ހ.ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ގެންދިޔައީ ހެޒްމެތު ސޫޓެއްގައި ކަން އެނގިއްޖެއެވެ.

ފުވައްމުލަކު ޒުވާން އަންހެން މީހާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، އެވެ. އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި އޭނާ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ ހެޒްމެތު ސޫޓެއް ވެސް ލައްވައިފައެވެ.

ހެޒްމެތު ސޫޓު މި ފަހުން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލި މީހުން އުފުލައި ދިނުމުގައި އެހީތެރިވާ މީހުންނާއި އެ ބައްޔަށް ސުންކު ނަގާ މީހުންނެވެ. ފުލުހުންގެ ފޮރެންސިކް ތަހުގީގު ކުރާ ޓީމުތަކުން ވެސް މިފަދަ ސޫޓެއް ލައިގެން ކުށުގެ ވެށީގެ ތެރޭގައި ހަރަކާތްތެރިވެފައި އެބަހުއްޓެވެ. އެކަމަކު، ޝާހިލް މި ސޫޓޫ ލައްވައިގެން ގެންދިޔަ ސަބަބެއް ސާފެއް ނޫނެވެ.

ޝާހިލް ސްކޭޓް ކުރަނީ.

ޝާހިލްއަކީ 23، ވަރަށް ކުރީއްސުރެ، ސްކޭޓް ކުރުމުގައި އުޅޭ ޒުވާނެކެވެ. އޭނާ އަކީ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ މަޝްހޫރު ސްކޭޓާއެކެވެ. ފުވައްމުލަކު ޒުވާނާގެ މަރާ ގުޅިގެން ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝީރީންވިލާގެ ނުވަ ވަނަ ބުރީގައި ހުއްޓައެވެ.

އެ މައްސަލައިގައި ޝާހިލް ހައްޔަރު ކުރިއިރު، އަންހެން މީހާގެ ހަށިގަނޑު އެތަނުން ފެނިފައިވެއެވެ. "ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އަންހެން މީހާގެ ކަރު ބުރިކޮށްލައި، އޭނާގެ އަތާއި ފައި ވެސް އޮތީ ބުރިކޮށްލައިފައެވެ. އެ ޒުވާނާގެ ހަށިގަނޑު ނެރުނީ ވެސް ދެ ބޮޑީ ބޭގަކަށް ލައިގެންނެވެ.

އަންހެން މީހާގެ ހަށިގަނޑު ވަނީ ގަލޮޅު މޯޗަރީ އަށް ގެންގޮސްފައެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮތް ޒުވާނަކު ފެނުނު ކަމާއި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުވައްމުލަކު ޒުވާނާ އާއި ޝާހިލްއާ އޮތީ ކޮން ގުޅުމެއް ކަމެއް ސާފެއް ނުވެއެވެ. އެކަމަކު، އެ ދެ މީހުން އުޅެނީ ކައިވެންޏެއް ކޮށްގެން ނޫން ކަން "ވަގުތަށް" ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހހސހ

    މައްސަލައެއް ނޫން އެއީ. ޑީ އެން އޭ އަށް ފަސޭހަ ވާނެ. އުންމީދަކީ އިންސާފް ލިބުން. އިންސާފު ލިބުނު ކަމަށް ވަނީ. ސާބިތު ވެއްޖެ ނަމަ ގިސާސް ހިފުން

    57
    • ޝަމް

      ކޮން އިންސާފެއް ލިބޭނީ.. މިއީ އިސްލާމީ ޝަރީއަތުގައި ކޮޅުފައިން ޖަހާފަތިބި ފާސިގުންތަކެއް އުޅޭ ތަނެއް.

