"މި މައްސަލައިގައި ކަން ދިމާވެފައި މިވާ ގޮތާ މެދު އަޅުގަނޑު ވަރަށް ހިތާމަކުރަން. ކޮންމެ ގޮތަކަށް އަޅުގަނޑާއި ހަސަން ޝާހިދާއި ދޭތެރޭ ކަންތައް ދިމާވެފައިވީ ކަމުގައި ވިޔަސް، އެއްވެސް ހާލެއްގައި އެގޮތަށް ހަސަން ޝާހިދު ނިޔާވެދާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެ ދުވަހު ހިނގައިދިޔަ ކަންތައް ބޭއިހްތިޔާރުގައި ވީތީ މިއަދާ ހަމައަށް އަޅުގަނޑު ހިތާމަކުރަން" ގިސްލަމުން ހ. ބައިކެނޑީގެ މަރިޔަމް ނަޒާހާ މިއަދު ސުޕްރީމް ކޯޓުގައި ކިޔައިދިނެވެ.

އަންހެން ގައިދީން ޖަލުގައި ބޭނުން ކުރާ ވައްތަރުގެ ހެދުމެއް ލައިގެން އިން ނަޒާހާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. ކުރިމަތީ ބަހައްޓާފައި ހުރި ޓިޝޫތަކުން އޭނާގެ މޫނު ފުހެމުންނެވެ.

މިއީ ނަޒާހަގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރި މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ނަޒާހާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލައިގައި އޭނާ ދައްކާ މައިގަނޑު ވާހަކައެވެ.

އެ މައްސަލައިގެ އެންމެ ފަހު މަރުހަލާގައި އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ ޝާހިދު މަރާލީ އެކަންކުރުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެއެވެ. އަދި، އެވަގުތު އެކަން ކުރީ އޭނާއަށް ލިބިދާނެ އަނިޔާއަކަށް ބިރުން، ނަފްސުގެ ދިފާއުގައި ކަމުން، ކުށުގެ ނިޔަތް ސާބިތުނުވާ ކަމަށް ބުނެއެވެ.

މި މައްސަލައިގައި 2010 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ނަޒާހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި، ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން 2015 އަހަރު އެކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް، އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދަމަހައްޓާފައެވެ. ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުއެވެ.

އެ މައްސަލައިގާ ސުޕްރީމް ކޯޓުގައި މިއަދު އޮތީ ދިފާއާއި އަދި ދައުލަތުގެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވުމެވެ. އެ ފުރުސަތުގައި ނަޒާހާގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ ޝާހިދު ނަޒާހާއަށް އަނިޔާކުރާ ކަމީ އެންމެން ދަންނަ ކަމެއް ކަމަށާއި ޝާހިދަށް ހަމަލާދިން ދުވަހު ވެސް ނަޒާހާ ހުރީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.

މިގޮތުން، އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން ނިހާޔަތު ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ދުވަހު ޝާޑު، ނަޒާހާ އަށް އެތައް ފަހަރަކު ގުޅަމުން ދިޔަ ކަމަށާއި ފޯން ނުނެގުމުން ޝާޑު އައިސް އަނިޔާކޮށް "ރުޅިވެރިކަން" ބާލާނެ ކަމަށް ނަޒާހާ އަށް ގަބޫލު ކުރެވުނެވެ. އަދި، ގެޔަށް އައިސް ނަޒާހާއަށް އަނިޔާކުރާނެ އެއްޗެއް ހޯދަން އުޅުނު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޝަރީއަތުގައި ނިހާޔަތު ވިދާޅުވީ އެފަދަ އަނިޔާވެރި މާހައުލެއްގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އެދުވަހު ނަޒާހާ ހަމަލާދީފައިވަނީ އެއްވެސް ހާލެއްގައި ޝާހިދު މަރާލަން ދުރާލާ ރާވައިގެން ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ނަފްސުގެ ދިފާއުގައި ކަމަށެވެ. އެހެންވެ، މި މައްސަލައިގައި ބުނާ ގަސްތު ސާބިތުނުކުރެވޭ ކަމަށް އޭނާ ގަބޫލުކުރެއެވެ.

އޭނާ ވިދާޅުވީ ކޮންމެ ހާލަތެއްގައި ހުރި ނަމަވެސް ކުށް އެއޮތީ ކޮށްފައޭ ކިޔާފައި މަރުގެ މައްސަލައެއް ނިންމާނުލެވޭނެ ކަމަށެވެ. އަދި، ޝާހިދު ނަޒާހާއަށް އަނިޔާކުރި ބައެއް ފަހަރުތަކުގެ ވާހަކަ އޭނާ ވަނީ ހިއްސާކޮށްފައެވެ.

