ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލު ސީރިއަސް ވެގެން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަން ކަށަވަރު ކުރެވިއްޖެއެވެ.

ގާސިމް ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް ހާލު ސީރިއަސް ވެގެން ޑޮކްޓާރުންގެ ޓީމެއް މާލެ އިން އެރިސޯޓަށް ގޮސްފައިވާކަމަށް މީސް މީޑީއާގައި ވަނީ ޚަބަރު ފެތުރިފައެވެ. ނަމަވެސް އިތުބާރުކުރެވޭ މަސްދަރަކުން "ވަގުތު" އަށް ކަށަވަރުކޮށްދިން ގޮތުގައި ގާސިމަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ.

ގާސިމްގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ގާސިމްގެ ސިއްހީ ހާލުކޮޅާއި ގުޅޭ ގޮތުން މިވަގުތު ވަކިއެއްޗެއް އަދި ދެންނެވެން ނެތް ކަމަށެވެ. މައުލޫމާތު ސާފުކުރުމަށް ފަހު އެކަމާއި ގުޅޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ގާސިމަކީ ހިތުގެ އާލާސްކަންފުޅަކަށް ކުރިން ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މިހާރު އުމުރުފުޅުން 70 އަހަރުގެ ގާސިމް ފާއިތުވި ދެއަހަރެއްހައި ދުވަހު އާއްމުކޮށް ދިރިއުޅުއްވާފައި ވަނީ ސަން އައިލެންޑް ރިސޯޓްގައެވެ. އެއީ ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ. ގާސިމަކީ އުމުރުގެ ގޮތުންނާއި އަދި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާފައިވާ ބޭފުޅަކަށް ވުމުން ކޮވިޑްގައި ހާލު ބޮޑުވުމުގެ ފުރުސަތު އޮތް ބޭފުޅަކަށް ވުމުން މާލެ އިން ބޭރުގައި ދިރިއުޅުއްވަނީ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމިގިލީ މީހާ

    ގާސީމައް 85 އަހަރުން މަތީގަ އުޅެނީ. އުމުރު ހަގު ކަމައް ޖައްސާފަ އޮތީ. ގާސިމުގެ ހާލު ދެރަވެގެން މިހާރުވެސް ސަންއައިލެންޑް ރިސޯޓްގަ ޑޮކްޓަރުންގެ ޓީމެއް އެބަ އުޅޭ. ބުރުމާ ނޭބުރިގެން. ކަށި ތާސިވެގެން.

    13
    5
  2. ސާން

    ގާސިމް ގައްދާހޭ..

  3. މުހައްމަދު އަންޖުމް

    މީ އަނެއްކާ (ރިޔާސީ ރޭހަށް ޖައްސާ) ސިޔާސީ ސްޓަންޓެއް ނޫންބާއޭ ހިތަށްއަރާ ކުރިންވެސް މިކަހަލަ ސްޓަންޓެއް ޖެހި ބޭސްފަރުވާގެ ނަމުގަ ނަމަވެސް ބޭރަށް ދެވުމުންއަމިއްލަޔަށްއަރުވާލެވި ކުރިޔަށްވުރެ ގަދަފަދަކަން ދައްކައި އިހުނައްވުރެއަޑުގަދަ ކުރިތަން ވެސް ފެނިފައިވޭ ހެހެހޭ ނަމަވެސް ކަމެއްވެދާ ކޮންމެ އިރެއްގަވެސް ވީމާ އަވަސް ޝިފާއަކަށް އެދެން

    13
    1
  4. އިލްހާމް

    މިވެސް ދެން ހަބަރެ

    7
    1
  5. ވާދޫ ދަންނަކަލޭފާނު

    މާގިނައިން ބޮވުނީ ކަމައް ވަނީ...

    9
    1
    • އަންހެން ކުއްޖެއްދައްކާ

      ރީތި އަންހެން ކުއްޖެއް ދައްކާ އޭރުން ސީރިއަސްކަން ފިލާނެ. ވެދާނެ ޖަގު އަނބި ޖަގަޑާ ހެދީ ކަމަށްވެސް.

  6. Anonymous

    ބައެއް މީހުންގެ ބަލި ފެށެނީ ބޮޑުކަމެއް ކުރަން ވީމަ ނޫނީ ކަމެއް ދިމާވީމަ. އެގޮތުން މީނަވެސް ޖަލަށް ވަންނަންވީމަ ކޯޓްތެރެއަށް ހޭނެތިގެން ވެއްޓުނު. މިވަރު މީހުން ރާއްޖޭގެ ވެރިކަމަށް އަރަން ފައިނަގަނީ.

    12
    1
  7. Anonymous

    ރިސޯޓުން މާރީތި އައިޝާއެއް އަނެއްކާވެސް ފެނުނީހެން ހީވަނީ. ޒުވާން އަންހެން ކުދިންނާހެދި ހޭބަލިވެއްޖެ މީހަކަށް ރަނގަޅު ސިއްހަތެއް ނުލިބޭނެ.