  2. Anonymous

    މަރުގެ "ތުހުމަތުގައި" ހައްޔަރުކުރީއޭ ބުނަނީ އޭނަކަން އެ އަންހެނާ މެރީ ޔަގީން ނުވަނީބާ؟؟ ބައެއް ނޫސްތަކުގައި ހުރި ގޮތުންވިއްޔާ ހައްޔަރުކުރިއިރު ތިޔަ ފިރިހެނާވަނީ ލެއިން ތަތްތެޅިފައި، އެވަރުންވެސް ޔަގީން ނުވަނީބާ؟؟ ވީއިރު މަރުވެފައިވާ މީހާއަށް ތިމެންނަމެރީ ކާކުކަމެއް ބުނެ ނުދެވޭނެ ވިއްޔާ ތި ފިރިހެނާ ތިމެންނަނޫނީމޭ އޭނަ މެރީ އެހާ ހިސާބުން ޝަރީއަތް ނިމުނީނުން. ޥަﷲ އަޢުލަމް.

    19
    1
  3. މަރީ

    ލެ ތަކާ އެއްކޮށް ހުރި ގޮތަށް ނެރެގެން ގެންދާ ތަން ފެނުނީމަ ބިރުގަންނަ މީހުން އުޅޭނެ. އެހެންވެ ސޫޓް ލެއްވީ ކަމަށް ބެލެވެނީ

    17
    1
  4. ރޯމް

    ކިހާވަރަކުން ދާނެ ބާ؟

    11
  5. ރަން ރީނދޫ

    މަހީކުރީ ކަރުބުރިކުރަނީ ވައްހާބީންކަމަށް. އެކަމަކު ވެސްޓާން ސްޓައިލް ގެ ފްރީޑޮމްލަވިންގ ސްކޭޓަރުންވެސް ކުރޭ ދޯ. ކޮބާތަ ލާދީނީ ބައިގަނޑު.

    26
    3
  6. Anonymous

    ސާބިތެއްނުވާނެ، ތިކަމާނޫޅެ، ރަށުތެރެއިން ކޮންމެސް އެހެންކަމަކާ އުޅޭ

    16
  7. އަލީ

    މައްސަލަނިމޭނީ އޭނާ އަކީ ބޯހަމަ ނުޖެހޭމީހެއްގެ ގޮތަށް ނުވަތަ މަސްތު ހާލުގައި ހުރެގެން ކުރި ކަމަކަށް. ގިސާސް ނުހިފާނެ. މައްސަލަ ތަހުގީގުގައި އޮންނާނެ އެތައް ދުވަހެއްވަންދެން.

    23
  8. ަސދަދ

    އެއްޒުވާނެއް ދުނިޔެދޫކޮށް އެދިޔައީ ހިތާމަވެރި ގޮތަކަށް.
    އަނެއްޒުވާނާގެ މުސްތަގުބަލް އެނަގާލީ ބޮޑު ޖަރީމާއަކާއި އެކު .

    ވަރަށް ބޮޑުހިތާމައެއް. މިކަހަލަ ކަންކަން ހުއްޓުވޭނެގޮތެއް ނޯންނާނެ. ނަމަވެސް މަދުކުރެވޭނެގޮތްތައް އެބަހުރި. ޕޮލިސީލެވެލްގައި ވިސްނަންޖެހޭ.

    17
  9. އަލީ

    އަނެއްކާ ބިޑިއެއް އެޅުވިތަ ގެންދިޔަ އިރު؟ ނޫނީ ބިޑި އެއީ މި ސަރުކާރުން ވަކި ބަޔަކަށް ޙާއްސަ އެއްޗެއް؟

    16
  10. މއކ

    ކޮންސްކޭޓަރްއެއް. ގާތިލޭ ކިޔާބަ

  11. އަމްޖަދުގެ ހަބީބަ

    އަދިވެސް ތުހުމަތު ކުރެވޭ މީހާ އޯ...ނަސީބެއް ތުހުމަތު ކޮށްގެން ހަބީބަ ނުގެންދިޔަކަން

