ކޯސްޓު ކިރު ދަޅަކާއި ދެ ކޮފީ ދަޅު ވަގަށް ނެގި މައްސަލައިގައި މީހެއްގެ މައްޗަށް 80،000 ރުފިޔާއަށް ވުރެ ބޮޑު ޖޫރިމަނާއެއް ކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ސ. ފޭދޫ ފެހިވިދުވަރުގޭ މުހައްމަދު އިލްހާމާއި މއ. ނިސްރީނުވިލާ އަހުމަދު އިމްރާންގެ މައްޗަށެވެ.

އެމައްސަލަ ނިމުނު ގޮތާއި ގުޅޭ ގޮތުން ކްެރިމިނަލް ކޯޓުން ޝާއިއު ކުރި ލިޔުމުގައި ބުނީ ވިލިމާލޭގެ ފިހާރަތަކުން ވައްކަން ކުރަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން 2020 ވަނަ އަހަރު ޖޫން މަހު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން އެ ދެ މީހުން ފެނުނު ކަަމަށެވެ.

އަދި ފުލުހުންނަށް ފެނުމާއެކު އެ ދެމީހުންގެ ހިނގުން އަވަސްކޮށް އިމްރާން ހިފައިގެން ހުރި ހުދުކުލައިގެ ކޮތަޅެއް ފޮރުވަން މަސައްކަތް ކުރި ކަމަށް ބުނެފައި ވެއެވެ.

އަދި ފުލުހުން އެ ކޮތަޅު ބެލިއިރު 1800 ގްރާމްގެ ކޯސްޓްކިރު ދަޅަކާއި 500 ގްރާމްގެ ނެސްކެފޭ ކޮފީ ދެ ދަޅެއް ފެނުނު ކަމަށްވެސް ބުނެފައި ވެއެވެ.

އެ ދެ މީހުން ކުށަށް އިންކާރު ކުރި ނަމަވެސް ސީީސީޓީވީ ފުޓޭޖުންވެސް އެއީ ވަގަށް ނެގި ތަކެތިކަން ސާބިތުވާ ކަމަށް ގާޒީން ނިންމެވި އެވެ.

އެހެން ނަމަވެސް އެ ދެމީހުންނަށް ޖަލު ހުކުމްގެ ބަދަލުގައި ޖޫރިމަނާގެ ހުކުމަކަށް ބަދަލުކުރަން އެދުމުން އިލްހާމް 25،600 ރުފިޔާއިން އަދި އިމްރާން 54،666 ރުފިޔާއިން ޖޫރިމަނާކުރަން ގާޒީ ނިންމެވިއެވެ.

އެ ޖޫރިމަނާ އިއްޔެއިން ފެށިގެން ފަސް މަސްތެރޭ ދެއްކުމަށް ވެސް ހުކުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖާބެ

    ޢެމް.އެމް.ޕީ.އާރް ސީ ދަވާލީ މީހުންނައް ސެލިޔުޓްކުރުމުގަ މިއީ މުނާފިގުންގެ ގައުމެއް މިހާރު

    21
    3
  2. ފިހާރަ

    ރަނގަޅަށް ތިވީ ޖަލަށްވެސް ލާންޖެހޭނެ

    5
    8
  3. ހުސޭނުބޭ

    ޖުޑިޝަރީ މިނިވަންވާނީ ތިވަރަށް. ޝާހީ ފިރިހެންކުޅި ކުޅުނު މީހާއަށް ވީއައިޕީ ދީފައި ނިކަމެތި މީހާ އިދިފުށަށް އަންދާމާލާ!

    11
    1
  4. ޙުސެން

    80000 ހާސް ބޮޑިއްޔާ އެކަހަލަ ކަންތައްނުކުރޭ ހަމސގައިމުވެސް އައްޑިހަ ހާހަކަށް އަތެއް ނުލިބޭނެ ތިޔައީ އަތްބުރިކުރަންޖެހޭ ކަމެއް ދެންވެސް ސުކުރުކޮށް ތިޔަފައިސާ ދައްކައި އިސްލާހުވެ ތައުބާވެ ރަންގަޅުވެބަލަ

