ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީ ވައްކަން ކުރީ އެމަނިކުފާނަށް އެނގިގެން ނޫން ކަމަށާއި އެއީ އެހެން ދެމީހަކު ވެގެން ކުރި ވައްކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ މިރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެއްމައްސަލައަށް ފަހު ދެވަނަ މައްސަލަ އަދި ތިން ވަނަ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް އެމައްސަލަތަކުގެ ހަގީގަތް ސަރުކާރަށް ވެސް އެނގޭނެ ކަމަށެވެ. އެމައްސަލަތަކާއި ރައީސް ޔާމީނާއި ގުޅުވިނަމަވެސް ކަންކަން ހިނގި ގޮތް އޭރު ޕީޕީއެމްގައި ތިބި 50 ވަރަކަށް މަޖިލިސް މެންބަރުންނަށް އެނގޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭކަމަށް ބުނާ 300 މީހުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ވެސް އެކަން ހިނގައިދިޔަ ގޮތެއް ނޭންގޭނެއެވެ.

"އެމްއެމްޕީއާރްސީގެ ވައްކަމުގެ މައުލޫމާތު ރައީސް ޔާމީނަށް ނޭންގޭކަން އެމެންބަރުންނަށް އެނގޭނެ. ތިކަން ކުރީ ދެމީހަކު. ދެން އުޅުނީ ފައިސާ ބަހަން އުޅުނު މީހުން. ލިސްޓްގައި އެއޮތް 300 ވަރަކަށް މީހުންނަށް ވެސް ނޭންގޭނެ މިއީ ކިހިނެއް ހޯދި ފައިސާއެއް ކަމެއް. ފައިސާ ގެންގުޅޭ މީހުން ކައިރިއަށް މީހުން ދާނެ ފައިސާ ހޯދަން. މިއަދު އަޅުގަނޑު ބަޔަކަށް އެހީއެއްގެ ގޮތުގައި ފައިސާ ދީފައި މާދަމާ އެއީ އަޅުގަނޑު ވަގަށް ނަގައިގެން ހޯދި ފައިސާ ކަމަށް ބުނުމުން އެފައިސާ ލިބުނު މީހުން ކުށްވެރިވާނެތޯ؟ އެހެންވާނަމަ ހުރިހާ ދިވެހިން ތިބޭނީ ކުށްވެރިވެފައި." ސަލީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ވައްކަން ކުރީ ދެމީހަކު ކަމަށް ސަލީމް ވިދާޅުވިނަމަވެސް އެދެމީހުންގެ ނަމެއް ސަލީމް ވިދާޅެއް ނުވެއެވެ. ނަމަވެސް އެމްއެމްޕީއާރްސީ ވައްކަން ކުރިކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެވައްކަން ހިނގިއިރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަބްދުﷲ ޒިޔަތު ވަނީ ޝަރީއަތުގައި އިއުތިރާފު ވެފައެވެ. ދައުވާތަކަށް އިއުތިރާފުވެ އެދެމީހުން ވެސް ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ. އެހެންވެ ދެމީހުންނަށް ވެސް އައިސްފައި ވަނީ ކުޑަ އަދަބެކެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތައް ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެރޭވުން ވެސް މޮޅަށް ރާވަން ނޭންގޭ ކަމަށާއި ސަރުކާރަށް "މަކަރާއި ހީލަތުން ވެސް ކަމެއް ކުރާކަށް ނޭންގޭ." ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ގާޒީން ރައީސް ސޯލިހްގެ ވާހަކަ ގަބޫލުކޮށްގެން ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރާއިރު މާދަމާ ވާއިރު ރައީސް ސޯލިހް ހުންނާނެތަނެއް ގާޒީންނަށް ވެސް ނޭންގޭނެ ކަމަށެވެ. އެހެންކަމުން ނުހައްގުން ހުކުމެއް ނުކުރަން ސަލީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީން ފިޔަވައި ގައުމަށް ހެޔޮއެދޭ ލީޑަރަކު ނެތެވެ. "އަޅުގަނޑުމެން ކުރިން ހީކޮށްގެން ތިބީ ބައެއް ލީޑަރުންނަކީ ގައުމަށް އިހްލާސްތެރި ގައުމުދެކެ ލޯބިވާ ލީޑަރުންކަމަށް. ނަމަވެސް ކަމަކާއި ޖެހުމުން މިއެނގުނީ އަމިއްލަ އެދުމާއި ހެދި އެމީހުން ގައުމު މަތިން ހަނދާން ނައްތާލައިފިކަން." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު ސަރުކާރުގައި ތިބި މީހުންނަށް ދެން ދުވަހަކު ވެސް ވެރިކަން ނުލިބޭނެކަން އެނގިއްޖެއެވެ. އެހެންވެ އެފަރާތްތަކުގެ ހިދުގައި ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހަސަދަވެރިކަން އުފެދިފައި ކަމަށް ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދަލޮލް

