މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި އިރު އޭނާގެ ޤާތިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން މަޢުލޫމާތު ހާމަކުރުމަށް ފުލުހުން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާ މަރާލި އަލީ ޝާހިލް ހުރީ ހާދިސާ ހިނގި ވަގުތު "މަސްތުގެ ހާލަތުގައި" ކަމަށެވެ.

"މަސްތުގެ ހާލަތުގައި ހުރީ. މިވަގުތާއި ހަމައަށް އަޅުގަނޑުމެންނާއި ހަމައަށް ލިބިފައިވަނީ މަސްތުވާތަކެއްޗަށް ތުހުމަތުވާ ވަގުތީ ނަތީޖާ" ޝިފާއު ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ޝިއާ މަރާލާފައި ވަނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައެވެ.

ޝިއާގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ނުވަތަ ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި މައުލޫމާތު އެނގޭ މީހުން ބުނެއެވެ. އެގޮތުން ޝިއާގެ ކަނާތު އަތާއި ބޯ ބުރިކޮށްލާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ރޭގެ އަނިޔާވެރި މަރާއި ގުޅިގެން، އުމުރުން 23 އަހަރުގެ ޝާހިލް ހައްޔަރުކޮށްފައި ވަނީ ކްރައިމް ސީނުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ ވެސް ހެޒްމެޓް ސޫޓެއް ލައްވައިގެންނެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ރޭގެ ހާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެގެޔަށް ދިޔައިރުވެސް ޝިއާ ވަނީ ނިޔާވެފައެވެ. ފުލުހުން މިއަދު ވިދާޅުވީ ޝިއާ މަރާލާފައި ވަނީ "ވަރަށް އިހާނެތި ގޮތަކަށް" ކަމަށެވެ.

ފުލުހުން ވަނީ މި ހާދިސާގައި ޝިއާ މަރާލުމަށް ބޭނުންކުރި ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މައްސަލައިގެ ތަހުޤީޤު މިހާރު ކުރިޔަށް ދާއިރު ކްރައިމް ސީންގައި މިހާރުވެސް ތަހުލީލުތައް ކުރިޔަށްދާ ކަމަށާއި، އެހެންކަމުން މިކަމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އަދި ހާމަ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރޯނުއެދުރު

    ޤާތިލު ތިޔާ ސަލާމަތްވި، އެންމެ ފަހުން ގޯސްވާނީ ޝިއާ ތޯއްޗެއް

    31
    1
  2. ވގ13

    ދެންބުނާނެ ސިކުޑިހަމަނުޖެހޭ ކުއްޖެކޭ އެނިމުނީ މިހާރުވިސް ބޭސްކަމުނޭދަނީ އހ

    26
    1
  3. ލޮލް

    މިހާ އަވަހަށް މިއޮތީ މައްސަލަ އޮއްބާލަން ހިފާފަ، ދެން ބުނެބަލަ މަރުގެ ޙުކުމް އިއްވާނެ ގޮތެއް . އޭނަ ހަމަހޭގައި ކުރިކަމެއް ނޫން ެ

    21
    1
  4. އަލީ

    ވުމާއެކު އޭނާ ދޫކޮށްލާ!

    16
    3
  5. މީޒްލީ

    މަސްތުގެ ޙާލަތުގައި އޭ ކިޔާފައި ނިންމާލެވިގެން ނުވާނެ! އިންސާނެއްގެ ލޭގެ އަގު އިންސާފު ވެރިކަމާއި އެކު ދަށްކަން ޖެހޭނެ! ހަމަ ކޮންމެ ތިކަހަލަ ޖާހިލު ޖަނަވާކު ކަމެއް ކޮއްފައިވާ މީހުންނާއި ދޭތެރޭގައި ބުނެލާނީ މަސްތޭ، ކޮސްތޭ! މިފަހަރު ތިހެން ނަހަދައި ﷲގެ ޙުކުމް ތަންފީޒް ކޮއްދެއްވުމަށް ވަރަށް އާދޭހާއި އެކު މުއައްސަސާތަކަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ގޮވާލަން! މި ކުޑަ މުޖުތަމައު ގައި އުޅެމުންދާ ވިޔާނުދާ މީހުން އިސްލާކޮށް ދެއްވުން ނިހާޔަތަށް އެދެން!

