އިންޑިއާ ސަރުކާރުގެ އެހީގައި ތަމްރީން ކުރާ ސިވިލް ސާވެންޓުންގެ އަދަދު 500 އަށް އަރައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާ އިން ދިވެހި ސަރުކާރާ ގުޅިގެން މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން އެންމެ ފަހުން ފޮނުވަން ނިންމި ބެޗާ އެކުގައި އިންޑިއާ ސަރުކާރުން ތަމްރީން ޕްރިގްރާމްގައި ބައިވެރިވާ ސިވިލް ސާވެންޓުންގެ އަދަދު 504 އަށް އަރާފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އިންޑިއާގެ އަމާޒަކީ 1،000 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާ އަށް ފޮނުވުމަށެވެ.

ހައި ކޮމިޝަނުން ވަނީ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މި މަހުގެ 12 އިން 23 އިތުރު ސިވިލް ސާވަންޓުންތަކެއް ފުރާނެ ކަން ހާމަކޮށްފައެވެ. މިއީ ސިވިލް ސާވަންޓުންގެ 16 ވަނަ ބެޗެވެ. މި ބެޗުގައި 37 ސިވިލް ސާވަންޓުން ހިމެނެއެވެ.

"ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް" އިން އިންތިޒާމްކުރާ އެ ތަމްރީން ޕްރޮގްރާމްގައި ވަރަށް ގިނަ ސިވިލް ސާވެންޓުން ވަނީ އިންޑިއާއަށް ގޮސްފައެވެ.

އެ ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ސިވިލް ސާވިސްގެ އިސް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސެކްރެޓަރީ ޖެނެރަލުންނާއި ސިވިލް ސާވިސް ކޮމިޝަނުގެ އިސް މުވައްޒަފުންނަށް ވެސް ތަމްރީންތައް އަމާޒުކޮށްފައިވެއެވެ.

މިއީ، ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެންސީޖީޖީ އާއެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ދެން ތި ހެންވީމަ އާއްމު ޙިދުމަތުގެ ފެންވަރު އިންޑިޔާގެ ފެންވަރަށް ވެއްޓުނީ...ދުނިޔޭގެ ތަ ހުޒީބު ގައުމުތައް ދޫކޮށް ނާތާ ހުޒީބު ޙިދުމަތުގެ އަޙުލާގެނެތް އިންސާނިއްޔަތުގެ އަ ހަމިއްޔަތެ ނޭގޭ ޖާ ހިލު ބައެއްގެ ކައިރިން ތަމްރީނުވެގެން މިގައުމަށް ލިބޭނެ މޮޅެނެތްކަން ސަރުކާރުގެ އިދާރާއަކަށް ވަދެ ޙިދުމަތަކަށް އެދެލީމަ އެގޭނެ..

    11
  2. ޢަލަމްގިރި

    ތަމްރީނު ވަމުންދާއިރު ކެއުމައް ގެރިމަ ހު ރި ހަ ނޫނީ ނުކާތި އަދިބުރުގާ ނާޅާ މީ ހުން ބުރުގާވެސް އަޅާތި

  3. ަައިބޫ

    ކުރީގަ ތަމްރީނަށް ޗައިނާއަށް ފޮނުވި ގޮތަށް މިހާރު އިންޑިޔާ އަށް.

    2
    5
  4. ލޮލް

    މި މީހުންގެ ބޯދޮވެލަން ގެންދަނީ. އިންޑިޔަން ސިވިލް ސަރވިސް މޮޅުކަމުން އޭލިއަނުންވެސް ދޭ ތަމްރީން ލިބިގަންނަން.

  5. ޢަޙްމަދު

    އިންޑއާއިން ތަމްރީނުވުމަށްފަހު ދެން ތި ސިވިލްސާވަންޓުންގެ ގައިގަ އަށަގަނެފައި ހުއްނާނީ އިންޑިއާގެ އޮޓޯ ޑުރައިވަރުންގެ އަޙްލާގެވެ.
    އިންޑިއާގެ އޮޓޯ ޑުރައިވަރުންގެ އަޚްލާގެ އެއްވެސް ދިވެއްސަކަށް އޮޮޅިފައެއް ނޯއްނާނެވެ.

    • ޔާން

      އާނ.. ދެން މިމީހުން އޮފީސް ކެންޓީނުގަ ލައްޑޫ ކައި ތާލީ ތަށިބަރި ގެނެސް ހިންދީ ޑުރާމާ ބަލަންތިބޭނީ.

    • Anonymous

      އެމީހުންގެ ސަގާފަތެއް ހަދިޔާދިނުމުންނޫނީ އެއްވެސްހިދުމަތެްްނުދިނުން ތަމްރީންތައް އެގޮތައްފުރިހަމަނުކޮއްފިޔާ ކިތަންމެހާވެސް ރަންގަޅު

  6. ޝާމް

    ތިއީ ސަރުކާރުތެރޭ އިންޑިޔާގެ ހަންފަތުރައި ޖާސޫސުކޮއް ނުފޫޒު ފޯރުވާނެ މީހުން އުފެއްދުންކަމުގައި ބެލެވެނީ.

  7. ޑައެލޯގް

    މިހާރު މިއެގުނީ ސަރުކާރު އޮފީހަކުން ކަމެއްކުރާނަމަ ރިޝްވަތުނުދީ އެއްކަމެއްވެސް ނުކުރުވޭސަބަބެވެ. އިންޑިޔާއަކީ ރިޝްވަތުގެ އައްޕައެވެ. ރިޝަވަތުދީގެން ނުކުރެވޭއެއްކަމެއްވެސް އިންޑިޔާގައި ނޯންނާނެއެވެ. ވީމާދެން މިކަންދާނީ ފުޅާވަމުންނެވެ. މީގެކުރިންވަނީ ހުރިހައިގާޒީން ގެންގޮސް އެގޮތަސް ތަމްރީނުދީފައެވެ.