ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވަމުން އަންނަ "ވިޔަވެތި" ކޮންފަރެންސްގައި ބައިވެރިވެޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ލ. ގަމަށް ވަޑައިގަންނަވާނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހަތަރު ދުވަހަށް ކުރިއަށްދާ ވިޔަވަތި ކޮންފަރެންސްގައި ރައީސް ސޯލިހްގެ އިތުރުން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ލ.ގަމުގައި ބާއްވާ އެ ކޮންފަރެންސްގައި މިއަހަރު ބައިވެރިވާނީ ދ، ތ، ލ، ގއ، ގދ، އަތޮޅުންނާއި ފުވައްމުލަކާއި އައްޑޫ ސިޓީންނެވެ. އޭނާ ވިދާޅުވީ މި ކޮންފަރެންސްގައި ވެސް އެ ރަށްރަށުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ގިނަ މަޝްވަރާކުރައްވާނެ ކަމަށެވެ.

މި އަހަރު ބާއްވާ ދެވަނަ ކޮންފަރެންސްގައި މަޝްވަރާކުރަން ހަމަޖައްސާފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ؛

- ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން.

- ތިމާވެށި ޕްލޭން އެކުލަވައިލުން.

- މިންތީގެ ހަމަހަމަކަން.

- ވިލުންވެރި މުޖުތަމައުއެއް ބިނާކުރުން

މިއުވާން ވިދާޅުވީ ކޮންފަރެންސް ފެށުމުގެ ކުރިން ހޮނިހިރު ދުވަހު ކައުންސިލްތަކާއެކު ކުޅިވަރު ހަރާކާތްތަކެއް އޮންނާނެ ކަމަށެވެ. އަދި ރަސްމީ ޕެނަލް ޑިސްކަޝަންތަކުގައި އަދި މުޅި ކޮންފަރެންސްގައި ރިޔާސަތު ބަލަހައްޓަވާނީ ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ. .

މިއުވާން ވިދާޅުވީ އިގުތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެސް މި ކޮންފަރެންސް ބާއްވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ހުއްޓުމަކަށް ގެންނަން ސަރުކާރުން ބޭނުންނުވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރޮޅި

    ތިދަތުރުގަ 2ޑޮކްޓަރުން ފިޒިއޮތެރަޕިސްޓެއްވެސް ދިޔަ ވީގޮތެއްނޭގެ ވަރަށް ވާހަކަ