ނިހާޔަތުގެ ވާހަކައަށް ފަހުގައި ޝަރީއަތުން ވަނީ އެންމެ ފަހު ވާހަކައެއްގެ ގޮތުން އެއްޗެއް ދެންނެވުމުގެ ފުރުސަތު ނަޒާހާއަށް އަރުވާފައެވެ. އެ ފުރުސަތުގައި ނަޒާހާ ބުނީ އޭނާ ޝާހިދަށް ހަމަލާދިނީ މަރާލުމުގައި ނިޔަތުގައި ނޫން ކަމަށެވެ. އަދި އެގޮތަށް ޝާހިދު މަރުވެގެންދާން އޭނާ ނޭދޭ ކަމަށް ބުންޏެވެ. ޝާހިދަށް ހަމަލާދީ މަރާލިއިރު، އެ ދެމަފިރިންގެ ދަރިފުޅެއް ވެސް ހުއްޓެވެ.

ނަޒާހާ ބުނީ އޭނާ އެދެނީ ދިފާއުން ފާހަގަކުރި އެންމެހާ ނުގުތާތަކަށް ވެސް ރިޔާއަތްކޮށް ޝަރީއަތުން މިކަމުގައި އިންސާފުވެރި ނިންމުމެއް ނިންމަވައިދެއްވުމަށް ކަމަށެވެ.

އެއަށްފަހުގައި ދައުލަތަށް ލިބުނު ފުރުސަތުގައި ދައުލަތުގެ ވަކީލު ވަނީ ދިފާއުން ފާހަގަ ކުރެއްވި ނުކުތާތަކަށް ރައްދުދެއްވާފައެވެ. އެގޮތުން، މިފަދަ މައްސަލަތަކުގައި ކުށުގެ ނިޔަތް ސާބިތުކުރަނީ އެ ވަގުތު މީހާ ހުރި ހާލަތަށް ބަލާފައި ނޫން ކަމަށާއި އެފަދަ ބޮޑު ވަޅިއަކުން ހަމަލާ ދޭއިރު ދެން ވާނެ ގޮތް ނަޒާހާ އަށް އެނގޭނެ ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ވަޅިއަކުން ހަމަލާދިނީމާ ދެން ޝާހިދުއަށް ވާނެ ގޮތް ނަޒާހާއަށް އެނގޭއިރު މި މައްސަލައިގާ އެހިސާބުން ކުށުގެ ނިޔަތް ސާބިތުވާނެ ކަމަށެވެ. އަދި، އިތުރު ކަމެއް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

މި މައްސަލައިގެ ސުޕްރީމް ކޯޓު މަރުހަލާގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ޝަރީއަތުން ވިދާޅުވީ މި މައްސަލައިގާ އިތުރަށް ސާފުކުރަން ޖެހޭ ކަމެއް އޮތް ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެކަމަކު، ނޫން ހާލަތެއްގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފާހަގަ ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޔާސަތު ބަލަހައްޓަވާ މި މައްސަލާގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު, ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކުލޮ

    ގަސްތުގައި މީހުން މެރިމީހުންވެސް އެބަތިބި މިނިވަންކޮއްފަ..ސަގަރޭވެސް..އަޒުލީނާ މަރާލި މީހާވެސް،،އެހެންވީމަ މުޅި އުމުރުގެ ބަދަލްގައި ލިޔުއް ދިނުންފެނޭ،،

    21
    4
  2. ޕޮގުބާ

    މީހެއްގެ ފުރާނަ ދުއްވާލާފަ މިބުނަނީ އަހަރެންނަށް އިންސާފު ހޯދަދޭށޭ

    30
    8
  3. ސީމާ

    ލިވާތު ނޫން ވީމަ ލުއި އަދަބު ނުލިބޭ ދޯ!! އަނިޔާވެރި ފިރިހެނުންނަކީ ލިވާތު ކުރާ ފިރިންނަށް ތުރެން މާ ނުރައްކާތެރި ބަޔެއް!!ޝުކުރިއްޔާ!!!

    11
    11
  4. ލައިން

    ފިރިމީހާ އަނިޔާކުރާތީ އެކަން ހުއްޓުވުމަށް ކުރެވޭނެ ބައިވަރު ކަންތައް މި ޒަމާނުގަ އެބަހުރި...އެކަމުނއ ސަލާމަތް ކޮށްދޭން ޤާނޫނުތަކާ މުއައްސަސާތައް އެބަހުރި..ވަޅިހިފައިގެން ހަމަލާދީ މަރާލާފަ ޤަޞްދުގައެއްނޫނޭ ބުނެގެން ސަލާމްތްވަންޏާ ދެން ކޮބާތޯ އިންސާފް!

