ނ. ފޮއްދޫ ސްކޫލުގައި ހަތަރު ކްލާސް ރޫމް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

އެ ކްލާސް ރޫމްތައް އެޅުމުގެ މަސައްކަތް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑާއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ފޮއްދޫ ސްކޫލްގައި ހަތަރު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ.

ނެކްސްޓާ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑާ އެ މަސައްކަތް އެޑިއުކޭޝަނުން ހަވާލު ކުރީ 4،753،918.54 ރުފިޔާ އެވެ. އެއީ 110 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަލި

    ބަޔަކު މުއްސަންދިވާނެ ކަރަޕްސަނުގެ އަމަލެ @އެން