ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ ޓޫރިޒަމާބެހޭ ޤާނޫނަށާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަންށެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.
ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމިއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވަނިކޮށެވެ.
ރާއްޖޭގެ ޖީއެސްޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފް އިން މިދިޔަ މަހުގެ 16 ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫނެވެ.
މި ރިޕޯޓްގައި މިގޮތަށް ލަފާ ދީފައި ވަނިކޮށް، އަންނަ އަހަރު ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމީ ކީއްވެތޯ ދެންނެވުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ ރިޕޯޓް ތައްޔާރުކުރި ފަހުން އިގްތިސާދީ ހާލަތު ބަދަލުވެފައިވާ ކަމަށާއި އޭގެ ފަހުން ރަޝިޔާ/ ޔޫކްރެއިންގެ ހަނގުރާމަ ވެސް ފެށި އޭގެ ނޭދެވޭ އަސަރުތައް ވެސް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓަކީ ވެސް ސަރުކާރުން އެދިގެން ހޯދާފައިވާ ލަފައެއް ކަމަށެވެ.
އަންނަ އަހަރު ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އަށް 10 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް މަޓާޓޯއިން ވެސް ވަނީ ބުނެފައެވެ.
ބޭކާރު ޚަރަދުތަކާ ދައުލަތުގެ މާލިއްޔާއިން ވަށްކަން ކުރުމާ ގެއްލިފައިވާ އެއްވެސް ފައިސާއެއް ނުޖޯދާ މަހުޖަނުންގެ އަތުން ދައުލަތަށްލިބެންޖެހޭ އެއްވެސް ފައިސާފޮށްޗެއްވެސްނުހޯދާ ސިޔާސީ މަގާމުތަކާ އެންބަސީތަކުގައިތިބި މީހުންނަށްދޭ މުސާރައިން އެންމެފައިސާ ފޮށްޗެއްވެސް މަދުނުކޮށް މިސަރުކާރުން ކރާކަމަކީ ރައްޔިތުން ފެލައި ޒުވާނުން ޖޫރިމަނާކޮށް ރައްޔިތުން ހާލުގައި ޖެއްސުން!
ބަލަ ޓުއަރިޒަމުން ލިބޭއާމުދަނީ މަދުވަނީ ފަގީރުމީހާއަތުން ދާވަރު ސަރުކާރުން އަދިއަމިއްލަމީހުން މުސާރަބޮޑުކީތަ؟؟ ބަލަ މިހާރުވެސް ރިސޯޓް ތަކުގެ މަހުޖަނުން ސަރުކާރައްދައްކަޖެހޭ އެކާވީސް ބިލިއަން ނުވަތަ ބާރަބިލިއަން ނުދައްކާ ފަގީރުމީހާ ދައްކާ ޖީއެސްޓީކޮޅުވެސް ކާލަނީ މިހެރީމިގައުމުގެކަންތަހުރިގޮތް ކަޑުގެހުކުން ބަލަ ދެހާސްތޭވީސް ހިޔާފުލެޓާ އެކު ރައީސްޔާމީނު ކުލިކުޑަވާނެ ފުލެޓް ހަދައްދިޔަފައިސާދޭނެ ގައުމުނުވިއްކާނެ ގަޓްހުންނާނެ ގައުމުސަލާމަތްކުރޭ ރައްޔަތުންބިރުވެރިކަމުގާ އިންސާފު ނުލިބޭ؟؟ ހަޒާހުސްކޮއްލާފި ބަހާލާފި ހިޔާނާތް ހުރަގެ އަދަގޮޑި؟؟
ރައޔިތުން ފެލާލުމުގެ ހިތި ފެންނާނެ
ދަރަނި ނަގާވަރު ކުޑަކޮށް ވެސް މަޑުޖައްސާނުލާނެބާ؟ރައްޔިތު މީހަގެ ޖީބަށް ލުއިވާނެގޮތަކަށް ކޮންމެ ކަމެއް ވެސް ކުރުމުގެ ކުރިން ވިސްނާލާނަމަ ؟
" ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވަނިކޮށެވެ."
އައިއެމްއެފުން މިހެން ބުނީމަ އަމީރު މިބުނަނީ ނޫނެކޭ ތިމަންނާމެން ޓޭކްސް ބޮޑުކުރަނީ އޭ އޭގެ މާކުރިން މި ރަޝިއާ ޔޫކްރޭން ހަގުރާމަ ކުރާތީ އޭގެ ނޭދެވޭ އަސަރު އެބަ ކުރެއޭ. ބަލަގަ މިހިރަ އަމީރޫ. ކަލޭ އަށް އިގޭތަ ކަލެއަށް ތިޔަ ކިޔޭ އެއްޗެއް ބުރާންތިވިއަސް ބޮޑުވަރޭ ކަލޯ. ކޯއްޗެއްތަ އޮޅުވާލަން ތިޔަ އުޅެނީ؟ 2023 އަށް ކެމްޕޭން ކުރަން ރައްޔިތުން ފެލާނެ ގޮތެއް ހޯދަނީ ހަމަ. އެއީ ހަގީގަތް.
