ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލައިފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ ޒުވާނެއް ކަން އެނގިއްޖެއެވެ.

"ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި މަރާލާފައި ވަނީ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)އެވެ. އޭނާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ. މި ދެމީހުންގެ ދެމެދު އޮތް ގުޅުމެއް އަދި ސާފެއް ނޫނެވެ.

އަންހެން މީހާގެ ހަތަރެސްފައި އޮތީ ބުރިކޮށްލާފައި!

އެކަމަކު، އެނގިފައިވާ ގޮތުގައި ދެ މީހުން އުޅެނީ ކައިވެނިކޮށްގެންނެއް ނޫނެވެ.

ޝިއާއަކީ މިއުޒިކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވެސް މިއުޒިކް ކުޅެ، ލަވަ ކިއާފައިވާ ވީޑިއޯތައް ވެސް ފެންނަން އެބަހުއްޓެވެ.

އަންހެން މީހާ ކަރުބުރިކޮށްލި ގޭގެ ގޯޅި ތެރޭގައި ފުލުހުންނާއި، އެމްބިއުލާންސް ހަަރަކާތްތެރި ވަނީ - ވަގުތު އިމޭޖްސް: އިބްރާހިިމްޝާބިލް

ޝިއާއަކީ މާލޭގައި މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ޔޫތު ބިޒް" ގައި ވެސް މަސައްކަތް ކުރި ޒުވާނެކެވެ. އޭނާއަކީ އާންމުންގެ މެދުގައި ކޮފީ ތައްޔާރު ކުރުމުގައި ވަރަށް ކުޅަދާނަ ޒުވާނެކެވެ.

ޔޫތު ބަޒް: ޝިއާގެ ކޮފީތަކުގެ ރަހަ ބަލައިފިންތަ؟

ތަފާތު އެކި ގޮތް ގޮތަށް ކޮފީ ގިރުމުގެ މަސައްކަތް އޭނާ ދަސްކުރީ މެރާކީގައި މަސައްކަތް ކުރަނިކޮށް މިދިޔަ އަހަރުގެ ތެރޭގައެވެ. ޝިއާ ވަނީ ކޮންމެވެސް ވަރަކަށް މޮޑެލް ކުރުމާއި ސަގާފީ އަަދި އެހެނިހެން ނެށުންތައް ކޮރިއޮގްރާފް ކުރުމުގެ މަސައްކަތް ވެސް ކުރުމުގައި ބައިވެރިވެފައެވެ.

ޝިއާ މަރާލާފައި ވަނީ ޝީރީންވިލާގެ ނުވަ ވަނަ ބުރީގައެވެ. ޝިއާގެ ކަރާއި ވާތު އަތް ކޮނޑުހުޅުން ބުރިކޮށްފައިވާއިރު، ކަނާތު އަތްތިލަ ވެސް ބުރި ކުރަން މަސައްކަތް ކޮށްފައިވާކަން ވަގުތަށް ވަނީ ކަށަވަރުވެފައެވެ.

ޝިއާގެ ހަށިގަނޑު އެމްބިއުލާންސް އަށް އަރުވައިގެން ގަލޮޅު މޯޗަރީ އަށް ގެންދިޔައީ ވެސް ދެ ބޮޑީ ބޭގަކަށް ލައިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޒަަހަމްތަކަކާއެކު މަރާލައިފައިވާ އަންހެނަކު މާލޭ ގެއެއްގެ ތެރެއިން ފެނިފައިވާ ކަމަށާއި މައްސަލައާ ގުޅިގެން ސީންއިން މީހަކު ބެލުމުގެ ދަަށަށް ގެނައި ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މިކަމަށް އޮތް ޙައްލަކީ މަރުގެ ޙުކުމް ތަންފީޒު ކުރުން. ވަރަށް އަނިޔާވެރި މިގައުމުގެ ރައްޔިތުނަށް ސަލާމަތްކަން ހޯދަދީ. ދިރިހުރުމުގެ ސަލާމަތްކަން އެއްމެންވެސް ބޭނުންވޭ.

