އިނގިރޭސި ވިލާތުގެ ރާނީ އެލިޒިބަތު ދޭއް އަވަހާރަވުމާ ގުޅިގެން ރަސްކަމަށް ވަޑައިގެންނެވި ރަސްގެފާނު ޗާލްސްއަށް މޯލްޑިވްސް ރިފޯމް މޫމަންޓު (އެމްއާރުއެމް) އިން މަރުހަބާ ދަންނަވައިފިއެވެ.

އިނގިރޭސިވިލާތުގެ ރާނީ އަވަހާރަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމާ ގުޅިގެން އެމްއާރުއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކިންގް ޗާލްސް އަށް އެމްއާރުއެމް އަދި ދިވެހި ރައްޔިތުންގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ.

މައުމޫނުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ރާނީގެ ހަޔާތްޕުޅަކީ ރަސްގެފާނު ޗާލްސްއަށް ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

ޗާލްސް އަކީ އިނގިރޭސިވިލާތުގެ ރަސްކަން ލިބިވަޑައިގެންނެވި އެންމެ ދޮށީ ބޭފުޅާއެވެ. ރަސްކަން ލިބިވަޑައިގެންނެވިއިރު ޗާލްސްގެ އުމުރުފުޅުން މިހާރު 73 އަހަރެވެ. ޗާލްސް އާއި މުހާތަބު ކުރެވޭނީ "ރަސްގެފާން ޗާލްސް-3" ގެ ނަމުންނެވެ.

ތިމާވެށީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޗާލްސް އުފަންވެ ވަޑައިގެންނެވީ ވެސް ރަސްކަމުގެ ތެރެއަށެވެ. އެމަނިކުފާނު އުފަންވެ ވަޑައިގެންނެވީ 1948 ވަނަ އަހަރު ބަކިންހަމްޕެލަސް އަށެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އެލިޒަބަތު އަވަހާރަވިއިރު އެކަމަނާ ވަނީ 70 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ރަސްކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ތިގޯސްވީއޭ

    3
    1
  2. Anonymous

    ބަލަ އެމްއަރުއެމުން ތިޔަ މަރުހަބާ ތިކިޔަނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ޝަހީދު ކުރުމުގައި ޔަހޫދި ޒަޔަނިސްޓުންނަށް ވާގިވެރިވާފަރާތަކަށް ނުންތޯ،؟

    2
    1
  3. Anonymous

    70 އަހަރު ވަންދެކަށް ފަލަސްތީނުގެ ކުޑަކުދިން ނާއި އަންހެނުން މުސްކުޅިން ޝަހީދު ކުރުމުގަައި ޔަހޫދީންނަށް ވާޤިވެރިވެ މަދަދު ދިން ބަޔަކަށް މަރުހަބާ ކިއުމަކީ ތިމާގެ ގައިގާވެސް އެސިފަ މީގެ ކުރިން ހުރިކަން ދައްކާދޭކަމެއް!

  4. މީނާ

    ޗާލްސް އާއި އެކު ޕޮޓޯ ނަގާހިތުން އެއުޅެނީ ސެލްފީނަގާމީހާ ރޯނީ ރަސްމީޔާތައް ނުދެވިގެން ދެން ހުރީ ގޮޑި ދުއްވާ ސޮނިބޭ ބުއްޅަބޭގިރީ

  5. ފެކްޓް

    އެމީހުނަށް އެމް.އާރް.އެމް އަކީ ކޯއްޗެއްތަ. ދަލުބޭރުންޖެހެނީ

  6. Anonymous

    މަގޯތި ރުގިއްޔާ މޫވްމަންޓް