އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ރޭ ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ މަރާ ގުޅިގެން ހައްގު އަދަބުދީ އަވަސް ފިޔަވަޅު އަޅަން މާލޭގެ މޭޔަރު ޑރ. މުހައްމަދު ،މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު އެފަދައިން ގޮވާލެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝިއާގެ ގާތިލަކީ އޭނާގެ ލޯބިވެރިޔާ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލްއެވެ. އުމުރުން 23 އަހަރުގެ ޝާހިލް ރޭ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

ޝިއާގެ ގަތުލާ ގުޅިގެން ކުރިން ނޭނގޭ ގިނަ ވާހަކަތަކެއް!

ޝިއާގެ މަރާ ގުޅިގެން ފުލުހުން ހަމައެކަނި ވިދާޅުވީ މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓުގައި ވަނީ ޝިއާ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވައިފައެވެ.

"މިފަދަ ލާއިންސާނީ އަމަލުހިންގާ ފަރާތްތަކަށް ހައްގު އަދަބު ލިބުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުޖުތަމައު އަމާންތަނަކަށް ހެދުމަށްކުރެވޭ މަސައްކަތުގައި މުހިއްމުކަމެއް" މުއިއްޒުގެ ޓުވީޓުގައި ވެއެވެ.

ޝިއާގެ މަރާ ގުޅިގެން ވަރަށް ގިނަ ދިވެހިން ރެއިން ފެށިގެން އަނެއްކާވެސް އަންނަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިދިޔަ ޖޫން މަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލީހުގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކުރަން ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު މިސަރުކާރުން ވެސް ދަމަހައްޓާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިންނު

    ސިޔާސީ ޕާޓީއެއްކަމަށްވާ ފުލުހުންގެ ޕާޓީ ދިވެހި ފުލުހުން ތިކަންތަށްވެސް 5 އަ އަހަރުވާނެ ނިންމާލަން

  2. ހަނދުމަ

    އިސްލާމް ދީނާއި ޚިލާފު މިފަދަ ބޮޑު މުޖުރިމް ޢަމަލު ހިންގާ މީހުންގެ މައްޗަށް ދީނުގައިވާ ޙައްޤު އަދަބު ދީގެންނޫނީ މިފަދަ ޢަމަލުތަކުން މިއިސްލާމީ ޤައުމަށް އަމާންކަން ނުލިބޭނެ