ދަރިމައި ނުވާ މީހުންނަށް ފްލެޓް ލިބުން މަހުރޫމުވާތީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިމްތިޔާޒް އެގޮތަށް ވިދާޅުވީ ދަރިމައިނުވާ މީހުންނަށް އާސަންދައިގެ ދަށުން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރަށް ކުރި ބަހުސްގެ ތެރެއިން އެވެ.

އިމްތިޔާޒް މިއަދު ވިދާޅުވީ ދަރިމައިނުވާ މީހުން ތަހައްމަލުކުރާ އެއްކަމަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށެވެ.

އެގޮތުން ބޯހިޔާވާހިކަން ހޯދަން ފްލެޓްތަކަށް ހުށަހަޅާއިރު ދަރިމައިނުވާ މީހުންނަށް ވަރަށް ބޮޑަށް ގޮންޖެހުންތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ފްލެޓު ދިނުމުގައި ޕޮއިންޓްދޭ އިރު ޕޮއިންޓް އިތުރުވަނީ ދަރިން ގިނަވުން ނުވަތަ ދަރިއަކު ހުރުންކަން އިމްތިޔާޒް ފާހަގަ ކުރިއެވެ.

"އެހެންވީމާ މިގޮތަށް ދަރިން ނުލިބުމުގެ ސަބަބުން އެ ޕޮއިންޓް ނުލިބި އެ ހައްގެއް ނުލިބޭ. އަދި ހަމަ އެއާއެކު އެކަމަށް ދެން އޮތް ހައްލު ހޯދުމަށްޓަކައި އާސަންދައަށްދާ އިރު އާސަންދަ ހައްގެން ނުވޭ. އެހެންވީމާ ވަރަށް ދެރަ ހާލަތެއްގައި ވަރަށް ބަދު ނަސީބު ހާލަތެއްގައިވާ ކެޓަގަރީއެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފާހަގަ ކުރެވެނީ." އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ ކޮވިޑްގެ ހާލަތުގެ ކުރިން ބޯހިޔާވަހިކަމުގެ ޝަރުތު ކަނޑައެޅުމަށް ހައުސިން މިނިސްޓްރީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު ހަފްތާތަަކަކަށް ދެމިގެން ދިޔަ ބައްދަލުވުންތަކުގައި ވެސް އެކަމަށް ހައްލެއް ހޯދަން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

"އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ފްލެޓަކަށް އެދި ހުށަހަޅާއިރު ދަރިޔަކު ހުރުން ނޫނިއްޔާ ދަރިން ގިނަވުން އެއީ ޕޮއިންޓް ގިނަވެގެން ގޮސް ދަރިން ނުލިބޭ މީހާ މަހުރޫމުވާން ޖެހޭ ސަބަބެއްގެ ގޮތުގައި އެ ޕޮއިންޓް ގިނަ ވެގެން ގޮސް އޮތުން އެއީ ރަނގަޅު ގޮތަކަށް ނުވެދާނެ. މިސާލަކަށް ދިހަ ބާރަ ފަނަރަ އަހަރު ވަންދެން އިނދެގެން އުޅޭއިރު ދަރިއަކު ނުލިބި ހުރުން އެއީ އާއިލާއަކަށް ބަދުނަސީބު ކަމަކަށް ވަނީ. އެހެންވީމާ ބޯހިޔާވަހިކަމުން މަހުރޫމް ނުވާނެ ކަމަށް އަޅުގަނޑު ފާހަގަ ކުރަން ބޭނުންވަނީ" އިމްތިޔާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ދަރިމައި ނުވަނީތޯ ! ބޭސްފަރުވާ ލިބިގަންނަންޖެހޭ ކަންކަމަށް އާ ސަންދޮކުން ބޭސްފަރުވާ ލިބޭނެ ! ފުލެޓްވެސް ލިބޭނެ !

    2
    4
  2. Anonymous

    ބޭސްފަރުވާ ލިބެންޖެހޭ ކަންކަމަށް އާސަންދޮކުން ފަރުވާ ލިބެންވާނެ !

  3. ކުލަ

    ދަރިމައިނުވާ މީހުންގެ ވާހަކަ ބާއްވާށެވެ! ކޮބާ މަގޭ ދަރިންގެ ހައްގު

    6
    8
    • އަންތަރީސް

      މީ ދިވެހީންގެ އަމިއްލަ އެދުން ބޮޑުމިންވަރު...

