މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިއްގަރުގެ އުތުރުފަރާތުގެ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިއްގަރުގެ ތަރައްގީ އަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ކަމަށެވެ. އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ، ޚިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި މިކުރެވުނު މަސައްކަތުގައި ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް މިއޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއިއެކު ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިންބޭނުން ކުރާނެގޮތް ކައުންސިލުން ކަނޑައެޅުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ދިއްގަރު ރައްޔިތުންގެ ފަރާތުން ވަނީ ހާއްސަ ހަނދާނީ މޮޑެލްއެއް ރައީސް އަށް ވެދުމަށް އަރުވާފައެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ. ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިދެ މަޝްރޫޢުގެ އަގަކީ، 121.1 މިލިޔަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަރީ

    ތިއީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް ދޭ ސަރުކާރު. ޗަސްމީނަށް 2 މިލިޔަން ރުފިޔާ ގެ މުސާރަ އަހަރަކު. އިންސާފަކީ ދަންނައެއްޗެއް ނޫން.

  2. އަހުމަދް

    ރައްޔިތުންނައް ކޮއްދޭ ވެރިކަމެއް ވީމަތޯ ދީނައް މަސައްކަތް ކުރާ މީހުން ހައްޔަރުކޮށް، ލާދީނީ މީހުނާއި އެއްޖިންސުން ގުޅުން ހިނަގާ މީހުން ދޫކޮއްލަނީ؟ ރައްޔިތުންގެ ނަމުގައު ބޮޑެތި ދަރަނި ނަގާފަ ގާތް ބޭފުޅުންގެ ދަރިން ކޮމިށަންތަކުގަ ބަހައްޓާއިގެން ކޮންމެ މީހަކަށް ލައްކައިން ދެނީ؟ އެމްޑީޕީއާއި އެމީހުންގެ ވާގިވެރިން ސިޔާސީ ދާއިރާއިން ބޭރުކުރަންޖެހޭ

  3. ހހް

    ރައްޔިތުނައް ކޮއްދޭ ބަލާވެރިކަމެއް.

  4. ކަހުރަބު

    ތީ ޝިރްކް އިންޑިއާއަށް ކޮށްދޭ ޤާތިލް މޯދީގެ ވެރިކަމެއް

  5. ރެޑް ކުރޮސް

    މިއީ ސިއްކަ އިސްމާއިލް އަށް ކޮއްދޭ ވެރިކަމެއް

  6. ހޭބޮލި

    ރައްޔަތުންނަށް ވެރިކަން ކޮށްދޭން ދޯ ގޮތްނޭގޭ ބޮޑެތި ޑީލްތަކާއި އެގްރީމެންޓްތަށް ހަދާ ފައިސާ ސްވޮޕްކޮށް ފައިސާ ޖަހާ އިތުރަށް ވައްކަން ކުރަނީ

  7. ޙަސްރަތް

    ވަގުން ވަގުންނަށްޓަކައި ހިންގާ ވަގުންގެ ސަރުކާރެއް! ކުއްވެރިން ކުއްވެރިންނަށްޓަކައި ހިންގާ ކުއްވެރިންގެ ސަރުކާރެއް! އެހެންމީހުނަށް ވަގަށް ގޮވަމުން ވެރިކަމަށް އައިސް މުޅުގައުމު ވިއްކާ ކައި ހުސްކުރާ ސަރުކާރެއް!

  8. ބިޒް

    ވިޔަފާރިވެރިން އެކަނިތަ ރައްޔިތުންނަކީ

  9. އިސްޢާފް ސަލީމް

    ރައްޔިތން ބުނެގެންތަ ރައްޔިތުން ތިޔަ ހަނާކުރަނީ؟ ލަދެއްވެސް ނުގަންނަ މީހެއް

  10. މާލޭ ރެފިއުޖީ

    ކޮބާ ދިއްގަރު ރައްޔިތުންގެ އެކަނި ޓެކްސް ފައިސާއިން ދޯ ތި ހިއްކީ. ހާދަހާވާ ގިނައިން ޓެކްސް ދައްކާ ރައްޔިތުން އުޅޭ ރަށެކޭ ދިއްގަރަކީ މަހުވޭ!!!

    މިދެ މަޝްރޫޢުގެ އަގަކީ ހަމަ އެންމެ 121.1 މިލިޔަން ރުފިޔާއެވެ.

  11. އަލީ

    ހުސް ދޮގު.

  12. ޏަފުސީ54

    ޢިބުރަަހިމާވެރިކަންކުރަނީ ރައްޔިތުންނަށް އަމިއްލައަށް ކޮންވެރިކަމެއް ކުރެވެނީ ކިހިނެތް ހިޔާނާތް ވުން މައްސަލައަކީ

  13. އަފޭ

    އެހެންވެދޯ ތަކެތި އަތް ނޮފޯރާ ހިސާބައް ގެންގޮސް ރަތްޔިތުމީހާ ލޫޓުވަމުން ތިގެންދަވަނީ

  14. ލޯބިވާ ވަޠަން

    ތީ ބަލާވެރިކަމެއް. މުންކަރާއްތައް ނަހީކުރާ މީހުން ހައްޔަރުކޮށް ލިވާޠުކުރުމާ މީހުން މެރުމާ ވައްކަމާ ފޭރުން އެތައް ގުނައަށް އިތުރުވީއިރު ވެސް އަޅަނުލާ ތިބެނީ ރައްޔިތުންނަށްޓަކައިަ؟

  15. ހޭލާ

    މިސަރުކާރުގެ ތަރައްގީ ސިފަވަނީ މިފަސްގަނޑަކީ އަޅުގަނޑުމެންގެ މަންމަ ރައްޔިތުންނަކީ އެމަންމަގެ ދަރިން މިސަރުކާރުގެ ތަރައްގީ މިކުރަނީ އިންޑިޔާގެ ޓަކޫރުން ފަގީރު އަވައްތަކަށްގޮސް ގޭގެއަށްވަދެ އެގޭ ފިރިހެންމީހާބަދެފަ ދަރިންކޮޅު ރޯންފެށީމަ މެޓައެއް އެޕޯލޯއެއް ދިފަ ގޭގަތިބިއްޔާ ތިބި އަންހެނަކު ރޭޕްކޮށް ގަޔަށް އަރާ އުސޫލުން ގެންނަ ތަރައްގީ އަތޮޅު ތެރޭ ވާނުވާނޭގޭ ހާލުގަތިބި ރައްރަށަށްގޮސް އިންޑިޔާއިން ބޮޑް އިންޓަސް ލޯނުނަގާ އެލޯނު އިންޑާގެ ކުންފުނިތައްލައްވާ ނުއަގުގަ އިންޖީނުގެއް ފަޅުގަ އެއްގަމުތޮށިގަނޑެއް ނަރުދަމާ ހެދުމުގެ ނަމުގަ ރައްޔިތުން ލޮލުގަ އަދުން އަޅުވާ ގައުމު ފޭރި އިންޑިޔާގެ އަޅުވެތިކަމުގެ ދަންތުރާގަ ގައުމު ފަނާކުރަނީ ތަންދޮރު ދަންނަ ރައްޔިތުން މިތިބި މިވެރިކަމަކީ ގައުމު ފަނަކުރާ ބެއްކަން ދަނެގެން އެހެންވެ މީސްކޮޅު މަދު އާބާދީތަކަަަށް ސޯލިހު ގޮސް ގައުމު އިންޑިޔާގެ ދަންތުރަގަ ޖައްސަނީ