    9
    2
  5. ދީދީ

    މިއީ ސަދޫމަށް ވުރެންވެސް ޖާހިލު ޖުޑިޝަރީއެއް.
    ދެން އަނެއްކާވެސް ތަނެއްފަޅާލައިގެން ޖޫރިމަނާދައްކާލާ. ދެން އެވައްކަމުގެ ޝަރީއަތްނިމޭނީ އަނެއްކާވެސް ހަތަރުވަރަކަށް އަހަރު ފަހުން އެހިސާބަށް ތަނެއްކޮޅާލައިގެން ލާރިކޮޅެއްހޯދާފައި ބަހައްޓާނީ މިހުކުމުގެ ޖޫރިމަނާދައްކަން.
    މިއީ ގައުމުގެ އަދުލާއި އިންސާފު ހުރިގޮތް ވައްކަންކުރާ މީހުންނަށް ވެސް މިކަމުން ވިޔަފާރި ކުރެވެން އެބައޮތް ދެން އަނެއްކޮޅުން ދައުލަތާއި ވަގުން އެއްބަސް ވެގެން ދައުލަަތަށް ޖޫރިމަނާގެ ގޮތުގައިވެސް ފައިދާ އެބަލިބޭ. އެހެންވީމައި ވަގަށް ކިރުދަޅުނަގާމީހާގެ ފަރާތުންވެސް ދައުލަތަށް މަންފާ އެބަލިބޭތާ. އެހެން ގޮތަކަށް ބުނާނަމަ ބުނެވިދާނެ ވަގަށް ކިރުދަޅުނެގިމީހާ އެނެގީ ދައުލަތާއިގުޅިގެން ދައުލަތަށް ފައިދާއެއްހޯދައިދިނުމުގެެ ގޮތުންނޭވެސް.
    އިހަށްސުވަހުވެސް މާލީއިދާރާއިން ދެއްކި ހިސާބުތަކުން އެކިއެކި ކުށްތަކުގެ ޖޫރިމަނާގެ ގޮތުގައި އެތަކެއް މިލިޔަނުން ފައިސާލިބުނުކަމަށް އެބަދައްކާ. އަނެއްކާ އެންމެ މޮޅުކަމަކީ ކުއްކުރާމީހުން އަތުނަ ޖޫރިމަނާ ލިބޭނެކަމަށް ދައުލަތުގެ ބަޖެޓް ތައްޔާރުކުރާއިރުވެސް އެބައޮވޭ.

  6. ދޮންބެ

    ޔާމީން ޤައުމްދަވާލުމުން ގޭގަ ކޮބާތޯއިންސާފު

    2
    1
  7. ގައުމު

    ބޮޑު މުސީބާތަކައްވެއްޖެ ތި ވަގުންނާހެދި ތަޅުލާފަ ދިޔަސް ވަންނަނީ ދެން ގޭދޮރުމަތީ ސެކިޔުރިޓީ ގާޑެއް ބާންދަންވީ ލާރިދީފަ މަގޭހިތައްއަރާ ކީއްކުރާ ޖޫރިމަނާއެތްބާއޭ އިސްލާމީ ޝަރީއަތުގަ އޮންނަގޮތައް އަތްބުރި ކުރީމަ ނިމުނީންނު ޖޫރިމަނާ ކުރިޔަސް ފަންސަވިސް ލާރިވެސް ނުދައްކާނެ

    1
    1
  8. މީހާ

    މިގައުމުގަ ވެރިން ކޭ ލާރި ކޮބާ ދެން؟

  9. ޅަހުއްތު

    އެކަމަކު ދައުލަތުގެ މިލްކިއްޔާތުން ލައްކައިން ލައްކައިން ވަގަށް ނެގޮޔަސް ވާލަމެއްހަރާމް.އިރުކޮޅަކުން އިވޭނީ އެހެން ތަނަކަށް މަގާމުގެ ކުރިއެރުމާއެކު ބަދަލުކޮށްލާ ޚަބަރު.

  10. ރައްޔިތު މީހާ

    މިހާރު މިގައުމުގަ ވެރިކަމުގަތިބި މީހުން ނުހައްގުން ނަގާ ރުފިޔާ ކޮބާ؟އެތަނެއް ނުފެނޭތަ؟ޔާމީނުގެ 1 މިލޔަން ޑޮލަރާ އަޅައިގެން ތިއުޅެނީ.އަންނަ ވެރިކަމެއްގަ އިނގޭނީ ކާލި ވަރު.އިހަކަށް ދުވަހު ރަށެއްގެ ކައުނސިލަކުން އެންމެންނަށް ބައިއަޅައިގެން ދިރުވާލި ރުފިޔާ ކޮބާ؟އެއަށްވުރެން މަތިން ކާލާނީ ކިހާ ވަރެއްކަން އިނގޭތަ؟ކަމެއްނުކޮށްތިބޭ ސިޔާސީ މީހުންނަށް ދޭފައިސާ ކޮބާ؟މނޖ ނުކިޔަބަލަ.

  11. 13ވގ

    ތިމީހުންޔަގީންވީހާދަފަސޭހައިން އެއީ ތަންކޮޅެއް ދެރަނިކަމެތިންވީމަދޯ.ކުޅިކުޅެ މީހުންޔަގީނެއްނޫންދޯ އެއީ ފައިސާވެރިންވީމަދޯ ތިގޮތުގަމިޔަދު ތިބެވިދާނެ އެދުވަހުން ޔަގީންވާނެ