ސިވިލް ކޯޓުގެ ގާޟީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް ސާބިތުވެ އަދަބެއްގެ ގޮތުން ނަސޭހަތްދީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އަލީ އަބްދުﷲ އާއި ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރީ، ސިވިލް ކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު, ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ވަގުތީ އަމުރަކާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުންކަމަށް ބެލެވޭތީ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ޢަލީ ޢަބްދުﷲ ފަރުވާކުޑަކޮށްފައިވާކަމަށް ޤަބޫލުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޖޭއެސްސީން ބުނީ، ޢަލީ ޢަބްދުﷲގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.
އެހެން ކަމުން އެކަމުގެ އަދަބެއްގެ ގޮތުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ) ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ޢަލީ ޢަބްދުﷲއަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 62 ވަނަ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
އެމީހާފަކީރު ތިކަމަކާހުރެ މިހާރު ރިޓަޔަރވެސް ކޮށްފި ނޫންތަ
ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ވަގުތީ އަމުރަކާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުންކަމަށް ބެލެވޭތީ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ؟؟؟ ނޭނގުނު!!