އީޔޫއާއި އދ. އޮތީ ދިވެހި ރައްޔިތުންނާ އެކު ކަމަށާއި އެންމެ ފަހު އިންޒާރާއެކު ކާމިޔާބު ލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިން އަދި ފަނޑިޔާރުން ހައްޔަރުކޮށްގެންވެސް މިސަރުކާރު ދެނެއް ނުހިފެހެއްޓޭނެ ކަމަށެވެ. އަދި އދ އާއި އީޔޫގެ ފަހު އިންޒާރަށްފަހު އިދިކޮޅަށް ކާމިޔާބު ލިބޭނެ ކަމަށެވެ.
"ބުއްދި ފިލާ ދިޔައިމަ ހެދޭނީ ހުސް ގޯސް، ބެދޭ މަޅިއެއް ނުފެންނާނެ،" އަލީ ވަހީދުގެ ޓްވީޓުގައިވެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވި އިރު، އީޔޫއިން ނެރުނު ގަރާރު އޮތީ ސަރުކާރާ އެއްކޮޅަށް ކަމަށްބުނެ ސަރުކާރުން ވާހަކަ ދައްކާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ގަރާރަކީ ރާއްޖެއާ ދެކޮޅަށް އީޔޫއިން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ.
ތިޔައީ ކިއްލި ކަރާ ގޯތި ބޮޑުވަގު
އަވަހަށް ފައިސާކޮޅެއް ދީ މީނަޔަށް!
ޢަލީ ވަހީދު މީ ކޮންގައުމެއްގެ މީހެއްބާ؟
ތިމާހުރީ މިހާރުވެސް މަޅިއެއްގަ ބެދިފަ.
އީޔޫގެ ފަހުގެ އިންޒާރާއި އެކު އަލީ ވަހީދުގެ ސޯޓު ބޭލޭނީ.
ކަލޭ ތީ މިޤައުގެ ބާކީ އޭ ކޮންވާހަކައެއް ތިދައްކަނީ! ބޭކާރުވާހަކަ ދައްކަން ތީ މީ ކާކުތޯ؟
ކަލޯ.. ބުއްދި ފިލާ ދިޔަމީހުން އެބައެގޭ.... ކިއްލިބޭބެ
އދ، އީޔޫ ކީއްކުރަން އެހެން ޔޫ އެއް އިންޒާރު ދިނަސް ޔޫ އަށް މިދިވެހިރާއްޖޭގަ ޖާގައެއް ނެތް. ސޮރީ
އީޔޫއާއި އދ އޮތީ ތަގެއަމާދެފައިދޭތެރެ
މިއީ ސަރުކާރެއްނޫން މިއީގޭންގެއް