  12. ޔޫސުފް

    ކޮންމެ އަހަރަކު ރޯދަމަސް އައިމަ އެންމެނަށް އެނގޭ ރޯދަހިފަންޖެހޭކަން.. އެއާދެބަސްވާނެ މީހަކުނެތް.. އެއީ ފަރުޞެއެއްވީމަ. އެކަމަކު މީހަކު ގަތުލު ކުރުމުން ކުކުޅު ކާންދީފައި ބައިންދަނީ އެކަމަކީ ފަރުޞެއް ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ފެހިގާނޫނު އަސާސީން ގަބޫލު ނުކުރާތީތޯ؟ ޤުރްއާނުގެ ބައެއް އާޔަށްތަކަށް އީމާންވެފަ އަނެއްބައި އާޔަތްތަކަށް ކާފިރުވުމުން މުސްލިމުންގެ ދަރަޖަ ދޭންޖެހެނީ ކޮންހަމަޔަކުންތޯ؟ އިސްލާމީޝަރީއަތް ގާއިމްކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާފަރާތްތަކަށް ގޮވާލަން..

  13. ގަލަން ތުނޑު

    އދ ގެ މަރުގެ ތަހުގީގުހެން ވ އަވަސްކޯށްލަބަލަ

  14. އެންމެން އެއްޗެހި ކިޔާއިރު.....

    އެ ޒުވާނާއަށް އެންމެން އެއްޗެހި ކިޔާއިރު މިކަމާ ވިސްނާލިން ހެއްޔެވެ؟ މިޤައުމުގެ ޒުވާނުން އެކިއެކި ކުށްތަކަށް ހުށަހެޅިފައިވާ ސަބަބާއިމެދު އެވެ. އެންމެ ފުރަތަމަ ގޭތެރެއިން ދޭންވީ ތަރުބިއްޔަތުގައި އިހުމާލުވެފައި ވުމެވެ. ވަކި ޢުމުރަކަށް އެޅުމުން ބޭނުން ތަނަކު ބޭނުން ގޮތަކަށް އުޅުމަށް ދީފައިވާ މިނިވަންކަމެވެ.

  15. Anonymous

    ލިވާޠުކުޅީގެ މައްސަލަ އޮއްބާލަންވެގެން އުފެއްދި ބޮޑު މައްސަލައެއް. ދެން ލިވާޠުގެ ވާހަކައެއް މީހުން ނުދައްކާނެ. ދައްކާނީ ތިވާހަކަ.

    2
    1
  16. ޙަސަނާ

    ނޫސްތަކުންވެސް ކޮންމެހެންމިހާރު އޭނާގެ މަސްހޫރުވާހަކަލިޔަން ހަދާނެކަމެއްނެތް ނޔބައިނުލަފާ ޖައްބާރު ގާތިލު ގެ ކިބައިން ގިސާސު ނޫނީ ހިފުމެއްނެތް މިގައުމުގަ އިސްލާމީސަރީއަތް ގާއިމުކުރަން ހުރަސްއަޅާ އެންނެން ބޭރުކުރޭ އެފަދަމީހުނައް ތާއީދޔވެސް ނުކުރަންވީ..

  17. ޢަލީސާ

    ޙުރިހާ ކުށެއްގެ ފުށުމަކީ މަސްތުވާތަކެތި މިމީހާވެސް ހުރީ މަސްތުގެ ހާލަތުގަ ކަމަށް މައުލޫމާލިބޭ އަސްލު މަށްސަލަބާއްވާފަ އިލާހީ ގާނޫނު ބާއްވާފަ ލިބޭނެ އެތްވެސް ހައްލެތްނެތް

  18. އަޙްމަދު

    ތިޔަވަރުގެ ބޮޑުކަމެއް ހިނގިސަބަބު ރައްޔިތުންނަށް އެނގޭނެބާ؟

  19. ޢެމއ

    ތިފަދަ ނުލަފާ މީހަކު ދޫކޮށްލުމަކީ ވަރަށް ނުރައްކާތެރި ބިރުބޮޑު ކަމެއް އެއްފުޅައް މަތިން ފުންމާލި ބަކަށި އަނެއް ފުޅަށްމަތިންވެސް ފުންމާލާނެ އެތައްބައެއްގެ ފުރާނަ !