މޯލްޑިވްސް ރިފޯމް މޫމްމަންޓް (އެމްއާރުއެމް)އިން އެ ޕާޓީގެ ގޮފިތައް ހަދަން ހުޅުވާލައިފި އެވެ.

އެމްއާރުއެމްއިން ނެރުނު ބަޔާނުގައިވަނީ އެ ޕާޓީގެ މެމްބަރުންގެ މެދުގައި ޕާޓީގެ ރޫހް އާލާކުރުމާއި ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕާޓީގެ ގޮފިތައް ހެދުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީން އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރަށު ގޮފި އަދި ހާއްސަ ގޮފި އުފައްދާނެއެވެ.

އެމްއާރުއެމްގެ އާއްމު ގޮފިތަކުގެ ގަވައިދު ބުނާގޮތުން ރަށު ގޮތްޕަކީ ރަށެއްގެ އިދާރީ ދަފްތަރުގައި ހިމެނޭ މެމްބަރުން އެރަށަކަށް ނިސްބަތްކޮށް ހަދާ ގޮފިތަކެވެ.

އެގޮތުން އެރަށެއްގައި އުފައްދާ ގޮތްޕަކަށް އެރަށަށް ނިސްބަތްވާ ނަމެއް ކިޔަންވާނެ އެ ގަވައިދު ބުނެ އެވެ. އަދި ހާއްސަ ގޮފިތަކަކީ ވަކި ފަންނަކަށް ނުވަތަ ހުނަރަކަށް ނުވަތަ މަސައްކަތަކަށް ހާއްސަކޮށްގެން އުފައްދާ ގޮފިތަކެވެ. އަދި ކޮންމެ ގޮތްޕެއްވެސް ހިންގުމަށް ނުވަ މެމްބަރުންގެ ހިންގާ ކޮމެޓީއެއް އޮންނަންވާނެ ކަމަށް އެ ގަވައިދު ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގޮޅާ

    ފޭލި ވާނި

  2. މުހައްމަދު އަންޖުމް

    ތިޔައީ މަރުވެފަހުރި ގަހަކަށް ފެންދިނުން ކަހަލަ ކަމެއްނު މޮޔަވެފަތިބި ބަޔަކަށް ފެނިދާނެ ތިޔަބުނާ ގޮފިތަކެއް ފަޅާތަން ހެހެހެހޭ

  3. އޭބީ

    ލ.ކުނަހަންދޫއަށް ލޮނުއެރުން ހައްލު ކޮއްދެވެން އޮތް ގޮތަކައް ހައްލު ކޮއްދޭން ހުޅުވާލަން.

  4. ފޯކައިދޫ އިބްރާ

    އަދިވެސް ގޮފިހަދައިގެން އަނެއްކާވެސް ވެރިކަމައް އާދެވޭތޯ އިތުރައް ރައްޔިތުން އަޅުވެތިކުރަން އެދިގުރާސްތާ 30 އަހަރ ހިންގި ކަންތައްތައް ހަދާންވެފައި އެމްއެސްގައި އޮއްކަމައްބުނާ 98 އާގްބޯޓް ހުދުކާފޫރައްވީ ދޭތެރެދުރުކޮއް 4 ޖީލްނައތާލީ ރައްޔިތުން މީހަކާއިދެގެން ކުއްޖަކު ހޯދަފާނެތީ ގޯތިނުދީ ފުލެޓް އަޅާކުއްޔައް ދޭންފެށީ 18 އަހަރުނުވަނީސް ކައިވެނިނުކުރެވޭ ގޮއްހެދީވެސް މިގައުމުގައި އާބާދީ ދައްކޮއް ރައްޔިތުންގެ ހައްގުތައް ހަނިކުރީ މިހެންކިޔާކޮޅުންނުލާނެ އޭސަހަރޯ

  5. އިސްޢާފް ސަލީމް

    ޔުމްނާ ހަޅޭލަވާ ގޮފި ، ދުންޔާ ފުރައްސާރަ ގޮފި ، ނާދިރާ ދެއްކޭ ގޮފި ، ދެން ފާރިޝް ހިންގާ ގޮފި. ބަޔަކު ނޫޅޭ މޮޔަވެގެން

  6. މަތަރަސް

    މައުމޫނުދެންވިހާބޮޑުކަމެއްތަ އަދިވެސް ވެރިކަންތަބޭނުމި؟؟ތިރީސްއަހަރުގެ ހުދުމުހުތާރުވެރިކަންކޮއްފައި އެތަބައެއްނުހައްގުންއަނިޔާކޮއް އެއްޖީލް ކޮއްޔާ ޅިޔަނާމައުމޫނާވެގެން ޑުގަރު ވަބާގައުމުގާފަތުރާ އަންހެނުންގެ ރަހިމުތައްހަލާކުކޮއް މިވަރުންވެސް ގޭގައި ރަޖާލާގެން މުސްކުލިވިދުވަހުއަރާމުކޮއްގެންއުޅެންބަލަ ކިހާބޮޑުމުސޭބާތެއް ހެޓިލަރައްވުރެއްނުބައިމީހެތީ؟؟

  7. ދިވެހި ޒުވާނުން

    އަހެރެމެން ބީތާކޮށް ބައިތިއްބާފަ ޕާޓީ އެއް ހަދާ މިއަށާް ގޮފި ހަދަން ހުޅުވީއޭ ބުނާއިރު އަހަރެމެން ޒުވާނުން ހަރުމީހުންގެ ގިނަ މީހުން މިތިބީ މަސްތުންފުރި ހާލުގާ ޖެހިފާ ދެން ކިހެނެއް ގޮފި ހަދާނީ ހެދިޔަސް އަހަރެމެންގެ ލޭބޮއިގެން ޕާޓީ އަށް ލިބޭ ދައުލަތުގެ ފައިސާ ގަޑު ފާރިޝްގެ ޖީބަށް ލިބޭނެ އެކައްޗެއްވެސް ނެން

  8. އިންސާފް

    އެމްޑީޕީ ކޮންގްރެސް ބޭއްވީމަ މޭ ބޮޑުވީތަ؟؟؟