޖެހޭ. މާ ލަސްވެސް ވެއްޖެ

    45
    1
  5. 𝙝𝙖𝙝𝙖

    𝙖𝙣𝙣𝙞 𝙖𝙝 𝙝𝙖𝙢𝙖 𝙣𝙪𝙚𝙣𝙣𝙖𝙣𝙮 𝙩𝙝𝙬 𝙠𝙤𝙠𝙠𝙤 𝙜𝙚 𝙝𝙖𝙖𝙡𝙖𝙩𝙝𝙪..𝙜𝙖𝙣𝙤𝙤𝙣 𝙜𝙖 𝙚𝙢𝙢𝙚 𝙝𝙖𝙢𝙖 𝙝𝙖𝙢𝙖 𝙫𝙖𝙖𝙣𝙟𝙚𝙝𝙚𝙮𝙣𝙚..𝙠𝙪𝙨𝙝𝙚𝙝 𝙠𝙤𝙝𝙛𝙞𝙝𝙮𝙮𝙖 𝙠𝙪𝙨𝙝𝙪𝙜𝙚 𝙝𝙖𝙝𝙜𝙪𝙖𝙙𝙝𝙖𝙗𝙪 𝙙𝙝𝙚𝙮𝙣 𝙟𝙚𝙝𝙚𝙮𝙣𝙚..

  6. ފޮޓޯ

    ކުރީގެ ކެޕްޓަނެކޭ ކިޔާފަ މީނާ ޔުނިފޯމް ލައްވާފަ ނޫސްތަކަށް ސިޔާސީ ވާހަކަތަކުގަ އެރުވީމަ ހުތުރު، ނޫސްތަކުން ހޯދަބަލަ މީނަގެ މިހާރުގެ ޕޮޓޯއެއް

  7. ސޯލިހު

    އަންނި މަގާމުން ބޭރުކުރޭ ރައްޔިތުން މިހާރު އަންނި ބަލައެއްނުގަނޭ

  8. ނަންވާނީ

    ނަޝީދު ބުނަން ކަލޭގެ އަސްލި ސިފަ މާތް ﷲ އެންމެހާ ދިވެހިންނަށް ދައްކަވާ ކަލޭ ތިޔޮށް ބޮޑު ތަނުން ފަޟީހަތްވީ. ދެން ޢަވަހަށް ދޭ ހުޅަނގުގެ ވާގިދޭ ކުއްފާރުން ފައިބުޑަށް ވެއްޓި ރޯން… ލޮލް

  9. ޑައެލޯގް

    އެމްޑީޕީ ދެއްކި އެއްވާހަކައެއްވެސް ދިމަލެއްނުވެއެވެ. އަދުލުއިންސާފު ގާއިމުކުރުން، ހުދުމުޚުތާރު، ނޫސްވެރިންގެ މިނިވަންކަން، 3 ބާރުވަކިކުރުން، މައުމޫނު ތީމުގޭގައި އުޅުން، މައުމޫނު ތިމާގެމީހުން ހައްޔަރު ނުކުރުން، ރައްޔިތުން ބާރުވެރިކުރުވުން، ރައްޔިތުންގެ ޖީބުތަކަށް ތަނަވަސްކަންއައުން، ތަރައްގީއަކީ ކޮންލްރީތެއްނޫނޭބުނުން