ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދީފައިވާ ތަރައްގީ ބަލާލުމަށް ގާފިލްކަމުން ހޭލަން ޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރުކުމާ މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެންމެ ފަހުން ނިމުނު ރައްޔިތުން މަޖިލީހުގެ ދައުރުގައި މަޖިލިސް މެންބަރު ކަން ކުރެއްވި ރުކުމާ ވިދާޅުވީ އޭނާ އަށް އެމްޑީޕީގައި ހުރެ ދެއްކުނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. "އޭރު ހުރެވުނީ ގާފިލްކަމުގައި ނިދީގައި." ކަމަށް ވިދާޅުވެ މިރޭ ވެސް ރުކުމާ ވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ރުކުމާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ހަރަދު ކުރި ފައިސާއިން އެވަރުގެ އިތުރު ޓަވަރެއް އެޅޭނެ ކަމަށް ބުނެ އޭރު ރައްޔިތުން ގުނބޯ ހައްދަން ދެއްކުނީ ރަނގަޅު ވާހަކައެއް ނޫނެވެ.

"ހަގީގަތުގައި ބެލުނީ އަވާމެންދުރެއް. ގާފިލްކަމުގެ ނިދީގައި ތިބި މީހުން ހޭލައިގެން ގައުމާއިމެދު ވިސްނާލަން ޖެހޭ. މިހާރު މިހުރި މީހާއަށް ވެރިކަން ކުރަން އެނގޭތޯ ވިސްނާލަން އެބަޖެހޭ. އަޅުގަނޑުމެންނަށް އޭރު ހީކުރެވިފައެއް ނެތް އޭ-380 ރަންވޭއެއް އަޅުގަނޑުމެން ދިވެހިންނަށް އެޅޭނެއެކޭ. އެހެންވެ ޖީއެމްއާރްއަށް އެއާޕޯޓް ދޭން ޖެހުނީ. ދަރުމަވަންތަ ހޮސްޕިޓަލަށް ގޮސް ބަލާލަން އެބަޖެހޭ އެއީ ހޮހޮޅައެއްތޯ ނުވަތަ ސައުތު އީސްޓް އޭޝިއާގައި ހުރި އެންމެ ފުރިހަމަ ހޮސްޕިޓަލްތޯ؟" ރުކުމާ ވިދާޅުވިއެވެ.

ރުކުމާ ވިދާޅުވީ ޑޮލަރަށް އައި ބަދަލު ވެސް ހިސާބު އަކުރުން ކޮންމެ މީހަކު ވެސް އަމިއްލައަށް ބަލާލަން އެބަޖެހޭ ކަމަށެވެ.

ރުކުމާ ވިދާޅުވީ ދިވެހިރާއްޖެ އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވޭނެ ލީޑަރަކީ ރައީސް ޔާމީނެވެ. "ދިވެހިންގެ މިނިވަންކަން އަނބުރާ ހޯދައިދެވޭނީ ރައީސް ޔާމީނަށް. ދިވެހިރާއްޖޭގައި އިސްލާމްދީން ދިފާއު ކުރެވޭނީ ރައީސް ޔާމީނަށް. އެންމެން ވެސް އެބަބުނޭ ރައީސް ޔާމީން ހުރިނަމަ ފާސިގު އަމަލުތަކެއް ނުހިންގޭނެއޭ. އެމަނިކުފާނުގެ ހުންނާނެއޭ ގޮތެއް. މިއީ ހުރިހާ ޕާޓީއެއްގެ ހުރިހާ އެންމެން ވެސް ގަބޫލުކުރާކަމެއް." ރުކުމާ ވިދާޅުވިއެވެ.

ރުކުމާ ވިދާޅުވީ ހަވާ ފަޓާސް ބަރިއެއްހެން ޝަރީއަތް ކުރިއަށް ގެންދާކަމަށް ކުރިން ބުނި މީހުން މިއަދު ހަވާ ފަޓާސް ބަރިއެއްހެން ޝަރީއަތް ކުރިއަށް ގެންދާއިރު ތިބީ އެމަންޒަރު ބަލާފައި އަތް ޖަހާށެވެ. ދައުލަތުން އެއްބަސްވުންތައް ހަދައި، އަދި އެއްބަސްވުންތައް ކެންސަލްކޮށް އަނެއްކާ އާއެއްބަސްވުންތަކެއް ހަދައިގެން ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަން އުޅުނު ނަމަވެސް "ބޭނުންއެއްޗެއް ނުހެދޭނެ." އެވެ.

