އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އިންޑިއާ ފިރިހެނަކު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ވަނީ ބޮޑުކަމު ގޮސްފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 52 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން އޭނާގެ ބަންދަށް ޖަހާފައި ވަނީ އެންމެ ދުވަހަކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޭނާގެ ބަންދަށް ދިން މުއްދަތު ހަމަވުމުން ދޫކޮށްލާފައިވާ ކަަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ނޫނޭ ޔޯގާ ހުއްޓުވަން މަސައްކަތް ކުރިމީހުނައް އަދިވެސް ފިޔަވަޅު އެޅޭތޯ ބަލާ.

    52
  2. ޢ

    ޢިންޑިޔާމީހަކު ކިތަންމެބޮޑު ކުށެއްކުރިޔަސް އެމީހުންގެ މައްޗައް މިރާއްޖޭގެގާނޫނު ނުހިންގާނަމަ ބުނެވޭނީ މުޅިދައުލަތް މިވަނީ ފެއިލްވެފައޭ

    50
  3. ފަލަކް

    ތިމައްސަލަ ތި ނިމުނީ!

    44
  4. އާދަމް

    ދެން ނޫސް ތަކުން ފެންނާނީ އިސްލާމީ މަރުކަޒުގެ ގުއްބު ތަޅާލި އިންޑިއާ މީހާ ދޫކޮށްލި ހަބަރު. ދީނަށް ފުރަސާރަކުރުން މެކުހަށް.

    14
  5. އަހުމަދު

    ޔޯގާގެ ޝިރުކު ހުއްޓުވީތީ މިސްކިތަށް ގޮސްގޮސް ހުއްޓާ ޝެއިހް ނިޝާން ދަރިފުޅު ކުރިމަތީ ހައްޔަރުކޮށްގެން ގެންދިޔައީ. އިންޑިޔާގެ ކާފަރުން ރުއްސަން. އިންޑިއާގެ މީހަކު މިސްކިތަށް ބޮޑުކަމުދިޔައިމަވެސް އެދޫކޮއްލީ. އެއްދުވަސް ހިފެހެއްޓީވެސް ތަރުޖަމާނެއް ހަމަނުޖެހިގެން. މީތޯ ހެޔޮވެރިކަމަކީ؟

    12
  6. ހުސެއިން

    އިންޑިޔާ މީހަކަށް ފިޔަވަޅުއަޅަން ނުކެރޭނެ ފަނޑިޔާރަކަށްވެސް، ނިކަމެތި ދިވެއްސެއްނަމަ !؟؟ ތީއިންޑިޔާގެ ފައްޅިއަކަށް ވަދެ މީހަކުކުރި ކަމެއްނަމަ ވާނެވަރުވިސްނާލާ، ރައްޔިތުންނިކުމެ ތިފަދަކަން ކަމަށް ފިޔަވަޅު އަޅަންވީ، ސަރުކާރަކު ގާބިލުކަމެއް!!!

    10
  7. އަލިބެއްޔާ

    ރަސޫލާصلاللله عليه وسلم ގެ ޒަމާނުގަ މިސްކިތް ހަރިއްމަ ތެރެއަށް ގަލާހާއްޖަ ކުރިމީހަކުވެސް ދޫކޮށްލީ ނަސޭހަތްތެރިވެފަ.އިސްލާމު ދީނުގެ ރީތި އޯގާތެރި ސިފަތައް އެބަޖެހޭ އައިރުމުސްލިމުންނަށް ފެންނަ
    އެއިރުން އިސްލާމު ދީނު ފެތުރޭނީ

    2
    2
  8. ގަމަރު

    ދިވެއްސަކު އިންޑިއާގޮސް މޯދީގެ ފައްޅިއަށް ކުޑަކަމުގޮސްބަލަ ވަގުތުން އެތަނުން ހާމުދުރުން ފިޔަވަޅުއަޅާ އުމުރަށް ޖަލަށްލާނެ މިރާއްޖެއަކު އިންޑިއާރަށްޔިތަކަށް ފިޔަވަޅުނާޅާނެކަން އެމީހުންނަށްވެސް އެނގޭ .

    10
    • ގަޓު ގަޓު

      ޖަލަށޭ؟!!، ވަގުތުން މަރާލާނެ

  9. ޑައެލޯގް

    ރާއްޖޭގެ އެންމެ ކަރާމަތްތަނަކީ މިސްކިތްތަކެވެ. އެމިސްކިތްތަކުގެ ހުރުމަތްކަނޑާ ބޮޑުކަމުދާ އިންޑިޔާމީހުނަށް އެއްވެސް ފިޔަވަޅެއްނޭޅެއެވެ. ނަމަވެސް ޔޯގާއާއި ޝިރުކުޢަމަލު ހުއްޓުވަންނިކުތް އިލްމުވެރިން ޖަލަށްލެވުނީ ވަގުތުންނެވެ. އެއީ އިންޑިޔާގެކަމެއްވީމައެވެ. އިންޑިޔާގެ ކަރާމަތަށް ގެއްލުންލިބޭތީވެ އިންޑިޔާނުރުހިދާނެތީއެވެ. ވީމާ ރާއްޖޭގެ މިނިވަންކަން މިހާރުއެބައޮތްހެއްޔެވެ.

    11
  10. ބާރެއްނެތް

    ތިޔަބުނީ މިސްކިތު ހަރިންމަތެރެއޭ އިސްލާމީ މަރުކަޒުގަ ނުހުންނާނެ ހަރިންމައެއް އެހެންވީމާ އިސްލާމީ މަރުކަޒުގެ ކޮންމެތަނަކައްقظءހާޖާތް ކުރިނަމަވެސް ވާނީ މަރުކަޒައް ކުރިކަމައް

    1
    1