      9
      2
  4. ިމުހައްމަދު

    ކޮންމެ މީހަކު ބުންޏަސް ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް. ބޯހިޔާވިކަން ދިނުމަށް ދަރިން ތިބުން، މީހަކާ އިދެގެން އުޅުން ޝަރުޠު ކުރުމަކީ ނިކަމެތި ކުރުމެއް. ފުރަތަމަ ޝަރުޠަކަށް ވާންވީ ރައްޔިތެއްތޯ ބޯހިޔާވަހިކަމެއް ނެތި އުޅޭތާ އުމުރުން ކިހާދުވަހެއް ވެއްޖެތޯ. މި ދެ ޝަރުޠަށް 75 ދީފައި ބާކީ ހުރި ބައިތަކަށް ޕޮއިންޓް ދޭނަމަ ބޯހިޔާވަހިކަމެއް ނުލިބިގެން އުމުރުން 50 އަހަރު 60 އަހަރު ވާއިރު ނިކަމެތިކަމާއެކު އުޅޭކަން ނުޖެހޭނެ. ބޯހިޔާވަހިކަމެއް ނުލިބިގެން ސަލާންޖަހާކަށް ނުޖެހޭނެ.

    21
    1
  5. މީހާ

    ތެދެއް ތިހެން ތިކަން އޮންނާތީ އަހަރެމެންގެ ވެސް އަދި ކުއްޖަކުނެތީމަ މި ތި ބެނީ ރަށުންވެސް ގޯއްޗަކަށް ކުރިމަތި ނުލެވިފަ. ދަރިން ތިބި މީހުން ވަކި ދިރިއުޅުން އުޅެން ބޭނުންވާ ފަދައިން ދަރިންނެތް މީހުންވެސް ބޭނުންވާނެ ވަކިން އަމިއްލަ ދިރިއުޅުމެއް އުޅެން. ދަރިން ލިބުމާ ނުލިބުން އެއީ ﷲ ގެ ކުޅަދުންވަންތަކަން. އެމީހުންނަށްވެސް އެހެން މީހުންނަށް ހައްގުވާ އެއްޗެއް ހައްގު ވާންވަނެ. އެވެސް ދިވެހި ރައްޔިތުން

    24
    • ސަނާ

      މީދެން ކާކު، ދަރިމައޭ ގޯއްޗޭ ކަންބޮޑުވުމޭ ކިޔަން.. ފައްޔާޒައް ވަގައް ގޮވިޔަސް ފައްތާޒު އޮންނާނީ ހޮވާފަ. އަދި ބަރުލަމާނީ އެންޑް ބޮޑުވަޒީރު އޮންނާނީ ޗޮކުން ދުއްވާލާފަ.. ކަލޭ ކަންބޮޑުވިޔަސް ހެޔޮ..

      3
      3
  6. ފާއިޒު

    ސާބަސް! ތިމާ އަކީ ރައްޔިތުންގެ އިޙްސާސް ތަކާއެކު ވާ މީހެއްކަން ހާމަކުރަން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަ ދައްކާތި. އޭރުންތާ ދެން އަންނަ އިންތިޚާބެއްގައިިި ވެސް ހޮވޭނީ. ކަމެއް ބޭނުންވާނެ މީހުންނާއި ބޭނުންވާނެ ކަންކަން ވެސް ވިސްނައި ނުލެވޭތީ ހަމަ އާޝޯޚްވެއްޖެ. ބަލަ ދަރިން ތިބި މީހުނަށް ފްލެޓް ދީފައެއް ނޫންތަ އެނޫން މީހުންނަށް ދޭންވީ. ހުސް ދެމަފިރިއަކަށް 1 ކޮޓަރިން ފުދިދާނެ. ނަމަވެސް ދަރިއެއް ހުރި ނަމަ އިތުރު ކޮޓަރިއެއް ދެ ޖިންސުގެ ދަރިން ތިބިނަމަ ތިންވަނަ ކޮޓަރިއަކަށްވެސް ބޭނުންވާނެ. ކޮބައިތަ ކިޔެވިއިރު ލިބުނު ފިލާވަޅުތައް.
    ބޯ ހަލާކު

    4
    3
  7. އާވިމް

    އެހެން ވީމާ ހުރިހާ އެންމެއްނަށް ވެސް ދޭންވީ. އިންތި މީ ވާނުނާ ނޭގޭ މީހެއްތަ؟ މިއުޅެނީ 2023 ކުޅިގަނޑު ފަށައިގެން. ނުވާނެ، ނުވާނެ، ނުވާނެ. ވަރިހަމަ ކުޑަކުދިންނަށް ފްލެޓް ލިބޭގޮތް ހެދިޔަސް.