ކަލެއަށް އެބަ އިގޭތަ ރަޝީއާ ޔޫކްރޭން ހަގުރާމައިގެ ސަބަބުން ތެލާ ގޭހާ ދުނިޔޭގެ އަގު ބޮޑުވެގެންކަން އެއްޗިސް އަގުބޮޑުވަނީ ނުވަތަ އަގުތައް އިންފުލޭޓު ވަނީ. ދެން ރާއްޖެ ކަހަލަ ހުރިހާ އެއްޗެއްހެން އިމްޕޯޓުކުރާ ގައުމެއްގައި އޯލްރެޑީ އެއްޗިސް އަގުބޮޑުކޮއް ލިބޭ އިރު އިތުރަށް ޖީއެސްޓީ ނެގީމަ ރައްޔިތު މީހާ ކުރަންޖެހޭ ހަރަދު ވާނީ ބޮޑު. މިހިރީ އަޅޭ ގުރޭޑް 8 ގެ ކުއްޖަށްވެސް އިގޭހާ ސިމްޕަލް އެއްޗިސް. ދެން މިހާލަތުގއި ޓުވަރިޒަމް ޓެކްސް އަގުބޮޑުކުރީމާ އަދި ކިހިނެތް ވަނީ؟ އޭރަށް ވާ ގޮތަކީ ގެސްޓު މީހާ ދައްކަން ޖެހޭ އެތި ބޮޑުވަނީ. އޭރަށް އެމީހާ ހޯދާނީ ރާއްޖެއަށް ވުރެ އަގު ހެޔޮ ގައުމެއް ޗުއްޓީއަށް ދާން. އޭރަށް ދައުލަތަށް ޓެކްސުގެ ގޮތުގައި ލިބޭ އާއްމުދަނީ ވެސް މަދުވީ.
އަދި ކޮބާ މީގެ އެންމެ ބޮޑު އަސަރު ކުރާނީ ޓުވަރިޒިމް ދާއިރާގެ ކުދި ވިޔަފަރިތަކަށް ގެސްޓު ހައުސް ކަހަލަ. ރިސޯޓު މަހުޖަނުންނަށް ވިއްޔާ އެތިބީ އެމީހުންނަށް ސަރުކާރުން ރިސޯޓު ކުލިވެސް ކުޑަކޮއްދީފައި. ހިތައް އެރީމަ އެވެސް ނުދައްކާ އެބައިގަނޑު އެތިބެނީ އެކަމު މީރާއަށް ކަހެރުވަކެކޭ ވެސް ހީނުވޭ.
ރައްޔަތުން ފެލުމުގާ ވަރަން ހިތާކަޔާއެކު ބުނެލަން އޮތީ ދެއް ތިމީހުމަން މަގޭ ވޯޓް ގެއްލުނީއެ މަވާ ސަލާމް މިހާރު ދެރަވޭ ކަލޭމެނަންވޯޓް ދެވުނީތީ
2023 ހަދާން ނައްތާލާ
މިކަން ކުރަންޖެހޭނެތާ ވޯލްޑް ބޭންކުން ބުނީ ތަސް އަށް މުސާރަ ދިނުމަށް ރައްޔިތުން ފެލުމަށް.
ޓެކުސް ބޮޑުކޮށްގެން ސަރުކާރު ހިންގޭތޯބަލާތި ރަށްޔަތުން ފެލާ ސަރުކާރު.
ވޯލްޑްބޭންކުން ބުނިހުރިހާ ވާހަކައް މިސަރުކާރަކުންހާމައެއްނުކުރެއެވެ. ބޭންކުންއާދޭސްކުރި ލޯންއެވަރަށް ނުނަގަން އަދިރިސޯޓުތަކުގެ ކުލިބޮޑުކުރަންވެސް ބުންޏެވެ. ނަމަވެސް މިސަރުކާރުން ބޭނުމެއްނުވޭ ރިސޯޓުއޯނަރުން އަތުންޓެކްސްނަގާކަށެއް ސަބަބަކީ ގާސިމުރިޅިއައިސް ކޯލިޝަނުންވަކިވީމަ އިބޫއަށް ވެރިކަމުގައެއްނުހުރެވޭނެއެވެ. ދެންއޮތްގޮތަކީ ރައްޔިތުންފެލުމެވެ. ދެންވެލައިގެން އެބުނާތަރައްގީއެއް އެގެންނަނީވެސް އެގެންނަތަރައްގީއަކީވެސް ފާޚާނާއެއް ބެހެއްޓުން ލޯންޗެއްގެ އިންޖީނުއެޅުން ކަހަލަ ކުދިކުދި ކަންކަމެވެ.