ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އަވަށްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތުގައި ރާއްޖޭގެ 30،068 ސްކޫލް ދަރިވަރުންނަށް ފުލުހުންގެ މައުލޫމާތު ދީފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އަވަށްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން ވަނީ މިއަދު ހެނދުނު މާލެ ސަރަހައްދުގައިވާ ސްކޫލުތަކާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހުރި ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވި ކަމަށެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އެސެމްބްލީގައި ބައިވެރިވެ “ސައިބަރ ސޭފްޓިއާއި ބުލީން” އާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

މިއަދުގެ ހަރަކާތުގެ ތެރެއިން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ 16 ސްކޫލެއްގެ 9،290 ދަރިވަރުންނަށް މައުލޫމާތު ދިން ކަމަށާއި އަދި އަތޮޅުތެރެއިން އެކި ސްކޫލަކުން ޖުމްލަ 207،78 ދަރިވަރަކަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އަވައްޓެރި ފުލުުހުންގެ ހަފްތާގެ ހަރަކާތްތަކުގެ މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާއިރު މިހަފްތާގެ ތެރެއިން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު މާލެ އާއި އަތޮޅުތަކުގައި “ވޯކް އެންޑް ޓޯކް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައި ވެއެވެ. އެ ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައާއި އަތޮޅުތެރޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެއެވެ. އަދި ފުލުހުންނާ ބައްދަލުކޮށް ވާހަކަ ހިއްސާކުރެވޭނެއެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އިދާރާއިން ރާވާފައިވާ ހަރަކާތްތަކަކީ:

  • ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާއި ބައްދަލުކުރުން
  • ކޮމިޔުނިޓީ މީޓންތައް
  • ލޭ ހަދިޔާކުމުގެ ކޭމްޕެއް
  • ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުން
  • ވިޒިޓިން ވަލްނަރަބަލް ޕޮޕިޔުލޭޝަން
  • ގުރައިދޫއަށް ޒިޔާރަތްކުރުން
  • ކޮމިޝަނާ މީޓިންގް ޕެނަލް
  • އަވަށްޓެރި ފުލުހުން މީޑިޔާއަށް
  • އަ ޑޭ ވިދް ޕާޓްނާސް
  • ޕްލާސްޓިކް ކްލީނިން އިވެންޓް
  • ޕާކްތަކަށް ޒިޔާރަތްކުރުން
  • އަވަށްޓެރި ފުލުުހުންގެ ހަވީރެއް

ކިޔުންތެރިންގެ ހިޔާލު