ތ. ތިމަރަފުށީގައި އިމާރާތް ކުރަމުންދާ 100 ހައުސިން ޔުނިޓްގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓްތަކުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތް ކަމަށެވެ.

ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް މީގެ ދެ އަހަރު ކުރިން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމެޓެޑާއެވެ.

އެ މަޝްރޫ އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ އަގަކީ 71 މިލިއަން ރުފިޔާ އެވެ.

އެ ހައުސިން ޔުނިޓުތަކަކީ އެއް ފަންގިފިލާ އަށް ތިން ކޮޓަރި އާއި ތިން ފާހަނަ އަދި ލޯންޑްރީ އޭރިއާއަކާއި ފްރޮންޓު ޔާޑެއް ހިމެނޭހެން އިމާރާތްކުރާ ހައުސިން ޔުނިޓްތަކެއް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.