މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބާއްވާ ސެމިނާއެއްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން ބާއްވާ ސެމިނާއަކަށް ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިއަދު އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ "ފޯސޭކެން ފިއުޗާސް" ގެ ނަމުގައި ބާއްވާ ސެމިނާގެ ދެވަނަ ސެޝަން "އަންޑަވޯޓާ ޖަސްޓިސް" ގައި ކަމަށާއި އެ ސެޝަން އޮންނާނީ މިރޭ ހިތަދޫ ކެމްޕަހުގައި 7:15 އިން 8:15 އަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ފޯސޭކޭން ފިއުޗާސް ގެ ނަމުގައި ބާއްވާ މި ސެމިނާގައި މައިގަނޑު ގޮތަކަށް ވާހަކަ ދައްކާނީ "ކްލައިމެޓް ރިސްކް އެންޑް ޖަސްޓިސް" އާއި ގުޅޭގޮތުންނެވެ.

އެ ސެމިނާ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 6:00 އިން ރޭގަނޑު 9:15 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރިޒާ

    ކެންފޭނަށް

  2. ޖިމި

    އައްޑޫ މީހުން މަނިކުފާނު ދެކެ ވާ ލޯބި ފެންނާނެ. މިހާރުއްސުރެ އޮފީސްތަކުގެ މުވައްޒަފުންނައް އަންގަން ފަށައިފި ރައީސް ނަޝީދަށް މަރުހަބާ ކިޔަން ވެސް ނުދާން.

  3. އެކޮއި

    އައްޑޫއަކީ ކްލައިމޭޓް ޗޭންޖަށް ވަރަށް ވިސްނާ ތަނެއް، ހާއްސަކޮއް ތިމާވެށި ހިމާޔަތް ކުރުމުގައި ރަންވަނަ ދޭންޖެހޭ، ވަނަ ލިބެންޖެހޭ އެފްކޮންސްއަށް، މޭޔަރަށް، ތޮފިއެޅިކަލޯއަށް، ސާހިދު ކަޕޫރަށް،ޖަމްސީދާއަށް މަނިކުފާނު މިމީސްމީހުނަށް އިނާމް ދެއްވާތި

    8
    1
  4. Anonymous

    ބަޔަކައް ގަބޫލުނުކުރެވުނަސް އައްޑޫ ތަރައްޤީ ކުރީ މިބޭފުޅަ

    2
    16
  5. ފާތުން

    ރާއިސް ނަޝީދޫ މާއި ލާވް ދާނަން އިނގޭ ރީނދޫ ޝޯލް އަޅައިގެން 💛

    3
    5
  6. Anonymous

    އަޅެ މިރަށަކައް ނުދަންތަ

  7. ސައިނާ

    އައްޑޫ މޭޔަރުކަން ކުރަން އެންމެ ކަމުދާ މީހަކީ މިކަލޭގެ ދޯ!

  8. ޖާބިރާ

    ކުރެހުމަކީ ކަރުކެހުމެވެ. އެކަލޭގެ މަތިން ހަނދާން ވާ ކަހަލަ މި ނަސީދުފެނުނީމަ!!

  9. ޓ

    ޢޮއްސޭ އިރާ އެކު ނޫނީ މިމީހުން ކަމެއް ނުބާއްވާނެ
    ނަމާދު ނުކުރެވޭ ގޮތައް...މީ އާންމު ކަމެއް