މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައި ނުވާނެ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން އޮޅުންބޮޅުން ބޮޑު ބަޔާނެއް ނެރެފިއެވެ.

މައިގަނޑު ދެޕެރެގްރާފެއް އޮތް ބަޔާނުގެ ފުރަތަމަ ޕެރެގްރާފްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން މިނިސްޓްރީން އަންގާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވީނަމަވެސް މިސްކިތުގައި ނަމާދުކުރާ އަޑު ނީވޭ ގޮތް ހަދަން އިސްލާމިކް މިނިސްޓްރީން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހެދުމަކީ މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫން ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވިސްނުމަކީ ކުރީއްސުރެ ޢަމަލުކުރަމުން އަންނަ އުސޫލުން މިހާރުވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭ ގޮތައް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގެ ފުރަތަމަ ޕެރެގްރާފްގައި އެހެން އޮތް ނަމަވެސް ބަޔާނުގެ ދެވަނަ ޕެރެގްރާފްގައި ވިދާޅުވެފައި ވަނީ އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާއި ގުޅިގެން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރުމަށް ވާނީ އިރުޝާދު ދެވިފައި ކަމަށެވެ.

ނަމާދު ކުރާ އަޑު ބޭރަށް އިވޭ މިންވަރު މަޑު ކުރަން އެންގި އެންގުން ދިފާއުކޮށް އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަށް ވެފައި އެއް މިސްކތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

އަދި މިސްކިތް ހުންނަ ސަރަހައްދުގެގޮތުން، ތުއްތުކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާކަމަށް ވަނީ ފާހަގަ ކުރެވިފައި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ހިމަނާފައިވާ އެވާހަކަތަކަށް ފަހު އަނެއްކާވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވަނީ މިސްކިތްތަކުގެ އަޑުމަޑުކުރުމާއި ގުޅޭ ސާކިއުލަރއެއް އަދި ލިޔުމެއް އިސްލާމިކް މިނިސްޓްރީން އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ. އެހެންކަމުން މިހާރު ބައެއް މީޑިއާތަކުގައި ފަތުރެމުންދާ ވާހަކަތަކަކީ ކަމުގެ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އެންގި އެންގުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބަޔާނެއް މިނެރުނީ އެމިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ތެދުބަސް ބުނޭ

    ހައްދަވާ ބޮޑު ކުރެއްވި މާތް ރަސްކަލާކޮ! ނި އުޅޭ ދޮގުވެރިން މިދުނިޔެ މަތީގައި ފަޟީޙަތް ކުރައްވާ ދެން ތިބީންނަށް ޢިބްރަތެއް ކަމުގައި ލައްވާށި.

    75
  2. އަލީ

    ހުޅުމާލޭގައި ހުރި އާރު ސީސީ މީހުންގެ ނޫމިސްކިތުން ނަމާދުކުރާއި ބޭރަށް އަޑު އިވޭތީ ބޭރު އެތަނުގެ ކައިރީގައި އުޅޭ އިންޑިޔާ ބަޔަކު މައްސަލަ ޖައްސާތީ އަޑުނުޖައްސަން މިނިސްޓްރީން ތިންފަހަރެއްގައި އެންގިއެވެ. އެކަންނުހުއްޓުމުން ދެން ބުނީ ސިޓީކައުންސިލުން މިނިސްޓްރީއަށް އަންގައިފައި އެބައޮތޯ އެތަނުގެ އަވައްޓެރިންނަށް އުދަގޫވެގެން. އެހެންވީމާ ބޭރަށް އަޑު ނީވޭގޮތަށް އެކަންކުރުމަށް. އަދި ސަލްމާން މިސްކިތުގައި ވެސް އަޑުއިވޭތީ ބޭންކެއްގެ ބަޔަކު މައްސަލަވެސް ޖައްސަޔޯއެވެ.

    54
    • ވަރ

      ވަރައް ސާފް

  3. ސަލްމާ

    ކަލެޔަކީ ވަރަށް އަޑި ނުބައި މީހެއް، ކަލޭވިސްނުމުގަ ނެތަސް ކަލޭ ސޮއިކުރި ސާރކިޔުލާ ގައި އޮތީ ބަންގި ފިޔަވާ އިތުރު އެއްވެސް އަޑެއް މިސްކިތުން ބޭރަށް ނީއްވުން. ޤުރުއާން އަޑު ކަނޑުވާލުން.