    40
  6. ށެހެންށާހު

    ހަތަރުކަން ހަމަވީތި. ތިކުއްޖާފުޅު ތިއީ ބަލި ކުއްޖެއް. ޢުރާލައިގެން ގެންގޮސް ފަސްތަރީގެ ރިހެބަކަށްލާ. ޙުންނަންޖެހޭނެ ރައްކާތއރިކަމާއެކު މަސްތުވުމުގެ ވަސީލަތްތައްވެސް.

    21
    1
  7. ޙެލޯ

    އެސަލާމަތްވީ.
    އޭނާއަށް ލިބޭނީ މަސްތުވާ ތަކެތި ބޭނުންކުރުމުގެ އަދަބު.

    18
  8. މުހައްމަދު

    މަސްތުވުމަކީއިންސާނުންނާއިޝައިތާނުންތަކާއިދެމެދުގައިގުދުރަތުންލައްވާފައިވާފަރުދާކައިލާއެޝައިތާނުންތައްބޭނުންގޮތެއްއެއިންސާނުންނަށްހަދާލުމުގެބާރުލިބޭކަމެއްމިއީއަހަރުމެންގެތަޖުރިބާއެވެއެންމެންވެސްމަސްތުވާތަމެއްޗާދުރުވުމަކީވަރައްމުހިންމުކަމެއް

    12
  9. ާަމަރީ

    ހަމަ ހޭގައި އިންސާނަކު ކުރާނެ ކަމެއްނޫން ތީއެއް.. އިންސާނެއްގެ ދަރަޖައިން ނެއްޓުނީމަ ކުރެވިދާނެ..

    16
  10. ބަހީޖު

    މުޅި ގައުމުގެ ހަލާކަކީ މަސްތުވާތަކެތި. މިކަހަލަ ދައްޖާލުން ލައްވާ މިގައުމު ތަމްސީލު ނުކުރެވޭނެ ފިޔަވަޅުތަކެއް މިހާރު އަޅަންވެއްޖެއްނު. އަހަރެމެން ފަހުރުވެރިއެއް ނުވޭ މިޝައިތޯނުން ގައުމު ތަމްސީލް ކޮށްގެން ހޯދާ ކާމިޔާބީއަކަށް ވެސް. ގައުމު ތަމްސީލް ކުރާ މީހުން އަބަދުމެ އެބަޖެހޭ މަސްތުވާ ތަކެއްޗަށް ޓެސްޓު ހަދަން. ހަމަ އެގޮތަށް ޓީޗަރުންނާއި ނަރުހުންނާއި ފުލުހުންނާ ސިފައިން ކަސްޓަމް މިހެން ގޮސް ހުރިހާ ދާއިރާއެއްގެ މީހުން ވެސް ރެންޑަމްކޮށް މަސްތުވާ ތަކެއްްޗަށް ޓެސްްޓް ހަދާ އެކަމުގެ ބިރުވެރިކަން މީހުންގެ ހިތަށް ވަންނަވަރަށް މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތް ޤައުމީ ލެވެލްއަކަށް އެބަޖެހޭ ގެންނަން. އެކަމާ ބެހޭ މަސަައްކަތް ކުރާ ތަންތަން ވެސް ތަންމިނަށް ފުޅާ ކޮށްގެން ނޫނީ ދެނެއް މިގައުމެއް އަތެއް ނުވާނެ. އެއްޖިންސުން ގުޅުން ހިންގިއަސް މީގެ ކޯވަރެއް އޭގެ ތެރެއަށް ނުވަދެއެއް ނުދޭ. މާރާމާރީ ރޭޕް މިހެން ގޮސް ހަމަ ކޮންމެ ކަމެއް. ކެބިނެޓް މީޓިންގތަކާއި މަޖުލިސް ޖަލްސާތަކާއި ކައުންސިލް ބައްދަލުވުންތައް ވެސް ފެށެންވާނީ މަސްތުވާ ތަކެއްޗަަށް ޓެސްޓް ހެދިގެން