    4
    1
  8. ހުސައިން803

    ވަރަށް ދޯހަޅި އުސޫލުތައް ހުރޭ. މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުން. މާނައަކީ ރާއްޖެތެރޭ މީހާ މާލޭމީހާއަށް ކުދިދައްކައިގެން އެންމެ މަދުވެގެން 15 އަހަރު އުޅުން. ނޫނީ ސަރުތު ހަމަނުވުން. މާލޭގައި ވަޒީފާ އަދާކުރުން . ކޮންމެ މީހަކީ މާލޭގެ އޮފީސްތަކުން ވަޒީފާ ލިބޭ އަދި އަދާކުރާ މީހަކަށް ނުވެދާނެއެވެ. އެކަމަކު އެމީހާގެ އާއިލާ ދިރިއުޅެނީ މާލެގައިކަމުގައި ވުމާއި އޭނައަށް ލިބޭހުރިހާ އާދަނީއެއް ހަރަދު ކުރަނީ މާލެއަށެވެ. މިމީހުންގެ ސަރަތުވެސް ހަމަނުވެއެވެ. މިަކަހަލަ އެތައްކަމެއް އެެބަހެއްޓެވެ.

    2
    1
  9. ކޮބާ

    ފުލެޓުލިބުނު މީހުންގެ ފުލެޓް

  10. ޔާރާ

    ފުލެޓުލިބުނު މީހުންގެ ފުލެޓް

  11. ޙަލަސް

    ސުކުރިއްޔާ ހަސަން. ތެދެއް އެކަނިވެރިމަޔަކަހް ނުވިޔަސް އެކަނިވެރިން އެބަތިބި ދަރިއަކު ނެތްމީހުން އެބަތިބި. ޢެމީހުންނާ އަޅާލަަނެ މީހަކު ނުހުންނާނެ ބޯހިޔާވަހިކަން ލިބެންވާނެ. ޢެއްކޮޓަރީގެ އެޕާޓްމެން ހުނނަންވާނެ.

  12. ޕޮގުބާ

    ތީގެ މީހަކަށް ކަމެއް ވާނެތަ

  13. Anonymous

    ދެން ދަރިން ތިބި ބޯހިޔާވަހިކަމެއް ނެތްމީހުން ނޯ... ޝަރުތު ހަމަވެަމަވެޔޯއް ފުލެޓެއް އަދި ބިންކޮޅެއް ވެސް ނުލިބޭ ... ވަކިމުއްދަތެއް ވަން ދެން އެތަނެއްގަ ނޫޅޭތީޔޯ... އުޅޭނެ ތަނެއް ނެތިގެންއެކި ތަން ތަނުގަ އުޅޭ އިރު އަޅެ އެބުނާ ދިގު މުއްދަތުގަ އެހެން ތިބެވޭކަށް ނޯންނާނެ ނު...އަސްލު އޮންނަ ޝަރުތު ތަކަކީ މީ ކަންނޭނގެ ...އެއީ މުއްސަދި މަހުޖަނަކަށް ވުން ... ނޫނީ ސިޔާސީ މީހަކަށް ވުން... ނިކަމެއްޗަކައް ނުވުން .ގިނައިން ގެ ދޮރު ހުރުން ނުވަތަ ކުއްޔައް ވެސް ގެދޮރު ގަނެވޭނެ ފެންވަރު ހުރުން... މައިންބަފައިން ގެ ގެދޮރު ހުރި އަދި ދަރިން ނާ ދަރިންގެ ދަރިންނަށް ވެސް ވާ ވަރައް ގެދޮރު ބައްކޮށްގެ ްްތި ބި ބައެއް ކަމުގާ ވުން..