ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އެއްފަދަ ކުރަން ހެޔޮނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެހެން ވިދާޅުވީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ނުރުހުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ، އަމިއްލަ އެދުން ބޮޑުވިޔަސް މިއީ ދެން ފުކެއް ބޮޑުވަރު ކަމަށެވެ.

"ކީރިތި ރަސޫލާއާއި ރައީސް ސޯލިހް އެއްފަދަކުރަން ހެޔޮވާނީ ކޮންފަދަޔަކުންތޯ؟. މަނިކުފާނު - އިމްރާން- ތިޔަ ހުންނެވީ ހަމަ ހޭގައިތޯ؟. މަގާމުގެ ދަހިވެތިކަމުގައި ދީނުންބޭރުވެ މުރުތައްދުވާ އިރުވެސް ނޭނގެނީތޯ؟.ތިޔައީ ޖާހިލުކަމުގެ އިންތިހާ!" އަދުރޭ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި "ވިއަވަތި" ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްގީކޮށް ހަމަހަމަ ފުރުސަތު ތަނަވަސްކުރުމަށް ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ.

އޭނާ ވިދާޅުވީ، ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ.

"މިއީ ހެޔޮވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތައް. ރައްޔިތުންނާ މެދު އޮންނަންޖެހޭ އޯގާވެރިކަން. ރައްޔިތުންނާ މެދު އޮންނަންޖެހޭ ގާތްކަން. މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މިތިބީ" ގުރުއާނުން މިސާލު ނަންގަވައި އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސް ސޯލިހް ހަމައެކަނި ރިޔާސީ އިންތިހާބާއި ދިމާކޮށް ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނެ ކަމަށް ރައީސް އީމާންވެލައްވާ ގޮތް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ހުސް ޓުރެއިނިންގް ދޭންވެފަ ތިބި މީހުން

    12
    1
  2. Anonymous

    އަދުރޭ ބުންޏަސް ތެދެއް ވާނީ ތެދަކަށް

    27
    1
  3. ރަން ރީނދޫ

    އަދުރޭވެސް އިމްރާނަށްވުރެ ދީނަށް ލޯބި އެބަކުރޭ. ވަޓް އެ ޖޯކް.

    19
    1
  4. މޫސަ

    މަޤާމުގެ ދަހިވެތިކަމުގައި އިމްރާނު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ. ރަސޫލުﷲ ޞޢވ ކުރެއްވި ވެރިކަމުގައި ޢޭރުގެ ދައުލަތުން ރިބާ އެކުލެވޭ ލޯނުނަގާފައެއްނުވޭ. އަދި ރައްޔުތުންނަށް ރިބާ ލޯނު ދީފައެއްވެސް ނުވޭ.ޢޭރު ހިންގީ އިސްލާމީ ސަރީއަތް. ޥަޟަޢީ ޤާނޫތަކެއްވެސްނޫން.

    39
    2
  5. ހެ

    ހެއުނުވާނެ މީ ކޮށްކަހަލަ ޟޭހެން.ރަސޫލާގެ ދުވަސް ވަރު އުޅުނު މުނާފިގަށް ވުރެ މީނަކަންތަށް ބޮޑު.

    24
    1
  6. ގލ

    އިމްރާން ހިފާ ހައްޔަރުކުރުމަށް ގޮވާލަން!

    24
    1
  7. މުހައްމަދު އަންޖުމް

    ކީކޭތޯބުނާނީ މިއިމްރާނަކު ކިޔެވީ ހެއްދެވިފަރާތައް ކާފިރުވާން ކަމަށް މިހާރު މިފެނިގެންދަނީ ނުކިޔަވާތިބޭ މީހުންވެސް ނުދައްކާނެ ވާހަކަ މިހާރު ދައްކަމުން މިހިރަގެންދަނީ ހުންނަޖާހިލުކަން ދެކިބަލަ

    21
    1
  8. މަރީ

    އިމްރާނަކީ އަމިއްލަ އެދުމުގައި ކަޑައެޅިގެން ދޮގު ހަދާފައިހުރިމީހެއް. އަފްރާޝީމް ގެ މަރުގެ މައްސަލަވެސް ޔާމީން ބޮލުގައި އަޅުވަން ކަޑައެޅިގެން އެގިހުރެ ދޮގު ހެދި.

  9. ހުސޭނު

    އަދުރޭއަކަސް އެބުނީ ރަނގަޅު ވާހަކައެއް.