    22
  11. ރެފްރީ

    މާނައަކީ މަސްތުގެހާލަތުގަހުރީމާ ކުށްވެރިނުވާނެތޯ ؟

    14
  12. ޢައި

    އޭނާ ހުރީ މަސްތުވެފައި ނުން ، ހަމަ ހޭގައި ، އެކަމަކު މަސްތުވާތަކެތި ބޭނުންކޮއްފައި ހުރީ

    17
  13. ޢަލީ އަފީފް

    ޢެސޮރު ބުއްދި ހަމަ ނުވޭ ކިޔާފަ ދޫ ކޮއްލަންވީތަ. މިގަުމުގައި ބޯހަމަޖެހޭ މީހަކު ކުށެއް ނުކުރޭ މީ ވެސް އަރަތެއް. ރައްޔިތުންނިކުމެ ހަވަރައްދިނީމަ ގޯސްވަނީ ރައްޔިތުން. ގާނޫނެއް ގަވާއިދެއް ނުހިނގާ އެންމެ ކަޑަގައުމު.

    13
  14. ައަލްފާނޯ

    މަސްތުގެ ހާލަތަކީ އުޒުރެއްނޫން….

    17
  15. ސެން

    މިގައުމުގެ ސަލާމަތީ ހުރިހާ ރިސޯސްއެއް ސިޔާސީ ކަންކަމަށް ހުސްކޮށްލީމާ ކުށުގެ ވެށީގައި ހެދި ބޮޑުވަމުންދާ ވިލާގަނޑު ގަނޑެއް ނުފެންނާނެ އެމީހުންނަކަށް. ކުށްކުރާ ފަރާތްތަކުގެ އަމަލުތަކަށް ފާރަވެރިވާނެ ވަގުތެއް ނޯންނާނެ. މިވަރަށް ގައުމުގެ ރިސޯސް ސިޔާސީ ކަންކަމަށް ބޭނުންކުރި ޒަމާނެއް ނާދޭ. އިންޑިޔާގެ މަސްލަހަތާއި ސަރުކާރުގެ މަސްލަހަތު ނޫނީ ބެލޭ ކުރެވޭ އެެއްވެސް ކަމެއް ނެތް

    10
  16. Anonymous

    އޭނާއެވީ ސައިކޮލޮޖިކަލީ ޑިސްޓާރބް މީހަކަށް. އަވަހަށް ދޫކޮއްލާ. ބުނާކަހަލަ ބޮއިގެން ހުރެ ﷲ އަށް ޝަރީކުކުރިޔަސް މައްސަލައެއް ނެތޭ.
    އެންމެހާ ދިވެހީންނަށް މި ގޮވާލަނީ އެ ޤާތިލުގެ ބޯ ކަނޑިންޖަހާ ކަނޑާނުލާހާ ހިނދަކު މި މައްސަލައިގައި މަގުމައްޗަށް އެއްވެ ހަޅޭއްލެވުމަށް.
    އަދި މި އަނިޔާވެރި ލާދިނީ ވެރިކަން ބަދަލުކޮއްދެއްވާ ހެޔޮ ޢިލްމުވެރި ވެރިކަމެއް ޤާއިމްކޮށްދެއްވުމަށް ދުޢާކޮއްދެއްވުމަށް ވެސް ގޮވާލަން.

