ހއ. ފިއްލަދޫ އާއި ހދ. ކުރިނބީ ވެސް ބުދެއް ލައްގައިފިއެވެ.

ފިއްލަދޫ ކައުންސިލްގެ މެމްބަރު މުހައްމަދު މޫސާ "ވަގުތަށް" ވިދާޅުވީ، އިއްގެ ވަގުތެއްގައި އެރަށު މީހުން ދިރިއުޅޭ ސަރަހައްދާއި ފަސް ވަރަކަށް ކިލޯ މީޓަރު ދުރު ހިސާބަކަށް ބުދެއް ލައްގާފައިވާ ކަމަށް ކައުންސިލަށް ބަޔަކު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މުހައްމަދު ވިދާޅުވީ، ލައްގާފައިވަނީ މީހެއްގެ މޫނު ސިފަވާ ގޮތަށް ކަނޑާ ނަގާފައިވާ ބުދެއް ކަމަށާއި އެއީ އެހާ ބޮޑު އެއްޗެއް ނޫން ކަމަށެވެ.

"އެހާ ބޮޑެއް ނޫން އޭތި. ދޮޅު ފޫޓު ވަރު ހުރީ" މުހައްމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބުދު ލެއްގި ހަބަރު ލިބިގެން ކައުންސިލުން ދިޔަ ވަގުތަކީ ދިޔަވަރު ބޮޑު ވަގުތެއްކަމުން އޭތި ވީތަނެއް ނޭނގިގެން އުޅޭ ކަމަށެވެ. ބުދު ވީތަނެއް ނޭނގިގެން އުޅޭއިރު، މީހަކު ބުދު ރައްކާ ކުރީކަމަށް ވެސް އަޑު ފެތުރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްލަދޫގެ އިތުރުން ކުރިންބަށް ވެސް ބުދެއް ވަނީ ލައްގާފައެވެ.

އެނގިފައިވާ ގޮތުގައި ލަކުނޑިން ހަދާފައިވާ ބުދެއް އެރަށު ގޮނޑުދޮށުން ފެނިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެ ބުދުގެ ދިގު މިނުގައި 1 ފޫޓު ހުރިއިރު، ދައުރުވަމުންދާ ފޮޓޯތަކުން ފެނިގެން ދަނީ ލަކުނޑު ގަނޑުގައި މީހެއްގެ މޫނާއި ދެ އަތް ހުރަސްކޮށްގެން ހުންނަ މަންޒަރެވެ.

ފިއްލަދޫ އާއި ކުރިނބީ ބުދެއް ލައްގާފައިވާއިރު، ފަހަކަށް އައިސް އުތުރުގެ ގިނަ ރަށްތަކަށް ބުދުތަކެއް ވަނީ ލައްގާފައެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ހދ. ހަނިމާދޫއަށް ވެސް ވަނީ ލަކުނޑިން ހަދާފައިވާ ބުދެއް ލައްގާފައިވާއިރު، މިމަހުގެ ހަވަނަ ދުވަހު އިހަވަންދޫން ވެސް ވަނީ ހަމަ ލަކުޑިން ހަދާފައިވާ ބުދެއް ލައްގާފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވ. ރަކީދޫގެ ގޮނޑުދޮށަށް ވަނީ ކާފަރުން އަޅުކަން ކުރަން ގެންގުޅޭ ބުދެއް ލައްގާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ލަކުޑިން ހަދާފައިވާ ބުދުތައް ލައްގަމުން އަންނާތީ ގިނަ ރައްޔިތުން ވެސް އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ލެއްގިބުދުޑިވްސް އަށް މިލައްގަނީ ބުދު މާވަހަރުގެ ބަދަލުގައި

    13
    1
    • މަބުނީ

      "ލެއްގިބުދުޑިވްސް"ހާހާހާހާ

  2. މުހައްމަދު އަންޖުމް

    ރަނގަޅަށްބަލާ ތީހަމަ ބޭރުގަތިބެގެން މަސްތުވާތަކެތި އެތެރެކުރާ ބައިގަނޑާއި އެތަކެތި އަތުލައިގަންނަ ކަމަށް ބުނާ ބައވެރިން ފޮނުވާތަކެތި މިހެންވާންފެށީ އިންޑިޔާ އަށް މިގައުމުގެ ކަނޑުގެސަރަ ހައްދު ވިއްކާލިފަހުން މީ އެންމެންދަންނަ ޙަގީގަތެއް

    25
    1
  3. އިދިއާ

    މިއީ އިންޑިޔާ މީހުން އަޑީގައި ތިބެގެން ކުޅެ ކުޅިގަނޑަކާ ވައްތަރީ

    27
    1
  4. ގޮތާބެއްޔާ

    މިއުޅޭ އީމާންތެރިކަން ބަލިކަށި ސަލަފް ބައިގަނޑު ތި ބުދުތަކަށް އަޅުކަން ކުރަން ނުފަށައިފިއްޔާ ކިތަންމެހާވެސް ރަނގަޅު

    5
    18
    • ބަލިކަށި

      ހަޤީޤީ އީމާންކަން ބަލިކަށިވުމަކީ އިސްލާމްދީނާއި ޚިލާފް ކަންކަން ފެންނަ ހިނދު އެއީ އެއްވެސް ކަމެއް ކަމަށް ނުދެކުމެވެ.

      7
      2
  5. އަހްމަދު

    އަސޭކަރައަށް އައި ބިން ހެލުމުގައި ގޮނޑުދޮޑާއި ކައިރީގައި ހުރި ބުދުކޯލެއް. ހަލާކުވެ ރާޅުބޮޑުވެ އެތާހުރި ތަކެތި އޮޔާ ދިޔައީ ކަމަށް ވެދާނެ، ބައެއް ބުދުތައް ކަނޑުމަތީ ގިނަދުވަސް ވެ މަލާކަތި(ރިނދަ) ޖަހާފައި ހުރީ.

  6. ަްއަލީ

    ތީގެ ބުދު ހުރެ ސްވެނިއާ ޝޮޕްގަވެސް....:((:

  7. އަބްދު

    ގޮތްނޭގޭކަންކަމުގަ ފިތުނައުފެދޭކަހަލަ އޮޮއްއިންދުން ރަގަޅެއްނުވާނެ. ތިވެދާނެ ބުދުތަކެއްއަރުވައިގެން ކޮންމެސްތާކަށްދިޔަބޯޓެއް ފެތުނީކަމަށްވެސް. ނޫނީ ޑްރަގް ޝިޕްމެންޓެއްކަމަށްވެސް (އެ ފަޅައިގެން ބަލަންޖެހޭ). ރާއްޖެޔަށް ބުދުދީންފަތުރަން ބަޔަކުކުރިކަމެއްކަމަކަށް ހިޔެއްނުވޭ