ތިލަމާލޭ ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރި ނަމަވެސް ބުރިޖު އެޅުމުގެ މަސައްކަތް ލަަސްނުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޝިޔާމް ވަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ޕްރޮޖެކްޓް ލަސްވެގެން ހިނގައިދާނެތޯ ސުވާލު ކުރައްވާފައެވެ. އަދި ފަރަށް އެރުމުގެ ސަބަބުން ކިހާ ގެއްލުމެއް ލިބުނުތޯއާއި ބްރިޖުގެ މަސައްކަތަށް މިހާރު ކިހާ ފައިސާއެއް ހަރަދުކުރެވިއްޖެތޯ ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ޕްލެޓްފޯމް ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ އެސެސްމަންޓްއެއް މިހާރު ހަދަމުންދާ ކަމަށާއި އަދި ފަރަށް ލިބުނު ގެއްލުން އެނގޭނީ އެ އެސެސްމަންޓް ނިމުމުން ކަމަށެވެ. އަދި ޕްލެޓްފޯމް ފަރަށް އަރައި ލިބުނު ގެއްލުމުގެ ސަބަބުން ޖޫރިމަނާ ކުރާނެ އަދަދު ވެސް ކަނޑައެޅޭނީ އޭރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޕްލެޓްފޯމަ ފަރަށް އެރި ނަމަވެސް ބްރިޖުގެ މަސައްކަތް ލަސް ނުވާނެކަމުގެ ޔަގީންކަން އަސްލަމް ދެއްވިއެވެ.

ބްރިޖަށް މިހާތަނަށް ހަރަދުވީ ސީދާ ކިހާވަރެއް ކަމެއެް ލަފާކުރަން ނޭނގޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވިލިމާލޭ ފަރަށް އެ ޕްލެޓްފޯމް އެރީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ "ތިލަމާލެ ބްރިޖު"ގެ ފައުންޑޭޝަން ނުވަތަ ތަނބުތަކުގެ މަސައްކަތް ވަނީ މި މަހުގެ ދެވަނަ ދުވަހުގައި ފަށައިފައެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ރާވާއިގެން މީހުން ޕްރޭމް ކުރަމުން ދާ ބަޔަކަށް ވާނީ މިހެން. މިމީހުންނަށް މިކަހަލަ ކިތައްމެ ކަމެއް ދިމާ ވުމަކީ އެކަށީގެން ވާކަމެއް. ޖައްބާރު ބަޔެއް. ވަގު ބަޔެއް. އަނިޔާވެރި ވާމީހުންގެ ދުޢާ މިއީ.

    23
  2. އާއިޝް

    ބްރިޖް އެޅެނީ ތިޔަ ..... ފުރަތަމަވެސް ގެއްލުން......

    25
  3. ނަބީހު

    ފާއިތުވި ދޭއްތިނެއް ދުވަސް ގުނާނީ އަވަސްވުމުގެ ތެރޭގައިތޯ! އަސްލަމު ވިދާޅުވެދެއްބަލަ! ވަގުން ހަދާނީ ހައްތާވެސް ދޮގު!

    26
  4. ނަސީމް އަޚްތަރު / މާލެ

    މީދެން ހާދަ ހެއްވާ ވާހަކަ އެކޭ؟ ބްރިޖްގެ މަސައްކަތަށް ޕްލެޓް ފޯމަކީ މުޙިއްމު އެއްޗެއް ނޫންތަ؟ ޕްލެޓް ފޯމްގެ ބޭނުން ކޮށްގެން އެންމެ ދުވަހެއްގައިވެސް ބްރިޖާ ގުޅޭ ލައްކަ މަސައްކަތް ކުރާނެ. އެހެންކަމުން އެންމެ ދުވަހެއްގައިވެސް ޕްލެޓް ފޯމްގެ މަސައްކަތް ނުކުރެވުމަކީ ބްރިޖްގެ މަސައްކަތަށް ލިބޭ ލަސްކަމެއް. މީ އަހަރެންގެ ޚިޔާލު.