    54
    1
    • ނަރުއްކަވަތް

      އެމްޑީޕީ ހަރުގެ އިން ޖަހާލަވަ އާއއ އިހެދި މިހިސާބު ކުދިންނަށާ އި މީހުންނަށް ވަރަށް އުދަގޫވޭ ނުނިދޭ، އެއ އަޑު ހަރުގެ އިން ބޭރަށް މަގަށް ނުދާގޮތަށް ހަރުގެތޭރޭ ތިބެގެން ލަވަޖަހާގޮތަށް ހަދަންޖެހޭނީ

    • ފެންސިރު

      މި ބައިގަނޑު މިހެން ފަލީހަތްވުން ނޫންކަމެއް ނުވާނެ. ތިޔަ މިސްކިއްތަކުގަ އަޑުގަނދަވެގެން ޝަކުވާކުރާ މެޖޯރިޓީއެއްވެސް އޮންނަންޖެހޭ. ޥަކި ބަޔަކު ރުއްސަން ތިކަމެއްތިކުރަނީ. ޢިންޑިޔާގަ މިސްކިތެއް އަޅާރަށް އެއްފަރާތު ބުދުފައްޅިއެއް، އަނެއްފަރާތު ޗާޗެއް އަޅާ، މިސްކިތު އަޑުމަޑުކުރަން އަންގާހެން މިތާކު ނުވާނެ ތިކަމެއް.

  4. އިބްރާ

    އިސްލާމީ ގައުމުތަކުގައި ޖެހިގެން ހުންނަ ދެމިސްކިތުގައި ބޭރަށް ބާރަށް އަޑު ހުރުމުން ދެމިސްކިތުގައި ނަމާދު ކުރާމީހުންނަށް އުދަގޫވުމުން އަޑު މަޑުކުރުމަށް އެންގުމާއި، ބަޔަކު ގޭގައި ކުޅެންތިބޭވަގުގައި ސައިތޯނާއަށް އުދަގޫވުމުން އަޑުމަޑުކުރަން އެންގުމާއި އެއްވަރު ކުރުމަކީ މުސްލިމެއްގެ ބުރަދަނުން މިނެކިރައިގެން އެސައިތޯނާއަށް ތާއިދު ލިބޭގޮތަށް ވާހަކަ ދެއްކުމުން މިހާރު ދައުވާވެސް ކުރެވޭނެއެވެ. އެންވެ ބިރުންހެންމީހާރު އެއުޅެނީ.. އަދި %100 މިސްލިމް ގައުމެއްގައި މިކަންކުރީމަ ލަދު ދޯ؟

    53
  5. ޒާހިރު

    މިހާރު އެއުޅެނީ ޕްލެޓްފޯމް ފަރުމަތީގައި އޮތް ވާހަކަޔާއި، އަލަންގިރި ވާހަކަ އޮއްބާލަން ގޭމް ބަދަލުކުރުމަށް.

    68
    2
  6. ބުއްޅަބޭ

    ޖަގަހަތަކުގަ ޖަހާ ލަވައިގެ އަޑު ކަނޑުބަލަ!

  7. Anonymous

    ހެޔޮނިޔަތުގައި އެކަން ކޮށްފައި އޮތިއްޔާ އެއޮތީ ހެޔޮށް ދެއްތޯ. ނަމާދު ކަހަލަ ދީނުގެ އެންމެ މުހިއްމު މާތް އަޅުކަމަކަށް ރައްޔިތުން ނުރުހޭނެ މިގޮތަށް ހެދީމަ ޭ
    ދީނަށް އިޚްލާޞްތެރި ވާންވީ ،އޭގެ ފަހުގައި ޤައުމު. ޕާޓީވެސް ވަޒީފާ ވެސް އަންނަށްވަނީ ﷲގެ ދީނަށް ފަހު. މަތިވެތިކުރަންވީ ﷲގެ ދީން.
    ކޮންމެކަމެއް އަތަށް ގޮވާތަން މިފެންނަނީ
    ކޮންމެ އިހްމާލަކީ އުފުލަން ޖެހޭނެ ކަމެއް.

  8. ރަނގަޅު1

    ލައުޑްސްޕީކަރު ޖައްސައިގެން ބޭރަށް ނަމާދުކުރާ އަޑު އިއްވުން ރަނގަޅެއްނޫން. ވީމާ ރަނގަޅު ނިންމުމެއް. މާޝާﷲ. އަލްޙަމްދުލިﷲ.

    1
    3
  9. Anonymous

    މާ ބާރަށް ފޮޑި ޖެހުމުން އަލަންގިރި ގަންނާކަށް ބިރުން މަޖިލިސް މެންބަރުން ލައްވާ ހުރިހައި ދިވެހި ރައްޔިތުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް އަންގަފާނެ.

  10. ކިއުންތެރިއާ

    މީހާ ގޯސްނުވެދާނެ. އެކަމު މިނިސްޓަރު ކަމަށް ކުފޫހަމައެއް ނުވޭ. ފެންނަނީ ވަރައް ފިނޑި އެއްވެސް ޝަޙްސިއްޔަތެއް ނެން މީހެއް. ބޮލިރަވަ ގަނޑެއްހެން ތެޅުވޭމީހެއް ލާފަ އެހުރީ މިބޭނުމަށް. ބަސްނުވިކެންޏާ އޮޑިން ފޭބުން ރަނގަޅުވާނެކަމައް ފެނަޭ.

