ހަ ބައްޔެއް ހަލުވި ކަމާއެކުގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިވަގުތު ހަލުވިކަމާއެކު ހަ ބައްޔެއް ފެތުރެމުންދާ ކަމަށެވެ. އެ ބަލިތަކަކީ:

  • ހުމާއި ރޯގާ
  • ފާނަބަސަންދު
  • ހޭންޑް ފުޓް އެންޑް މައުތު
  • ލޮލު ރޯގާ
  • ބޭރަށް ހިންގުން
  • ޑެންގީ

މި ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހު 268 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ޖުލައި މަހު އަރިދަފުސް ރޯގާގެ 27،553 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. އަދި އޮގަސްޓް މަހު 25713 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހުގައި ވައިރަލް ހުން ކޮންމެވެސް ވަރަށް އިތުރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސައިން

    މުޅިގައުމުގައި ފާހިޝް އަމަލުތައް އާންު ވަމުންދާއިރުވެސް، ރަސޫލާ ވެރިކަން ކުރެއްވިގޮތަށް ވެރިކަންކުރާމީހާ އަޅާނުލާ، ވެރިކަމުގަ މިހާރު ހުރި ނަމުންސޯލިހް ކަމުން ޖާހިލު މުނާފިގް ކަލޭގެ، އެއްވެސްކަމަކާ އަޅާނުލާ މުޅި ދައުލަތުގެ މުއަށްސަސާތަކުގެ ތެރޭގައި ލިވާތުކުރާއިރުވެސް ކަހާތާ ހިރުވާވެސްނުލާވިއްޔާ

    30
    3
  2. އަލީ

    ހުމާއި ރޯގާ މީނަމެއްނެއް ބައްޔެއްތަ މުޅިންވެސް އޮޅުވާލުމުގެތެރެއިން ބަޔާންތައްނެރޭނީ މިކަންއެގޭނެ ކޮވިޑްތެރޭ ( ހޭންޑް ފުޓް އެންޑް މައުތު ) ހުސްރޯގާ އޮޅުވާލަންވެއްޖެނަމަ

  3. އައްމަޑޭ

    ބޯހިމަނާން ގޭގެއަށް އެއްވެސް މީހަކު އައިސްގެން ނުވާނެ، ބަލި ފަތުރާކައް. ސަރުކާރުން ބަލި ފަތުރާން ކުރާކަމެއް ތީ. ބޯހިމަނާފަ ލޯހިމަނާކައް.

    14
  4. ާދަލޭކް

    އެކަމަކުވެސް ބައެއް ސްކޫލް ތަކުން މާސްކުއަޅައިގެން ދިއުން މަނާކުރަނީ. ޕްރޮފެސާ ނަސީމް ސާރ ކޮބާ

    • Anonymous

      މާސްކު އެޅުން މަނާ ކުރަނީ އިސްލާމްދީނުގަ އަންގަވާފައިވާ ގޮތަށް ހެދުން އަޅާ މީހުންގެ ދަރިންނަށް