"ބޭނުން އެއްޗެއް ނުހެދޭނެ. މިއީ އަޅުގަނޑުމެންގެ ވެސް ގައުމު. މިއީ އަޅުގަނޑުމެންގެ ދަރިންގެ ވެސް ގައުމު." ރުކުމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނު މީހުން އިނގިރޭސިވިލާތުގެ އެމްބަސީއަށް ގެންގޮސްގެން އެމީހުން ލައްވައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީގެން ކުރާ ކަމަކީ ދިވެހި ދައުލަތް "އޮރިޔާން ކުރުމެވެ."

ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ހިންގަމުން ގެންދާ ކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވިދާޅުވެ ރުކުމާ ވަނީ ސަރުކާރުގައި ތިބި ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވަރަށް ރަނގަޅުވާހަކައެއް ސަލާމަތުންހުރި ކޮންމެ ލޮލަކަށް ރައީސް ޔާމީނުގެ ތަރައްގީ ފެންނާނެ ، އެ މަނިކުފާނަކީ ދިވެހި ގައުމާ ދިވެހިން ދެކެ ލޯބިވާ ވަރަށް ވަތަނީ ލީޑަރެއްކަން ގަބޫލު ކުރާނެ 2023 ރައީސް ޔާމީނު

    10
    3
  2. ޑައެލޯގް

    ރުކުމާގެ ވާހަކަބަރާބަރެވެ. މިހާރުވާގޮތަކީ އެކަކުއަނެކަކު މިތިބެނީ ޕާޓީވެގެން ޕާޓީއަށް ގުރުބާންވެ އަނެއްޕާޓީގެމީހާއަށް ބޯންދީފައެވެ. ދެން ތިމާގެޕާޓީން ވަރިހަމަ ކޮންމެކަމެއްކުރިއަސް އެއްކަލަ ބޯންދެވުނުމީހާގެ ދަށުވެދާނެތީ ގޮތްދޫކުރާކަށް ބޭނުމެއްނުވެއެވެ. ދެންވާގޮތަކީ ތިމާގެ ޕާޓީން ތިމާއަށްވެސް ގެއްލުންވާގޮތަށް ސަރުކާރު ހިންގިއަސް އަތްޖަހަނީ ގޯސްކަންއެނގިހުރެ އެއްކަލަ ބޯންދިންމީހާގެ ދަށުނުވާށެވެ. މިވަރުވީމަ އެމީހަކަށް އެއްވެސްގޯކަމެއް ތިމާގެޕާޓީއަކުންނުފެންނާނެއެވެ. މިއަށްމިކިޔަނީ ގާފިލުކަމެވެ. ގާފިލުކަމުގެވާހަކަ ގުރުއާނުގައިއޮވެއެވެ.

  3. ިމާލޭ

    ޣާފިލުވެ ހޭނުލެވިގެން އުޅެނީ މާލޭގައި އުޅޭ މާފުށީ މީހެއްް. ޣާފިލުކަން ހުރި ވަރަކީ މާލޭގައި އެކަލޭގެ ހަދައިގެން އުޅޭ ގޭގައި އުޅޭ މީހުންގެ ވެހިކަލްތައް ބަހައްޓަން މިޖެހެނީ މަގުމަތީގައި. އެކަމަކު ގެ ކުއްޔަށް ދީގެން ހިތުހުރި ވަރަކަށް ލާރި އެބަނަގާ.

  4. އިލި

    ރުކުމާ ސަރުކާރާ ދުރައްދިޔައީ މިޔަރު ބޭރުކުރަން ހުއްދަނުދިނީމަ .........އެކަން ފަޅާއެރީ އެއާޕޯޓުން މިޔަރު ކަންފަތް ހިފެހެއްޓީމާ އެކަމާ ރުޅިއައިސްގެން މިކޮޅުބަދަލުކުރީ