    13
  17. ހާމާނު

    މައްސަލަ މިނިމުނީ، ގާތިލު ސަލާމަތްވީ މަސްތުވުމުގެ ސަބަބުން،
    ހުރިހާ ދިވެހި ރައްޔިތުން މުޒާހަރާ ކުރަން ނިކުމޭ،

  18. އަހައްމަދޫ

    މަސްތުވުމުގެ ފިޔަވަޅުވެސް އަޅާ މީހަކު ކޮށާލާމަރާލީމައި އެކަމަށްވެސް ފިޔަވަޅު އަޅާ. ހުސް ބޮޑެތި ސިންގާ ހަރާންކަންތައްތައް.

  19. ސަމީމު

    ޢިންސާނެއްގެ ސިފައިގަ ހުރި ޖަނަވާރެއްތޯއްޗެއް..

  20. ދިރާސާ

    ކުށްވެރިން ކުށުންބެޗޫމަށް މިހާރު މަސްތުވާތަކެއްޗާ، ބޯހަމަނުޖެހުން ވެއްޖެ މިކަމަކީ ކުށްވެރިން ކުށުންސަލާމަތްވުމަށް ހަތިޔާރަކަށް ނުހެދޭނެ ހެދުމުގެ ފުރުސަތުވެސް ދެވިގެން
    ނުވާނެ މަސްތުގެ ހާލަތުގައާ ބޯހަމަނުޖެހޭހާލަތުގައި ފެންނަނީ މީހުންމެރުމާ، ދީނަށްފުރައްސާރަ
    ކުރުން ނުވަތަ މީހަކަށް،ތަނަކަށްބޮޑުގެއްލުމެއްދިނުން ކީއްވެތޯ މަސްތުގެހާލަތުގައިހުންނަފަރާތާ
    ތާގުޅުންހުންނަކަމެއްނުކުރަނީ ބޯހަމަނުޖެހޭފަރާތާ ގުޅުމެއްހުންނަ ކަމެއްނުކުރަނީކިތަންމެބޮޑު
    ކުށެއްކޮށްފަވެސް މަސްތުގެހާލަތާ، ބޯހަމަނުޖެހިބޭސްބޭނުންކުރާކަމަށްދެކި ނިންމާލެވޭނެތޯ
    މަސްތުވާތަކެތިބޭނުންކުރުމަކީ ދީނީގޮތުން ހަރާންކަމަކަށްވެފާ ގާނޫނީގޮތުން ކުށަކަށްވާހިދު
    މަސްތުވާތަކެތިބޭނުންކުރުމާ އިންސާނަކު މެރުމާދެކުށަށްވާނެ ބޯހަމަނުޖެހޭފަރާތެއް ބެލުމުގައި
    ޒިންމާވާންޖެހޭނެ ފަރާތެއްވާހިދު ބޯހަމަނުޖެހިގެން ކޮންމެކަމެއްވެސް ކޮށްފާނެކަމަށް އެފަދަފަރާތެއް ދޫކުރެވިގެންނުވާނެ ދޫކުރެވިއްޖެނަމަ ދޫކުރިފަރާތްވެސް ބޯހަމަނުޖެހިގެން ކުރިކަމުގަ ޒިންމާވާންޖެހޭނެ

  21. އަޙްމަދު

    މީލީވާތު ކަންކަމުގެ ފޯކަސް އެހެންދިމާލަކަށް ބަދަލުކޮށްލަށް ހިންގި ލާއިންސާނީ ޢަމަލެއް ނޫންބާ! މިވެންނަނީ ވީއަޕީ މީހުންގެ ވީޑިއޯ ވިއްޔާ! އަދި ވަރަށް ޙާއްސަމީހެއްގެ ވީޑިއޯގެ މައްސަލަ ވަރަށް ބޮޑުވެފައި އޮއްވާ މިކަންކަމް މިހިނގަނީ ކީއެއްވެބާ! އަދި މީނާގެ އަޑުއެހުން ސިއްރުކުރީ ކީއްވެބާ!