  11. އހ

    ޓެސްޓް ކުރަނީ ދިވެހިން ކިހާ މީހުނެއްތޯ ރުޅި އަންނަނީ ބަލާފަ ގިނަ މީހުން ރުޅި އަންނަ ކަމަށް ވަންޏާ ދެން ބުނަނީ އަހުރެމެންގެ ވިސްނުމެއް ނޫނޭ. އެހެން ނޫނީ އެކަމެއް ކުރާނެ

  12. .ދެފުއްކެހެރި

    އެެބަޔާނުގާ ފުރަތަމަ ފެރެގުރާފުގަ ވަނީ އިމާމުން ނައް އަންގާފަ ނަމާދު ކުރާ އަޑު ނީވޭ ގޮތް ހެދުމަށް ދެން ނޫސްވެރިން ނައް ހާއްސަ ފެރެގުރާފުގަ އެބުނާނީ އެހެން އަންގާފަ ނުވާނެ ކަމަށް..

  13. ހުއްތި

    މިނުބައި މީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާންދޭ

  14. ކައި

    މިހިރީ މިމީހުންގެ ސިފަ ދެން 2 އަނގަ މީކޮންތާކުންކިޔަވައިގެން އައި މީހެއްތޯ

  15. Anonymous

    ކަލޭނަހަދާނެ ތެދެއް ތީބޮޑުމުނާފިގެއް.

  16. ކޮތަރު

    ކުރިން ބުނި އެތި ކެންސަލް

  17. 87

    މިވެރިކަން ނިމިގެންދާނީ ވަރަށް ހަޑިކޮށް

  18. ގަލަން

    ދިވެހި ރާއްޖޭގެ ތުއްތުކުދިން ނެއް ހިއެއްނުވޭ ޖަމާއަތުގަ ނަމާދު ކުރާއިރު ގުރުވާން ކިޔަވާ އަޑު އިވިގެން އުންދަގޫ ވެގެން އެކުދިންގެ ބެލެނިވެރިން އަންގަފާނެ ކަމައް ދިހަމިނެޓްވެސް ނުވާނެ ޖަމާއަތުގަ ނަމާދުކޮއް ނިމެން ގަބޫލް ނުކުރެވޭ ކަމެއް ތިޔައީ؟؟؟

  19. ރާނީ

    ޖަގަހަ ތަކުގަ އަދި މިއުޒިކް ޝޯތަކުގަ ބޮލަށް އުނދަގޫ ވާވާރަށް ބާރަށް ލަވަ އާއި މިއުޒިކް ޖެހިޔަސް އޯކޭ . ކޮންފަދަ ނުބައި ބައެއް. މިކަން ހުއްޓުވޭ މީހެއް އެބަހުރިތަ. ޝައިތޯނާއަށް ގެއްލި ހުސްވެ މުޖުތަމަޢު ފަސާދަކުރުން ބޭނުންވާ ބައެއް

  20. Anonymous

    ބަންގީގެ އަޑައް އުދަގޫވެގެން އުޅެޭ ޝައިތާނުން ބަލިކުރައްވާ ނިކަމެތި ކުރައްވަާދޭނެ އާމީން

  21. ކިޔު

    އަލީ ބުނި ގޮތަށް އެކަންވުމަކީ އެކަށީގެންވާ ކަމެކެވެ. އެބުނި މީހުން ނަމާދު ގަޑީގައި ނުކުމެ ފާޑަކަށް ބަލާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

  22. ބަބުރު

    އިސްލާމިކު މިނިސްޓަރު މިނިސްޓަރުކަން ލިބުނު އިރު ހުރީ ހަމަހޭގަތޯ ނުވަތަ ނޫންތޯ ރާއްޖޭގެ ލާދީނީ ވާހަކަ ނުގެނެސްދޭ ގައުމީ ޓީވީއަށް އަރާ ކިޔައިދީބަލަ .

  23. ދޮންތު

    މިމިނިސްޓްރީ މިހައްދަވަނީ އިތުރު ފުލެއް ރައްޔިތުން މިކަމުގަ ޚިޔާލް ފާލުކޮއް ހެދުމުން ދެން މިބުނަނީ އެގޮތައް ނާންގާކަމައް ފުރަތަމަ އެކަން ފެއްޓުނީ ލޯކަލް ތުއަރިޒަމައް އަސަރު ކުރާތީއޭ ކިޔާފަ ވީއިރު މިފަހަރު މިކަންވަކިނާންގާ މިމީހުން ތިބޭނެތަ މިހާރު ދެން އެއްޗެކޭ ކިޔަންކިޔަކަސް

    16
  24. އޭދަފުށީ މުހައްމަދު

    ދެންކިޔާ މިހެން. ކުރިން ބުނި އެތި ކެންސަލް

  25. ހަރުފަބޯ

    އަޅެ ޖެއްސުނުހާ ގަދަޔަކަށް އަޑު ޖައްސާފައި ބަހައްޓަބަލަ. ކަންފަތާ ނުކުޅަދާނަ ވާވަރަށް. ވަކި މާމޮޅެއްވޭތޯ ބަލަން.

    1
    1