    އަހަރެމެނައް ހެވޭ ޔާމީނު ކުރިޔަސް ،ކޮންމެ ވެރިކަމެއްގަވެސް ތިބުނާ ކަމެއް ކުރޭ، ދެން ފަޅާއެރުމާ ނޭރުން ވަކި ކަމެއް. އެކަމަކު ސީދާ ފާޅުގާ ދިވެހި ހަޒާނާ ކައިހުސްހުރަނީ މިހާރު އެނގިގެން މިވަރުގެ ބަލާވެރިކަމެއް އަދި ނާދޭ މިރާއްޖެގެ ތާރީހުގަވެސް. ރައްޔަތުންގެ ލާރިންވެސް ކަމެއް ކޮއް ނުދެވޭ ކޮޓަރިން ފާހާނައަށްވެސް ބުރިޖެއްނޭޅޭ، ދެންވެސް ބޭނުމީ ޔާމީނުގެ ވެރިކަމެކޭ އެހެންވެ މިބުނަނީ

    32
    11
  2. Anonymous

    އަދީބު އާއި ހުރިހާ ކަމެއް ހަވާލުކޮއްލާފަ މާބޮޑަށް އިތުބާރު ކުރީމާ ކާންދިން އަތުގަ ދަތްއެޅީ. އެހެންވެ ތާ އެއޮތީ މެސިންގުޅާފަ. މިހާރު މުލުވަގުން ފެނޭތަ ކޮވިޑޭކިޔާފަ ރައްޔިތުން ލޮކްޑައުންކޮއްފަ ގައުމު ދިރުވާލީ އެކަމަކު ވަގޭކިޔާ އަނގަފުޅާކުރާނެ ލަދުނުގަންނަ ރީނދޫ

    33
    6
  3. Anonymous

    ސަލިމްބެއާ އަދީބުއާ ދޯ ވައްކަންކުރީ

    15
    17
  4. ަމަގޭ

    ރަނގަޅޭ ރަނގަޅޭ އެކަކުގެ ގެ އެހެރަ ނަގަނީ ބުރިބުރިއަށް. އަނެކަކު ފިނިކޮޓަރީގަ.

    16
    10
  5. ރަބަރޭ

    އިގޭހާވެސް އެއްޗަކީ ރައީސް ޔާމީނު އަށްވެސް އަދި އެހެން މެންބަރުން ނަށްވެސް ތިޔަ ފައިސާގައި ޖެހެވިފަ އޮތްކަން

    14
    16
  6. އަވަށުމީހުން

    ރަގަޅު.. ރޔާމީނާއި އަދީބުކުރީ..

    19
    16
  7. ފިއްޓޭ

    ސަލީމަށް އޮޅިގެންވެސް ތިބުނެވުނީ ވަރަށްބޮޑު ތެދެއް. ހަމަ ދެމީހުންވެގެން.

    23
    9
  8. Anonymous

    % 100 ތެދު ވާހަކައެއް.

    15
    2
  9. Anonymous

    ފައިސާ ނަގައިގެން އުޅުނުމީހަކު އެފައިސާ މީހުންނަށްދިނީމަ ފައިސާގައި އަތްލެވުނު ބަޔަކަށް އަތްލެވުނީ، ނުދިންންނަމަ އަތެއް ނުލެވޭނެ ދޮތެ؟؟