    64
  2. މަ

    މަރަށް މަރު🤬ކއތ

    54
  3. ހަބަރުބޭ

    ޢިމްރާނު އިސްތިޢުފާ ! މާރިޔާ އިސްތިއުފާ ! ޞާލިޙް އިސްތިޢުފާ !

    47
    3
  4. މަބުރޫކް

    މަރާކީގަ މަސައްކަތް ކޮއްފަ ހުރިއްޔާ ބަލާނެ ކަމެއްނެތް ހުންނާނީ ސިކުނޑި ދޮވެލާފަ މިއުޅޭ އެކްސްޓްރީމިސްޓް އެމްޑީއެން ގުރޫޕުން.

    43
    8
    • ޢަހުމަދުވަގާރު

      އެމީހުންބާ ގައިގަ ބޮން ބަނދެގެން ގޮސް މިސްކިތް ގޮއްވާ, އިރާގު ތަންތާ މީހުން ކަރު ބުރި ކުރަމުން ދުވީ

    • މަރާ ހަމަ މިހާރު

      ކީއްވެތަ މި ގައުމުގަ މަރަށްމަރު ނުހިފަނީ މުސްލިމު ގައުމަކަށް ނުފެތޭ މިގައުމެއް .މަރަށް މަރު ހިފުމަށް ސަރުކާރަށް ގޮވާލަން.

  5. ބާބޫ

    މަރަށް މަރު ހިފުމަށް ގޮވާލަން...........މާތްﷲ ގެ ޙުކުމްފުޅު ބިންމަތީގައި ޤާއިމް ކޮށްގެން ނޫނީ މިބިން އަމާން ނުވާހުށި.....

    55
  6. ބާރީ

    وَلَكُمۡ فِى ٱلقِصَاصِ حَيَوٰةٌ۬ يَـٰأُوْلِى ٱلأَلبَـٰبِ لَعَلَّكُمۡ تَتَّقُونَ
    ޙައްލަކީ ޤިޞާޞް ހިފުން. މާތްﷲ ގެ ހުކުމް ޤާއިމްކޮންގެން ނޫނީ ބިން އިޞްލާޙް ނުވާނެ.

    58
  7. Anonymous

    ކޮންމެ ކަމެއް ސިޔާސީ ނުކުރާށޭ ކިޔާ މީހުނައް ބުނެލަންއޮތީ މީގެ ކުރިން މީހަކުގެ ލޮލައް ކުނިކޮޅެއް ހެރުނަސް އެކަން އެޅުވީ ރައީސް ޔާމީންގެ ބޮލުގައި، މިހާރު ކޮންހާ ވާހަކައެއް ދައްކާކައް، ނުވިތާކަށް އަފްރާޝީމް މަރާލީ ޔާމީނޭ ކިޔާ ހެކި އެބަހުއްޓޭ ކިޔާ ގޮވާނެގިމީހެއް މިއަދު އެހެރީ ހޯމއމިނިސްޓަރަކައް ލާފަ. އެހެންވީމާ ބުނާނީ މިއީ ހަމަ ސުންޕާ ސަރުކާރެކޭ ހުރިހާ ސުންޕާ ސަރުކާރެއްގައި ހިނގާނެ މިހުރިހާ ކަމެއްވެސް

    36
    7
  8. Anonymous

    ވަރަށް ދެރަކަމެއްމީ މަރަށް މަރު

    37
    1
  9. ހަހަހާ

    އަދިވެސް ބުނަނީ ޒަހަމް ތަކެކޭތަ..ހަތަރެސް ފައި ބުރި ކުރީމަވެސް..

  10. Anonymous

    ދެރަކަމީ ﷲ ސުބުހާނަހޫ ވަތަޢާލާ ހަރާމް ކުރެއްވި ކަންކަމުގަ ދެމިހުރެ މަރުވުމަކީ ހިތާމަވެރިކަމެއް.