    22
    • ލަކުޑިބޯ

      އަވަސްކުރަންއިތުރު 300 މީހުންގެނައްސަ އިތުރަށް 70މިލިއަންގެލޯނެއްނަގާފަދިނީމަ ބާރަށްބާރަށްއަދިވެސްބާރަށްގެންގޮސްނީންމާލަފާނެދޯ އަސްލަންޓޭ!

      6
      1
  5. ޖުހާ

    ބްރިޖު ފުލެޓް ފޯމް 4 އަހަރު ބާކީ ސިއްހީފަރުވާ 0 ޓޮލަރެންސް މޯކުޅި 0 ޓޮލަރެންސް ރޭޕް 0 ޓޮލަރެންސް މިހެގޮސް ކިޔާނެކަމެއްނެތް މައްސަލަފުނިޖެހިފަ 000000000000 ޓޮލަރެންސް

    20
    1
  6. އަން

    ތިނަދޫ އިން ކާޑު ހުސްވެފައި.
    އަސްލަމް އިސްތިއުފާ
    އިބޫ އިސްތިއުފާ.
    އަމްރު އިސްތިއުފާ

    12
  7. އަލީ

    ދުވަސް ކޮޅަކުން ބުނާނެ ހުރިހާ ވައުދެއް އެއީ ފުއްދޭނެ ވައުދެއް ނޫން ކަަމަށް

    11
  8. ޚާލި

    ކަލޭމެންނަށް ހެދޭނީ ރަށުބިޑި

    11
    1
  9. ސަމްސިއްޔާ

    އަސްލަމް ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު މިގައުމަކު ނޫޅޭނެ. ދޭބަލަ ހުޅުމާލެ ފޭސްޓޫގެ ފުލެޓްތައް ތަަޅަން. އެވެސް ތިމަންނަ އެޅިތަނެކޯ.

    10
  10. ބޮލުރޮދި

    ތިގޮލާ ނަސީބެއްނު ގިރިޔަކަށް ނޭރިކަން................ދޯ

    12
  11. ހުސޭނުބޭ

    ހެޔޮނުވާނެ ތިޔަށްވުރެ ލަހުން ތި މަސައްކަތްކުރޭ. މަސައްކަތްކުރާލެއް އަވަސްކަމުން ވީ ގޮތެއް އެއީ

    11
  12. ވަންނަ

    ކޮބާ ފައިން ކުރާ ލާރި. 1 ބިލިއަން ރުފިޔާ ދިރުވާލަނީތަ އަސްލަމޫ

  13. ބުރޯ

    އާދެ އެހެން.. ބުރިޖަކީ ކަންނެލި ދޯންޏެއްގެ މަތީގައި ތިބެގެންވެސް އިމާރާތްކޮއް ނިންމާލެވިދާނެ މަސައްކަތެެއްވިއްޔާ.. އެހެންނުން.

  14. އިބްރާހިމް

    ބްރިޖް ނާޅުނަސް ލަހެއްނުވާނެ.

  15. ޑައެލޯގް

    ތިޔަކަންނިމޭނީ ފަރަށް ގެއްލުމެއްނުލިބޭކަމަށާއި ލިބުނީ 1 ރުފިޔާގެ ގެއްލުމެއްކަމަށެވެ. އެއީ އިންޑިޔާވީމައެވެ. އެހެންބައެއްނަމަ 1 ބިލިއަނުން ޖޫރިމަނާވީހެވެ. ދެން ތިލަސްވިތަން އަތުލަން 500 މިލިއަންޑޮލަރުގެ ލޯނެއްނަގާށެވެ. އެއަށްފަހު ފޫބައްދަން 2000 ރުފިޔާލިބޭ ރައްޔަތުންއަތުންވެސް އިންކަމްޓެކްސް ނަގާށެވެ. ނަމަނަމަ ގާސިމްއަތުން ރިސޯޓް އޯނަރުން އަތުންއަތުނުލާތި އޭރަށް ކޯލިޝަންރޫޅި ވެރިކަމެއްނީންނާނެއެވެ. މިވަރުންވެސް މިބައިމީހުނަށް އަތްޖަހާމީހުންއެބައުޅެއެވެ.

  16. ޖާނު

    އަނެއްކާ ބުރިޖު ފަރަށް ނާރާފިއްޔާ ވެދާނެ