  10. Anonymous

    "މަގޭ" ކޮމެންޓަށް ބުނެވޭނީ މި މާލޭގައި ހާދަގިނަ ބުރިބުރިއަށް އަޅާފައިވާ އުސް ގެތަކާއި އަޅަމުންދާ ގެތަކެއް ހާދަ ގިނައޭ، ވީއިރު ހިތަށްއަރާ އެ ހުރިހާ ގެތަކީ ހަމަ ޚިޔާނާތްތެރިކޮށް ފައިސާ ހޯދައިގެން އަޅާފައިވާ އިމާރާތްތަކެއްބާއޭ،؟؟ ޙަމަ ރ ޔާމީނަކީ ޚިޔާނާތް ފައިސާއެއް ބޭނުންނުކޮށް އެވަރުގެ އިމާތާތެއް ނެއެޅޭނެ މީހަކީތޯ ނުވަތަ އެމަނިކުފާނަށް ބެންކުންވެސް ލޯނެއްވެސް ނުލިބޭނީތޯ އާއްމު ރައްޔިތުމީީހުންނަށްވެސް ގޭގެ އިމާރާތްކުރަން ލޯނު ލިބޭ އުސޫލުންވެސް؟؟

    8
    1
  11. Anonymous

    "އަވަށުމީހުން" ކޮމެންޓަށް ބުނެލެބޭނީ މިއާޓިކަލް ރަނޅަށް ކިޔާފައިހޭ ކޮމެންޓް ކުރީ؟؟ސަލީމު ފުރަތަމަވެސް ހާމަކޮށްފައިވަނީ ރ ޔާމީނަކީ އެމްއެމްޕީއާރ ޚިޔާނާތުަގައި ބައިވެރިނުވާ މީހެއްކަން މިސަރުކާރުގެ ހުތިހާ ފަތާތްތަކަށްވެސް އިނގޭއިރުވެސް މިއަދުިގެ ސަރުކާރުން ވެރިކަމުގެ ދަހިވެތިކަމުގަ ނުހައްގުން ރ.ޔާމީނު ބޮލުގަ އެއިލްޒާމު އަޅުވައިގެން އުޅޭ ވާހަކަ ނޫންތޯ؟؟ ޢަދި އެވައްކަންކުރި 2މީހުން ފުރަތަމަ ދައުވާގައިވެސް އެވައްކަންކުރިކަމަށް އިގުރާރުގަ ސޮއިކޮށްފައިވާކަމާއި އަދި އެމީހންނަކީ ޒިޔަތުއާއި އަދީބު އާއިކަން މިލިއުމުންވެސް އިނގޭ ނޫންތޯ؟؟ވީއިރި ސަލީމު ބުނެފައި އެބޮއްތޯ 2ވަނަ މީހަކީ ރ.ޔާމީނުކަމަށް ދޭހަވާ އެއްވެސް ވާހަކައެއް، އވަށުމީހާ ރ.ޔާމީނަށް ހަސަދަވެރިވިޔަސް ތަންކޮޅެއް ބޮޑުވަރު ނޫންތޯ؟؟

  12. ދުރެކިއުލާ

    އެކަން ކުރިކަމާމެދު މިހާރު ޝައްކީ. ބޮޑަށް ވައްތަރީ ހުވަފެނަކާ.

    1
    1
  13. Anonymous

    މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !

    3
    1
  14. ބޮޑޭ އަހައްމަދު

    ސަލީމު! އެޑޯލް މިނިސްޓްރީން ވައްކަންކުރި ކިތައް މީހުންކަން ބުނެދީބަލަ!

    3
    1
  15. ބަރުގޮނު

    ސަލީމް ގެ ވާހަކަ އޭގެ ޒާތުގައި ހަމަ ބަރާބަރު. އެ ފައިސާ ނެގި ބަޔަކު ނަގާފައި ، އެފައިސާއިން " ހަދިޔާބަދިޔާ " ކުރުމުން އެ ހަދިޔާ ހިފި ކުދިންނަކީ ، އެފައިސާ ނެގި މީހުންނަކަށް ނުވާނެ. ... ބާރުބާރަށް އަޑުގައި ނެތްތަނަށް " މިދީބުގެ އަދީބޭ " ގޮވަމުން ދުވުނު ކުދިން ޕީ.ޕީ.އެމް ގައި މަދެއް ނުވާނެ.

    6
    1
  16. ދިވެހި ޒުވާނުން

    އެޓޯލްސް ފައިސާއިން މުއްސަދިވި ސަލީމެއްތީ ؟ އެފައިސާތައް ސަލީމް ނެގީ ވަގަށްތޯ ބެލީމާތާ އެގޭނީ އެއީވެސް ވަގު ފައިސާކަން