    21
    6
    • ކާން

      މުއައްްސަސާ ތައްފެއިލް ވިތޯ އަމިއްލަޔައް ސުވާލުކޮއްކަބަލަ؟

  5. ހުސޭނުބޭ

    ކޮބައިތަ ކުރީ ފިރިމީހާގެ ކަރަށް ވަޅިޖެހި މަންޖެ. މިއޮތީވާ އިންސާފެއް. މުއްސަދިންނަށް ވަކި ގޮތެއް ނިކަމެތިންނަށް ވަކި ގޮތެއް

    33
    1
  6. Anonymous

    އަޖައިބު ހީވޭ ރޮއިގެން ޑުރާމާ ކުޅެގެން މީހުންމަރާފަ ގިޔާމަތްދުވަހުންވެސް ސަލާމަތް ވާނެބާ

    27
    3
  7. ފޮރި

    ނަޒާހާ އެވަޅިއެއް ގަނެނެގެން ގެންގުޅޭތާ އެތަަށް ދުވަހެއް ވުމާ ‘ އޭނާއަކީ ސެލްފްޑިފެންސް އަށް ތަމްރީންންވެ ހުރި ޖިމް އިންސްޓްރަކްޓަރެއް ކަމަަށް އޭރު ނޫސްތަކުން ފެނުން ) ތީ ކަޯޓްގައި ކުޅޭ ޑްރާމާއެއް ،،،

  8. ކޮއްޔާ

    މަރަށް މަރު // ހައްލަކީ އުމަރު ،،،،

  9. ޝަރަފިއްޔާ

    ގުދަށް އޮތް މީހެއްއްގެ ބޮނބިފަޅިއަށް ވަޅިއެއް ފުރަގަހުން ޖަހާފަ އެގޮތަށް އެމީހާ ( ތިމާގެ ކުރީ ފިރިމީހާ ) މަރުވެދިއުމަށް ނޭދެމޭ ބުނީމަ އެކަން ގަބޫލް ކުރާނީ ކާކުބާ ،؟

  10. ހަސަންބުރުސްލީ

    މަރަށް މަރު!
    އަޒުލީނާ ކޯޓުގައި ގިސްލަ ގިސްލާފައި ރުއިމުގެ ޑުރާމާ ހުއްޓާލާ...
    ޝާޑު ގަޔަށް ވަޅިނުޖަހާ ކަލެޔަށް ޕޮލިހަށްވެސް ދެވޭނެއްނު..
    މިހާރު ވަކީލަކު ހޯދިހޮތަކަށް އޭރުވެސް ވަކީލަލު ހޯދައިގެން ވަރިވެސް ވެވޭނެއްނު...
    ތޭރިތަކުގެ އެތެރެއަށް ވެއްދީމަ ވިސްނޭނީ..
    އަނެއްކާ ނެރޭއިރަށް އަނެކެއްގެ ބޮލަށް ޖަހާނީ ވަޅި..

  11. އިބްރާހިމް

    މީނާ ވަނީ އެދުވަހު އެކަމަށް އެއްބަސްވެފަ އަމިއްލައިއުތިރާފުން. ﷲ ޞވޢ މޮޅަށް ދެނެވޮޑިގެންވާނީ އޭނާގެ ހިތުގައި އޮތްއެއްޗެއް.

  12. 🙁🙁🙁

    މަރަށް މަރުހިފާ

  13. އިބްރާ

    ހަމަ ތިޔަ ދައުލަތުގެ ދަރިންނާއިމެދު ހާދަ ތަފާތޭ ކަންކުރަމުންދާގޮތް. ރ ޔާމީންގެ މައްސަލާގައި ދޮގުމައްޗަށް ދޮގުހެކި އުފައްދައިގެން ޖަލަށްފޮނުވަން. މީހަކު މެރިމީހާ ކުށަށް އިއުތިރާފް ވެފައިވަނިކޮށް ދޮގުމަށްޗަށް ދޮގު އުފައްދައިގެން ސަލާމަތްކުރަން. މިއީތޯ ތިލަފަތުގެ އިންސާފަކީ؟

  14. މުލުވަގު

    ދުރާލާ ނުރާވާ ވާހަކަބުނާއިރު އެބަބުނޭ ފޮނުކުރީމަ ފޯނުނުނެގީމަ ގެއަށޤއައިސް އަނިޔާކޮށްފާނެއޭ..އެހެންވީމަ އަންހެންމިހާ ހަމަލާއެއޮތީ ކުރިން ރާވާފަނޫންތޯ؟ ދެން ކޮން ނިޔަތެއްތީގައޮތީ

  15. ހަބީބަ

    ދޮންކަނބުލޯ ރޯއްޖާ ރަންކޮޅާ މަރާ ހަމަޔަށް ކަންތަށް ނުގެންގޮސް ކީއްވެތަ ވަރި ނުވީ އެމީހާ ކާރިން!! ޒުވާބު ކުރާ ހިތް ވޭ ދޯ މަންޖެވެސް!! ތީ ތިވީ ގޮތަކީ!!